ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި ނޫސްވެރިއަކާއި އޭނާގެ އާއިލާ ޝަހީދު ކޮށްލައިފިއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މުހައްމަދު ޔާޣީ ނަމަކަށް ކިޔާ އެ ނޫސްވެރިޔާއާއި އޭނާގެ އަނބިމީހާގެ އިތުރުން އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ޝަހީދު ކޮށްލާފައިވަނީ ޣައްޒާގެ ޑިއާ އަލް-ބަލާހުގައި ހުންނަ އަލް-އަގްސާ ހޮސްޕިޓަލް ކައިރިއަށް ދިން ވަރުގަދަ ހަމަލާއެއްގައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމުގައި މިހާތަނަށް އެތައް ނޫސްވެރިންނެއް ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން ގިނަ ނޫސްވެރިން ޝަހީދު ކޮށްލާފައިވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމު ކަވަރުކޮށް، މުޅި ދުނިޔެއަށް އެ ހަމަލާގެ މައުލޫމާތުތައް ދެމުން އަންނަނިކޮށެވެ.