23:45

އިސްރާއީލުން ހިފާފައިވާ ގުދުސްގައި އިސްރާއީލު ސިފައިން އަޅާފައިވާ ހުރަސްތަކާއެކުވެސް އެތައް ހާސް ބަޔަކު ހަވީރު އަދި ތަރާވީހު ނަމާދު އަލްއަޤްޞާ މިސްކިތުގައި ކޮށްފި

23:32

އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުންތަކާއި ފަލަސްތީނާއި އިސްރާއީލަށް ދެ ދައުލަތުގެ ހައްލެއް ގެނައުމާއި ޣައްޒާގައި ހިނގަމުންދާ "ބަނޑުހައިހޫނުކަމާއި ގުޅޭގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެންއާ މަޝްވަރާ ކުރެއްވި ކަމަށް މިސްރުގެ ޚާރިޖީ ވަޒީރު ސަމޭހް ޝޫކްރީ ވިދާޅުވެއްޖެ.

"ރަފަހުގައި އިސްރާއީލުން ހިންގަން ރާވާފައިވާ އޮޕަރޭޝަނާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރީ އެކަމުގެ ސަބަބުން ކުށެއް ނެތް އިތުރު އެތައް ހާސް ބަޔަކު ޝަހީދުވެދާނެތީ،" ޝައުކްރީ ވިދާޅުވި.

"އަޅުގަނޑުމެން އެއްބަސްވީ މި ހުރިހާ ކަމެއްގައި ކޯޑިނޭޓް ކުރަން. އިންސާނުންގެ ހިތާމަތައް އިތުރަށް ބޮޑުކުރެވޭނެ ޖާގައެއް ނެތް،".

 

23:29

ގާހިރާގައި އަރަބި ބައިވެރިންނާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު ހަނގުރާމައިގެ މަޝްވަރާތަކަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފި.

ގަތަރުގެ ދޯހާގައި ކުރިއަށްދާ މަޝްވަރާތަކުގައި އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން ބާރުއަޅަމުންދާކަން އޭނާ ފާހަގަކުރެއްވި.

އެންޓަނީ ބްލިންކެން ވިދާޅުވީ އެ ހިސާބަށް ދިއުމަށް އުނދަގޫ މަސައްކަތްތަކެއް އެބަހުރި ކަމަށާއި ނަމަވެސް އަދިވެސް އެކަން ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް.

23:08

ރަތް ކަނޑުގެ ސަރަހައްދަކުން އިސްރާއީލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނެފި

22:50

ފަލަސްތީނުގެ ސްނައިޕަރަކު އަލް ޝިފާ ހޮސްޕިޓަލް ކައިރީގައި އިސްރާއީލް ސްނައިޕަރަކަށް ކާމިޔާބުކަމާ އެކު ހަމަލާދޭ މަންޒަރު ހަމާސްގެ އަސްކަރީ ގޮފިން އާންމުކުރި ކޮށްފި

މި ހާދިސާ ހިނގަން މެދުވެރިވީ އެ ސަރަހައްދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުން ދަނިކޮށް.

22:48

ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލުން ފަލަސްތީނުގެ ގާތްގަނޑަކަށް 600 "ހަނގުރާމަވެރިން" އަތުލައިގަނެ، ހަނގުރާމައިގައި 140 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

އިސްރާއީލުގއ އަސްކަރިއްޔާ އާއި ސަލާމަތީ އިދާރާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ހަތިޔާރާއި އިންޓެލިޖެންސް ލިޔުންތައް ހޯދާފައިވާ ކަމަށް.

22:38

ފަލަސްތީނުގެ ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލްގައި ޔަހޫދީންގެ އަސްކަރިއްޔާ އިން ހިންގީ ރަނގަޅު އަދި އަސްކަރީ ގޮތުން މޮޅު އޮޕަރޭޝަނެއް ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ބުނެފި

21:18

އިސްރާއީލުގެ ވައިގެ ދިފާއީ ހަނގުރާމަވެރިން "ރަތް ކަނޑުގެ ސަރަހައްދުން" އިސްރާއީލުގެ ސަރަހައްދާ ދިމާލަށް ފޮނުވާލި ކަމަށް ބެލެވޭ "ޝައްކުކުރެވޭ ވައިގެ ހަމަލާއެއް" ކާމިޔާބުކަމާއެކު ހުއްޓުވާފައި ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފި.

21:16

މިއަދަކީ ޣައްޒާގައި މައިންގެ ދުވަސް ކަމަށް ވާއިރު، އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) އިން ބުނީ އެއް މިލިއަން ކުދިން "ދުވާލެއްގެ މައްޗަށް ލިބެމުންދާ ހިތާމަތަކާ ކުރިމަތިލާން ޖެހިފައިވާ" ކަމަށާއި އެކަމުގެ ސަބަބުން އެކުދިންގެ މުސްތަގުބަލާއި ދިރިއުޅުމާ މެދު އެކުދިންގެ މަންމައިން ކަންބޮޑުވާ ކަމަށް.

21:16

ޣައްޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލުގައި އަސްކަރިއްޔާއިން ކުރިއަށް ގެންދާ އޮޕަރޭޝަނަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ތައުރީފު ކޮށްފި.

 

21:14

އަންނަ އާދީއްތަ ދުވަހު މެދުއިރުމައްޗަށް ވަޑައިގަންނަވާނެ ކަމަށް ޖަރުމަން ވިލާތުގެ އެނާލީނާ ބެއާބޮކް ގާނުނު ހަދާ މަޖިލީހުގެ ބުންޑެސްޓެގް ތިރިގޭގައި ވިދާޅުވެއްޖެ.

މިއީ ހަނގުރާމަ ފެށުނު ފަހުން ޖަރުމަނުގެ ޚާރިޖީ ވަޒީރު އެ ސަރަހައްދަށް ކުރައްވާ ހަތް ވަނަ ދަތުރުފުޅު.

ބެއާބޮކް ވިދާޅުވީ. އެކަމަށް ހައްލެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް.

21:13

އިސްރާއީލު ސިފައިން ރޭގަނޑު ޝަހީދުކޮށްލި އަށް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑު ތުލްކަރީމްގެ އިރުމަތީގައި އޮންނަ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕްގައި ވަޅުލާފައި ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ރޭ ހިންގި ހަމަނުޖެހުންތަކަށް ފަހުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި

ވަފާ ނިއުސް އެޖެންސީން ބުނީ ޝަހީދުވި މީހުންގެ އުމުރަކީ 19 އަހަރާއި 23 އަހަރާ ދެމެދުގެ މީހުން ކަމަށް.

20:33

އިސްރާއީލަށް ހަތިޔާރު ވިއްކާ ކުންފުނިތަކާއި މެދު ފިޔަވަޅު އަޅަން ވިސްނަމުން ދާ ކަމަށް އެ ނޯވޭގެ ސޮވެރިން ފަންޑުގެ ޗެއަރޕާސަން ރިޗާޑް ބުރޭންޑްޓަގަޒް ބުނެފި

20:18

ކާބޯތަކެއްޗާއި ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދަ ދިނުމުގެ ގޮތުން ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ޑަބްލިއުއެޗްއޯގެ ވެރިޔާ ގޮވާލައްވައިފި.

އޭނާ ވިދާޅުވީ، ވައިގެ މަގުންނާއި ކަނޑުގެ ޑެލިވަރީއަށް މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް އެއީ އިތުރުވަމުންދާ ބޭނުންތަކަށް އިޖާބަ ދިނުމަށް އެކަށީގެންވާ މިންވަރަށް ނޫން ކަމަށް.

"ހަމައެކަނި ލޭންޑް ކްރޮސިންތައް ބޮޑުކުރުމުން ކާރިސާއިން ރައްކާތެރިވުމަށް ބޮޑެތި އެހީތައް ފޯރުކޮށްދެވޭނެ،" އޭނާ ވިދާޅުވި.

ޓެޑްރޯސް އިތުރަށް ވިދާޅުވީ ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލުގައި ނިއުޓްރިޝަން ސްޓެބިލައިޒޭޝަން ސެންޓަރެއް ގާއިމުކުރުމަށް ޑަބްލިއުއެޗްއޯއިން ތާއީދު ކުރާ ކަމަށާއި ދެކުނުގައި އޮންނަ ރަފަހުގައި ދެވަނަ ސެންޓަރެއް ގާއިމުކުރުމަށް ތާއީދު ކުރާ ކަމަށް.

އަދި އަލްޝިފާ ފަދަ ހޮސްޕިޓަލްތަކުގެ ވަށައިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އދ.ގެ އެޖެންސީއަށް ތަކެތި ބެހުމަކީ ނާދިރު ކަމެއް ކަމަށް އޭނާ ވިދާޅުވި.

"އަލްޝިފާއަށް ވަނުމަކީ މިހާރު ކުރެވޭނެ ކަމެއް ނޫން ކަމަށާއި މެޑިކަލް ސްޓާފުން ހިފަހައްޓާފައިވާ ކަމުގެ މައުލޫމާތު ލިބެމުން އެބަދޭ،" އޭނާ ވިދާޅުވި.

ޓެޑްރޯސް ވިދާޅުވީ މިއަދު އަލްޝިފާއަށް ކުރަން ރާވާފައިވާ މިޝަން ކެންސަލްކުރީ ސެކިއުރިޓީ ނެތުމުން ކަމަށް.

"އަނެއްކާވެސް އިސްރާއީލަށް އެދެނީ އިތުރު ކްރޮސިންތައް ހުޅުވައި ކާބޯތަކެއްޗާއި ފެނާއި އެހެނިހެން ހިއުމަނިޓާރިއާ ފޯރުކޮށްދިނުން އަވަސްކުރުމަށް،".

20:12

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ލުބުނާނުގެ ދެކުނުގެ ބައެއް ސަރަޙައްދުތަކަށާއި އަވަށްތަކަށް ބޮން އަޅައި، އައިތާ އަލް ޝާބަށް ޖެހިޖެހިގެން ދެ މިސައިލް ފޮނުވާލައި ޔަރޫނާއި މޭސް އަލް ޖަބަލްއަށް ހަމަލާދީފި.

ލުބުނާނުގެ ނިއުސް އެޖެންސީ އެންއެންއޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރްޖަޔޫން އާއި ކިއާމް އަވަށަށް ވެސް އާޓިލަރީގެ ހަމަލާތައް ވަނީ އަމާޒުވެފައި.

20:11

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވަނީ "ޣައްޒާގެ އުތުރުގައި ބަނޑުހައިހޫނުކަމާއި ބޮޑެތި ޒަޚަމްތަކަކާއި ކުރިމަތިލާން ޖެހިފައިވާ އެތައް ކުއްޖަކާއި ޒުވާނުންގެ ތެރެއިން އެކަކު" ގެ ވީޑިއޯއެއް އެކްސްގައި ހިއްސާކުރައްވާފައި.

"ރަފީގު ސަލާމަތްކުރީ އޭނާގެ ގޭގެ ކުނިތަކުގެ ދަށުގައި. އޭނާގެ އެއް ފައި ހަލާކުވެފައިވާއިރު، ދެވަނަ ފައި ބުރިކުރަން ޖެހުނެ."

ދިރިއުޅުން ވަރަށް ރީތި،" ބަނޑުހައި ހޫނުކަމުގެ ސަބަބުން ހަށިގަނޑުގެ ކަށިތައް ފެންނަމުން ދިޔަ އެ ކުއްޖާ ބުނެފައި ވެއެވެ. ކުރިން އޮތް ގޮތަށް އެނބުރި ދެވިދާނެނަމައޭ ހިތަށް އަރާ ކަމަށްވެސް އެ ކުއްޖާ ބުނެފައިވޭ.

20:08

އިސްރާއީލުގެ އަސްކަރިއްޔާ އިން މެދުނުކެނޑި ފަލަސްތީނުގެ ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލަށް ހަމަލާތައް ދެމުންދާ ކަމަށް އަލް ޖަޒީރާ އިން ރިޕޯޓް ކޮށްފި

20:07

ޣައްޒާގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް މެދުކަނޑާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އަރަބި ޚާރިޖީ ވަޒީރުންނާއި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެންގެ ބައްދަލުވުމެއް ގާހިރާގައި ފަށައިފި.

މި ބައްދަލުވުމުގައި މިސްރު، ސައުދީ އަރަބިއްޔާ، ގަތަރު އަދި އުރުދުންގެ ޚާރިޖީ ވަޒީރުންގެ އިތުރުން އެމިރާތީ އިންޓަނޭޝަނަލް ކޯޕަރޭޝަން މިނިސްޓަރުގެ އިތުރުން ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ބައިވެރިވެވަޑައިގަންނަވާ.

20:05

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ލީޑަރުން މިއަދު ބްރަސަލްސްގައި ބާއްވާ ސަމިޓުގައި ޣައްޒާގައި ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާނެ ކަމަށް ޖޯސެފް ބޮރެލް ވިދާޅުވެއްޖެ.

17:44

އަލްޝިފާ ހޮސްޕިޓަލް ކައިރީގައި ހުރި ގެތަކަށް އިސްރާއީލުގެ ސިފައިން ހަމަލާތައް ދެމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

އަދި ހަމަލާތަކުގައި ޒަހަމްވި މީހުންނާ ހަމައަށް އެމްބިއުލާންސް ނުވަތަ ސިވިލް ޑިފެންސް ކްރޫން ދިއުމަށް ސިފައިން ހުރަސް އަޅަމުންދާ ކަމަށް ވެސް ބުނެފައިވޭ.

ވަފާ ނިއުސް އެޖެންސީން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާ ސިޓީގެ ހޮސްޕިޓަލާއި ވަށައިގެން އިސްރާއީލުގެ މިސައިލް ހަމަލާތަކާއި އާޓިލަރީ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު ޝަހީދުވެފައިވާ ކަމަށާއި އެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު މުޅިން މީހުން ހުސްކުރުމުގެ އަމުރެއް ނެރެފައިވާ ކަމަަށް.

17:42

ފަލަސްތީނުގެ އެއް މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާ ޣައްޒާގެ ދެކުނުގެ ސިޓީއަކީ އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ހަތަރުބައިކުޅަ އެއްބައި ހިމާޔަތްކުރާ ހަމާސްގެ ހަރުގެއެއްގެ ގޮތުގައި ސިފަކުރަމުން އިސްރާއީލުގެ އިސް އޮފިޝަލަކު ރަފަހްގެ ކޮންޓްރޯލް އިސްރާއީލުން ނަގާނެ ކަމަށް ބުނެފި

17:39

ނެދަލޭންޑްސްގެ ހޯގްގައި ހުންނަ އިސްރާއީލުގެ އެމްބަސީ ހުސްކުރީ އެ ތަނަށް އަލިފާން ރޯވެފައިވާ އެއްޗެއް އުކާލުމުން ކަމަަށް ނެދަލޭންޑްސްގެ ނޫހެއް ކަމަށްވާ "ޑީ ޓެލެގްރާފް" އިން ރިޕޯޓްކޮށްފި.

17:38

އަލްޝިފާ ހޮސްޕިޓަލުގައި ހިނގި ހަމަނުޖެހުންތަކުގައި 50 އަށްވުރެ ގިނަ ހަނގުރާމަވެރިން ޝަހީދުކޮށްލާފައިވާ ކަމަށާއި މެޑިކަލް ކޮމްޕައުންޑްގައި ހަތިޔާރާއި އިންފްރާސްޓްރަކްޗާ ފެނިފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި

ހަމާސް އިން މީގެ ކުރިން ވެސް ވަނީ އެފަދަ ވާހަކަތައް ދޮގުކޮށް، ހޮސްޕިޓަލުގައި އެއްވެސް ހަނގުރާމަވެރިއަކު ނެތް ކަމަށާއި އެއީ ބޭސްއެއްގެ ގޮތުގައި ބޭނުން ކުރާ ތަނެއް ނޫން ކަމަށް ބުނެފައި.

17:37

އިސްރާއީލުގެ ޖެޓްތަކުން ލުބުނާނުގެ އަލްއަދީސާ އާއި ކަފްރް ކިލާ އަވަށަށް ހަމަލާދޭން ފަށާފައިވާއިރު، އާޓިލަރީތަކުން އަމާޒުކޮށްފައި ވަނީ ޔަރޫން އަވަށަށް.

އިސްރާއީލުން މި ހަމަލާތައް ދީފައި ވަނީ އިސްރާއީލުގެ އަވަށެއް ކަމަށްވާ މެޓޫލާއަށް ރޭގަނޑު ގިނަ ހަމަލާތަކެއް ހިޒްބުالله އިން ދިނުމާއި އަވީވިމްގައި އިސްރާއީލުގެ ސިފައިންގެ އެއްވުމަކާއި ލުބުނާނުގެ އަވަށެއް ކަމަށްވާ މީސް އަލް ޖަބަލް ކުރިމަތިން ބަޣުދާދީ އަސްކަރީ ސައިޓަށް އިސްރާއީލުގެ ވެހިކަލެއް ވަދެފައިވާ ކަމަށް ހިޒްބުالله އިން ބުނުމާ ގުޅިގެން.

 

17:34

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އިއްޔެ ހަވީރު ފެށި އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ 25 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީން ބުނެފި.

މިއާއެކު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 7725 އަށް އަރާފައި

17:09

ޣައްޒާގެ ތެޔޮ މަދުވުމުގެ ސަބަބުން ޣައްޒާގައި ތެލުގެ ބަދަލުގައި ވެހިކަލްތަކަށް ކުކިން އޮއިލް ބޭނުން ކުރަން ފަށައިފި

17:08

ހަނގުރާމައިގެ ކެބިނެޓްގެ މެމްބަރަކަށް ގިޑިއޯން ސާރް އައްޔަން ކޮށްފިނަމަ ނޫނީ އޭނާ ނޫން މީހަކު މަގާމަށް އައްޔަން ކޮށްފިނަމަ އިސްތިއުފާ ދޭނެ ކަމުގެ އިންޒާރު ހާޑްކޯ މިނިސްޓާ އޮފް ނޭޝަނަލް ސެކިއުރިޓީ އިޓަމާރު ބެން-ގްވީރު ދެމުންގެންދާ ކަމަށް ނަތަންޔާހޫގެ އަރިސް ފަރާތްތަކާ ހަވާލާދީ އިސްރާއީލުގެ ނޫހެއް ކަމަށްވާ މާރިވްގައި ބުނެފި.

17:05

އިސްރާއީލުން ޣައްޒާ ސިޓީގެ ވަހްދާ މަގުގައި ހުންނަ އަލްއަމަލް ޔަތީމުޚާނާ އިންސްޓިޓިއުޓްގެ ދޮރުތަކަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދީފި.

15:56

އދ.ގެ ސެޓެލައިޓް ސެންޓަރު، ޔޫނޯސެޓްއިން ވަނީ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ނެގި ހައި ރިޒޮލިއުޝަން ސެޓެލައިޓް ފޮޓޯތަކާއި އެންމެ ފަހުގެ ހަމަނުޖެހުންތައް ފެށުމުގެ ކުރިންނާއި ފަހުން ނަގާފައިވާ ފޮޓޯތަކާ އަޅާކިޔާފައި.

އެގޮތުން ޣައްޒާގެ 35 އިންސައްތަ އިމާރާތްތައް - 88،868 އިމާރާތައް - ގެެއްލުންވެ ނުވަތަ ހަލާކުވެފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައި. އޭގެ ތެރެއިން 31،198 އިމާރާތެއް ހަލާކުވެފައިވާ އިރު، 16،908 އިމާރާތަކީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ތަންތަން ކަމަށާއި 40،762 އިމާރާތަކީ އާދައިގެ ގޮތަކަށް ހަލާކުވެފައިވާ ތަންތަން ކަމަށް ފާހަގަކޮށްފައިވޭ.

15:55

އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން މެދުއިރުމަތީގައި ހިންގަވާ ޝަޓްލް ޑިޕްލޮމަސީގެ ސަބަބުން ޣައްޒާއަށް އަދިވެސް އެއްވެސް ހަރުދަނާ ނަތީޖާއެއް ނެރެވިފައި ނުވާ ކަމަށް ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ބުނެފި.

އޭގެ ބަދަލުގައި އިސްރާއީލަށް އިތުރު ވަގުތު ދެނީ "އަޅުގަނޑުމެންގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަމަލާތައް އިތުރުކުރުމަށް" ކަމަށް އެ މިނިސްޓްރީން ބުނޭ.

15:54

މިދިޔަ ހަފުތާގައި ފެށި ކަނޑުގެ މަގުން ޣައްޒާއަށް ދޭ އެހީ އަވަސް ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް 36 ގައުމަކާއި އދގެ އެޖެންސީތަކުގެ އޮފިޝަލުން ސައިޕްރަސްއަށް ޖަމާވެއްޖެ.

ސައިޕްރަސްގެ ޚާރިޖީ ވަޒީރު ކޮންސްޓަންޓިނޯސް ކޮމްބޯސް ވިދާޅުވީ، ދަތުރުފަތުރުގެ ވަސީލަތްތަކާއި ޑިސްޓްރިބިއުޝަން މެތަޑޮލޮޖީއާ ގުޅޭ ގޮތުންނާއި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރު ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް.

15:52

ޔަމަނުގެ ނިޝްތޫންގެ ދެކުނުން ގާތްގަނޑަކަށް 109 ނޯޓިކަލް މޭލު ބޭރުގައި އޮތް ސްކިފްއަކުން ބަޑީގެ ހަމަލާތަކެއް ދިން ކަމުގެ މައުލޫމާތު ކަނޑުއުޅަނދުފަހަރަކުން ލިބިފައިވާ ކަމަށް އިނގިރޭސި ވިލާތުގެ ސެކިއުރިޓީ ފާމް އަމްބްރޭ ބުނެފި .

ސްކީފްއެއްގައި ތިބި ހަތިޔާރު އެޅި ހަތަރު މީހުން އެ މާޗަންޓް ދޯންޏަށް ގޮސް އެ ދޯންޏަށް ބަޑި ޖެހީ އެ ދޯނީގައި ތިބި އަމިއްލަ ހަތިޔާރުއެޅި ސެކިއުރިޓީ ޓީމަށް އަމާޒުކޮށް ކަމަށް.

މިއާއެކު ދޯނީގެ ސްޕީޑް އިތުރު ކުރުމުން، ސްކިފްގެ ނުރައްކަލެއް މިހާރު ނެތް ކަމަށާއި އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އަމްބްރޭ ބުނެފައިވޭ.

 

15:49

ޣައްޒާގައި ބަންދުކޮށްފައި ތިބި އެންމެން އަނބުރާ ގައުމަށް ގެނައުމަށަ ހަމާސްއާ އެކު ވަގުތުން އެއްބަސްވުމަކަށް އައުމަށް ނަތަންޔާހޫގެ ސަރުކާރަށް އިސްރާއީލުގެ އިދިކޮޅު ލީޑަރު ޔައިރު ލަޕިޑް ގޮވާލައިފި.

ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ރަފަހްގައި ހަމާސް ޖަމާއަތާއި އެ ޖަމާއަތުގެ ބެޓެލިއަންތައް ނައްތާލުމަކީ ދެން ކުރެވޭނެ ކަމެއް ކަމަށާއި އެންމެ މުހިންމު ކަމަކީ ގައިދީންނާއި އެމީހުންގެ އާއިލާތަކުގެ ހިތާމަވެރިކަން ނިމުމަކަށް ގެނައުން ކަމަށް.

15:15

އުރުދުންއަކީ އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ޣައްޒާއަށް އެހީ ފޯރުކޮށްދޭ ގިނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށް މިޑިއާ ރިޕޯޓްތައް ބުނެފި

15:14

ޣައްޒާގައި ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ތާރީހުގައި ލިޔެވިގެންދާނެ ކަމަށް ފްރާންސްގެ ސެނެޓަރު ގުއިލޯމް ގޮންޓާޑް ވިދާޅުވެއްޖެ.

ބުދަ ދުވަހު ސެނެޓްގެ ޖެނެރަލް އެސެމްބްލީގައި ދެއްވި ތަގުރީރުގައި ފަރަންސޭސި ސެނެޓްގެ އިކޮލޮޖިސްޓް ގްރޫޕްގެ ރައީސް ވިދާޅުވީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެ ފަހުން އިސްރާއީލުން ޣައްޒާގައި ހަމަނުޖެހުންތަކެއް ފެށި ކަމަށް ތާރީޚީ ފޮތްތަކުގައި ލިޔެވޭނެ ކަމަށް.

 

15:12

ޖެނިންގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ހަޅުތާލު ކުރަމުން ދަނީ އިއްޔެ އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އެ މީހުންގެ ސިޓީން ތިން ޒުވާނަކު ޝަހީދުކޮށްލި ހާދިސާ ކުށްވެރި ކުރުމުގެ ގޮތުން ކަމަށް އަވަފާ ނިއުސް އެޖެންއސީން ބުނެފި

ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ހަވާލާދީން ބުނާގޮތުގައި މަހްމޫދު ބައްސާމް ރަހާލް، އަހުމަދު ހާނީ ބަރަކާތު އަދި މުހައްމަދު އަބްދުالله އަލްފައިދު ޝަހީދުވެފައި ވަނީ ޖެނިން ކޭމްޕްގެ ހޮސްޕިޓަލަކުން ދަތުރުކުރަމުން ދަނިކޮށް އިސްރާއީލުން ދިން ޑްރޯން މިސައިލަކުން އެ މީހުންގެ ކާރަށް ހަމަލާދިނުމުން.

15:09

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 65 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

14:22

އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ބަނީ ސުހެއިލާ އަވަށަށް މިއަދު ދިން ހަމަލާގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލައިފި.

 

14:21

ޣައްޒާގައި ހުންނަ ގަދީސިޔާ ޓަވަރު ބިމާ ހަމަކޮށްލާފައި. މި ތަނަށް އިސްރާއީލުން ހަމަލާ ދިނީ އިއްޔެގެ ވަގުތެއްގައި.

14:20

އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ބަޔަކު.

14:20

ޣައްޒާގެ މެދު ތެރޭގައި ހުންނަ ނުސެއިރާތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ޝަހީދުވެފައިވާ މީހުން.

14:19

ޝިފާ ހޮސްޕިޓަލްގެ ތެރޭގައި މި ފަހުން އޮޕަރޭޝަން ހިންގި ފަހުން މިހާތަނަށް އައިއިރު 140 މީހުން ޝަހީދުކޮށްލާފައިވާ ކަން އިސްރާއީލުން އިއުލާންކޮށްފި. އެމީހުން ބުނި ގޮތުގައި އޭގެ ތެރެއިން 50 މީހުން ޝަހީދުކޮށްލާފައި ވަނީ އިއްޔެގައި. ޝިފާ ހޮސްޕިޓަލްގެ ތެރެއަށް އިސްރާއީލް ސިފައިން އަރައިގަތީ މިދިޔަ ހަފްތާގެ ކުރީކޮޅު.

12:45

އިސްރާއީލްގެ އަސްކަރިއްޔާ އިން ޝިފާ ހޮސްޕިޓަލް ކައިރީގައި ހުރި ގެތަކާއި އިމާރާތްތަކުގައި އަލިފާން ރޯކޮށް، ބައެއް ތަންތަނުގައި ބޮން ގޮއްވަމުންދާ ކަމަށް ފަލަސްތީނުގެ މީޑިއާތަކުންނާއި މަންޒަރު ދުށް ފަރާތްތަކުން މިހާރު ދަނީ ރިޕޯޓު ކުރަމުން.

12:44

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިން ބަޑި ޖަހައި ފަލަސްތީނުގެ ހަތަރު މީހަކު ރޭ ޝަހީދުކޮށްލާފައިވާ ކަމަށް.

12:43

ޝިފާ ހޮސްޕިޓަލް ހުންނަ ސަރަހައްދުން މިއަދު ހެނދުނު ދުން އަރަނީ. އިސްރާއީލް ސިފައިން ވަނީ އިމާރާތެއް ބިމާ ހަމަކޮށްލާފައި.

12:37

ފަލަސްތީނުގެ ޣައްޒާގައި ހުންނަ ޝިފާ ހޮސްޕިޓަލަށް ބޮން އަޅާނެ ކަމުގެ އިންޒާރު އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިން ދީފި.

12:27

އިސްރާއީލުން ޣައްޒާގެ މެދު ތެރެއަށް ބޮން އަޅައި ނުވަ މީހަކު ޝަހީދުކޮށްލައިފި.

12:26

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޗެކް ޕޮއިންޓެއް ކައިރީގައި އިސްރާއީލްގެ ސަލާމަތީ ބާރުތަކުން ހަމަލާދީ ފަލަސްތީނުގެ މީހަކު ޒަހަމްކޮށްލައިފި. އެމީހާ ޒަހަމްކޮށްލީ އަތުގައި ވަޅިއެއް އޮތް ކަމަށް ބުނެ. އެމީހާ އަށް ފަރުވާ ދިނުމަށް މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި.

11:30

އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ މަަސައްކަތަށް ކުރައްވާ "ޝަރުތެއް ނެތް މިނެއް ނެތް ތާއީދު" އެނބުރި ގެންދިއުމަށް އެމެެރިކާގެ ރައީސް ޖޯ ބައިޑަންއަށް ގޮވާލި ޑިމޮކްރެޓިކް ޕާޓީއަށް ފަންޑުކުރާ 100 އަށް ވުރެ ގިނަ ފަރާތްތަކުގެ ތެރޭގައި ފާހަގަ ކޮށްލެވޭ ޔަހޫދީންވެސް ހިމެނޭ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފި.

10:18

އިސްރާއީލުން ހިފާފައިވާ ފަަލަސްތީނުގެ އިރުމަތީ ގުދުސް އަދި އިސްރާއީލުގެ ތެލްއަވީވްގެ ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުންދާ ފަލަސްތީނުގެ ބަލިމީހުންތަކެއް އަނބުރާ ޣައްޒާ އަށް ފޮނުވާލަން އިސްރާއީލުގެ ސަރުކާރުން ނިންމާފައިވާ ނިންމުން އިސްރާއީލުގެ ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަޑު ޖައްސާލައިފި.

09:37

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޝަހީދުކޮށްލި ފަލަސްތީނު މީހާގެ ޖަނާޒާ ކުރިއަށް ދަނީ. އެމީހާ ޝަހީދުކޮށްލީ އިސްރާއީލްގެ ވަޒަންވެރިއެއް. އެމީހާ ދިން ހަމަލާތަކުގައި ޝަހީދުވެފައި ވަނީ އުމުރުން 40 އަހަރުގެ ފަހަރް ބަސެމް ބާނީ ޖަބަރް.

09:35

ޔަމަންގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުން އަންނަ ހޫތީ ހަނގުރާމަވެރިންގެ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) އަކާއި އަންމޭންޑް ސާފޭސް ވެސަލް (ޔޫއެސްވީ) އެއް ހަލާކުކޮށްލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން އިއުލާންކޮށްފި.

 

09:32

އެމެރިކާގެ ސެނެޓަރުން ކައިރީގައި އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނި ގޮތުގައި ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 28،000 އަށް އަރާ. އެކަމަކު، ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން ނަމަ، އޮކްޓޯބަރު 7 ގެ ފަހުން ޝަހީދުކޮށްލި މީހުންގެ އަދަދު 31،923 އަށް އަރާނެ.

09:30

ގުދުސްގައި ހުންނަ ޔޫއެންއާރުޑަބްލިއު އޮފީސް ކައިރީގައި އިސްރާއީލްގެ ރައްޔިތުންތަކެއް މުޒާހަރާ ކުރަނީ.

08:50

އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރި އަށް ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލައިފި. އިސްރާއީލުން ރޭ ވެސް ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެކި ހިސާބުތައް ރެއިޑްކޮށްފައި.

08:49

ޣައްޒާގެ ރައްޔިތުން ހިތާމައިގެ ތެރޭގައި.

ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށް 167 ދުވަސްވެފައިވާ އިރު، އިސްރާއީލް ސިފައިން އަދިވެސް ތިބީ ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލް ތެރޭގައެވެ. ޝިފާ ހޮސްޕިޓަލްގެ ތެރޭގައި އެތައް ސަތޭކަ ބަޔަކު އަދިވެސް ތިބީ ތާށިވެފައެވެ. އޭގެ ތެރޭގައި ބަލި މީހުން ހިމެނެއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލްގެ ހަމަލާތަކުގައި ފާއިތުވެދިޔަ ހަފްތާގައި 100 އަށް ވުރެ ގިނަ އިންސާނީ އެހީ ފޯރުކޮށްދޭ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އިސްރާއީލުން އިއްޔެ އެންމެ ވަރުގަދަ ހަމަލާއެއް ދިނީ ޣައްޒާ ސިޓީއަށެވެ. އެ ސަރަހައްދަށް ތިން ފަހަރެއްގެ މަތިން ދިން ހަމަލާއެއްގައި 28 މީހުން ޝަހީދުކޮށްލިއެވެ. އެމީހުންގެ ޖަނާޒާތައް ވަނީ މިހާރު ކުރިއަށް ގެންގޮސްފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 31،923 މީހުން ޝަހީދުވެ 74،096 މީހުން ވަނީ ޒަޚަމްވެފައެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާގައި އިސްރާއީލުގައި މަރުވި މީހުންގެ އަދަދު 1139 އަށް އަރާފައިވާއިރު، އެތައް ބަޔަކު ވަނީ ބަންދުކޮށްފައެވެ.

މި ލައިވް ބްލޮގްގައި ގެނެސްދޭނީ ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ އާއި އޭގެ ވަށައިގެން ހިނގާ ކަންކަމުގެ އެންމެ ފަހު މައުލޫމާތެވެ.