ރަޝިޔާގެ ވެރިރަށް މޮސްކޯގައި ކުރިއަށްދިޔަ ކޮންސާޓަކަށް ދިން ހަމަލާގެ ޒިންމާ ހަނގުރާމަވެރި ޖަމިއްޔާއެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ނަގައިފިއެވެ.

ރަޝިޔާގެ މޮސްކޯގައި ކުރިއަށް ގެންދިޔަ ކޮންސާޓަކަށް ބަޓީގެ ހަމަލާއެއް ދީފައިވަނީ ހުކުރު ދުވަހުގައެވެ. ރަޝިއާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް އިން ބުނެފައިވާ ގޮތުގައި މޮސްކޯގެ ބޮޑު ދަ ކްރޮކަސް ސިޓީ ހޯލަަށް ދިން ހަމަލާއެއްގައި 60 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާގެ ޒިންމާ އައިއެސްއިން ވަނީ ނަގާފައެވެ. އެ ހަނގުރާމަވެރި ޖަމާއަތުން ހަމަލާގެ ޒިންމާ ނަގާފައިވަނީ ނެރުނު ކުޑަ ބަޔާނެއްގައެވެ.

ހުކުރު ދުވަހުގެރޭ މޮސްކޯގެ އައްސޭރިފަށުގައި ހުންނަ ކޮންސެޓް ހޯލަށް ހަތިޔާރު އެޅި ބަޔަކު ވަދެ، އެތަނަށް ޒިޔާރަތްކުރާ މީހުންނާ ދިމާލަށް ބަޑީގެ ހަމަލާތަކެއް ދީ، އެތައް ބަޔަކު މަރާ ޒަހަމްކޮށްލިއެވެ.

ރަޝިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެތަނުގެ ފުރާޅު ވަނީ ވެއްޓިފައެވެ.

މި ހަމަލާ ދީފައި މިވަނީ ރައީސް ވްލަޑިމިއާ ޕޫޓިން އިންތިޚާބީ މައިދާނުގައި އެގައުމުގެ ބާރު ގަދަކުރެއްވިތާ ދުވަސްކޮޅެއް ފަހުންނެވެ.

ރަޝިޔާގެ ޚަބަރުތައް ބުނާގޮތުން ހަމަލާދިން މީހުން ބަނގުރާ އުކާލުމުން މޮސްކޯގެ ހުޅަނގު ފަރާތުގައި ހުންނަ އެ ހޯލުގައި ވަނީ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މީސް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ އިމާރާތުގެ މަތިން ކަޅު ދުމުގެ ބޮޑު އަލިފާންގަނޑެއް އުފެދެއެވެ.

ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނީ މޮސްކޯގެ އެއާޕޯޓުތަކާއި ރޭލްވޭ ސްޓޭޝަންތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ އިރު، މޮސްކޯގެ މޭޔަރު ވަނީ ހަފުތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުންތައް ކެންސަލް ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމީ

    ކޮންމެ ބަޔަކު ހަމަލާ ދީފަ ކޮންމެސް އިސްލާމީ ޖަމާ ޢަތެއްގެ ބޮކުގަ އެޅުވީމަ އެ ނިމުނީ. ޜަޝިޔާއިން އިސްރާއީލާ ދެކޮޅަށް މުނަމުން ދާ ދުވަސްކޮޅެއް ވީމާ މުސްލިމުން ދެކެ ރުޅިއަންނަ ގޮތެއް....

  2. ކަލޯ

    ދުނިޔޭގެ ބޮޑު ބާރެއް އިސްލާމުންނާ އެއްްކޮޅަށް އޮތީތީ ދެވުނު ޙަމަލާއެއް! މިޙަމަލާއިން ދޭހަވަނީ އިސްލާމިކް ސްޓޭޓްއަކީ ޒައިނިސްޓް މޮސާދާއި ސީއައިއޭ ކަން!