ފަލަސްތީނުގެ ޣައްޒާގައި ރައްޔިތުން އުޅެމުންދާ ދަތި އުނދަގޫ ހާލު ފެނިފައި ލޮލުން ކަރުނަ އައި ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސްގެ ވެރިޔާ ޖަގަން ޗަޕަގައިން ވިދާޅުވެއްޖެއެވެ.

ޖަގަން ވިދާޅުވީ ޣައްޒާގެ ރައްޔިތުން މިހާރު ތަހައްމަލު ކުރަމުން އެދަނީ މީގެ ކުރިން އެއްވެސް ގައުމެއްގެ ބަޔަކު ތަހައްމަލު ކޮށްފައިވާ ހިތްދަތިކަމެއް ނޫން ކަމަށެވެ. ކަރުނަ އާއި ހިތްދަތިކަމުން ފުރިގެންވާ ދިރިއުޅުމެއް އުޅެމުންދާ ޣައްޒާގެ ރައްޔިތުންގެ ހާލަތު ފެނިފައި ކަރުނަ ނާޅާނެ އިންސާނެއް ނުހުންނާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ޣައްޒާގެ ސިއްހީ ފަރުވާގެ ހިދުމަތްދޭ ނިޒާމު އެވަނީ މިހާރު ނޭވާ ހޮޅީގައި. ހޮސްޕިޓަލް ތަކަށް މި ގެންނަނީ ހަމަލާތަކެއް އަމާޒުވެގެން ޒަހަމްވާ މީހުން ނަމަވެސް އެފަދަ ނުރައްކާތެރި ހާލަތެއްގައިވާ ބަލިމީހުންނަށް ފަރުވާ ދޭނެ އެކަށީގެންވާ އާލާތްތަކާއި ބޭހެއް ނުހުރޭ ހޮސްޕިޓަލް ތަކުގައި. މިއީ ޑޮކްޓަރުން ވެސް އެންމެ ދެރަވާ ކަންތައް." އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ޣައްޒާގައި ކާބޯތަކެތި ނުލިބުމުގެ މައްސަލަ ވެސް އޮތީ އިންތިހާ ދަރަޖައަށް ކަންބޮޑުވާ ހިސާބުގައި ކަމަށާއި އެތައް އާއިލާ އެއް މި ރަމަޟާން މަހު ރޯދަ ވީއްލާނެ އެއްޗެއް ނުލިބިފައިވެސް އެބަ ތިބި ކަމަށް ޖަގަން ވިދާޅުވިއެވެ.

އިސްރާއީލުން ހަމަލާތައް ހުއްޓާލައި ވީހާ ވެސް އަވަހަށް އެހީގެ ސާމާނުތައް ޣައްޒާ އަށް ވެއްދޭނެ މަގު ތަނަވަސް ކޮށްދިނުމަށާއި، އަދި ހަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލުގެ އަސީރުން މިނިވަން ކުރަން ވެސް އޭނާ ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަގިލި

    ކީއްކުރާނި މުސްލިމް އުއްމަތުގެ ބަލަދުވެރިން ގޮތުގަ ތިބި ވެރީންތިބީ ކޮންމެމީހަކު ޔަހޫދީ އަންހެނަކާ ކައިވެނިކޮއް ނުނީ ޔަހޫދީންގެ ބާރުފޯރާ އަޅުވެތިކަމެއްގެ ދަށުގަ ތާށިކޮއްފަ

  2. Anonymous

    ތިޔަ ބުނާ ރެޑު ކުރެސެންޓުގެ ވެރިޔާވެސް ހިތާހިތުން ތާއީދު އޮތީ ޔަހޫދީ އިޒުރޭލަށް. އޭނާ މިވަގުތުގެ ހުރި މަގާމުގެ ގޮތުން ތިތަނަށް ގޮސް އެއްޗެއް ކިޔާލީ ހަމަ. ކަންބޮޑުވާނަމަ ނަތަންޔާހޫއަށް ގުޅައި ވަގުތުން ހަނގުރާމަ ހުއްޓާލައި އިންސާނިއްެޔަތުކަން އިސްކުރަން އަންގާނެ. ކީއްވެ ބާރުގަދަ ގައުތަކުން އިރުޒޭލް ނައްތާލާ ވަރުގެ ހަމަލާ ނުދެވެނީ .

  3. މުޙައްމަދު

    ހަމާސްއިން ރަހީނުކޮށްފައި ތިބި މީހުން ދޫކުރެވިދާނެ. އެއްވެސް ކުށެއްނެތް އެތައް މުސްލިމުންނެއްގެ ފުރާނަ ޔަހޫދީން ދުއްވާލިއިރު އެ ފުރާނަތަކުގެ އަގު އަދާ ކުރެވޭނެތަ ޔަހޫދީންނަށް. މުސްލިމުންނަށް ދިން ގެއްލުމުގެ ބަދަލު ދެވޭނެތަ ޔަހޫދީންނަށް. އެގޮތަށް އެއްބަސްވަންޏާ ހަނގުރާމަ ހުއްޓާލާފަ އަސީރުން މިނިވަން ކުރުން މަށަށް ފެންނަނީ. މުސްލިމުންނަށް ލިބުނު ގެއްލުމުގެ ބަދަލު އަދާކޮށްދޭންޖެހޭނެ ޔަހޫދީން.