ދެކުނު ޗައިނާ ކަނޑުގައި ސިޔާދަތީ މައްސަލަ ބޮޑު ސަރަހައްދެއްގައި ހޮނިހިރު ދުވަހު ޗައިނާގެ ކޯސްޓްގާޑުން ފިލިޕީންސްގެ ބޯޓުތަކާ ދެކޮޅަށް ފެން ބަޑި ބޭނުންކޮށްފައެވެ.

މި ހަމަނުޖެހުން ހިނގާފައިވަނީ ޗައިނާގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދެއްކަމަށް ބުނާ ހިސާބަށް ފިލިޕީންސް ވަނުން ދިފާއުކޮށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ވާހަކަދެއްކެވިތާ ދުވަސްކޮޅެއް ފަހުންނެވެ.

މި ހާދިސާގެ ވީޑިއޯއިން ފިލިޕީންސްގެ މަދަނީ އުޅަނދެއް ފެން ބަޑިން ލިބުނު "ބޮޑެތި ގެއްލުންތަކެއް" ދައްކުވައި ދިނެވެ. އަދި ޗައިނާގެ ކޯސްޓްގާޑުން ފެން ބަޑި ބޭނުން ކުރުމުގެ ކުރިން ރީސަޕްލައި އުޅަނދުގެ ހުރަސްކޮށް "ނުރައްކާތެރި"ކޮށް ބޯޓު ދުއްވި ކަމަށް ވެސް އޭއެފްޕީން ވަނީ ބުނެފައެވެ.

އެގޮތުން ޗައިނާއިން އޭގެ ފަހުން ފްލޯޓިން ބެރިއާތައް "އެއްވެސް އުޅަނދެއް އިތުރަށް އެތެރެވުން ހުއްޓުވުމަށް" ހަރުކުރި ކަމަށް ބުނެފައިވެއެވެ.

ފިލިޕީންސްގެ ޕަލަވާން ޖަޒީރާގެ އައްސޭރިފަށާ ގާތްގަނޑަކަށް 200 ކިލޯމީޓަރު (125 މޭލު) ދުރުގައި އޮންނަ ސެކަންޑް ތޯމަސް ޝޯލްގައި ސިޔާދަތީ ބާރު އޮންނަ ކަމަށް ދެގައުމުންވެސް ބުނެއެވެ.