ނިރުބަވެރި އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ އަލް ޝިޕާ ހޮސްޕިޓަލުގައި އިން މާބަނޑު އަންހެނަކު ރޭޕްކޮށް ޝަހީދު ކޮށްލައިފިއެވެ.

ބޭރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަލް ޝިޕާ ހޮސްޕިޓަލުގައި އިން ފަސް މަހުގެ މާބަނޑު އަންހެނަކު ގަދަކަމުން ނިރުބަވެރި އިސްރާއީލްގެ ސިފައިން ބަރަހަނާ ކޮށްފައިވާ ކަމަށެވެ. އަދި އަނިޔާ ކޮށްފައިވާ ކަމަށެވެ.

އެތަށް ގަޑައިރެއް ފަހުން ޝިފާ ހޮސްޕިޓަލުގައި ތިބި ބައެއް މީހުނަށް އަނިޔާ ކުރުމަށް ފަހު ނެރުނު އިރުގައި އެ މާބަނޑު އަންހެން މީހާ އާއި އޭނާގެ ދަރިން ނުނެރޭ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ރަހުމެއްނެތް ނިރުބަވެރިން އެ މާބަނޑު އަންހެން މީހާ އޭނާގެ ފިރިމީހާ އާއި އާއިލާގެ ކުރިމައްޗަށް ގެންގޮސް ރޭޕްކުރި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި އާއިލާގެ އެއްވެސް މީހަކު ލޯ މަރައިފިނަމަ މަރާލާނެކަމުގެ އިންޒާރުދިން ކަމަށްވެއެވެ.

އެއަށް ފަހުގައި ނިރުބަވެރިން އެ މާބަނޑު އަންހެން މީހާއާއި އޭނާގެ އާއިލާ ޝަހީދުކޮށްލި ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާގެ އެތައް ތަނެއް ވަނީ ސުންނާފަތިވެފައެވެ. ޣައްޒާގެ އެތައް ރައްޔިތުން ވަރަށް ހާލުގައި އުޅެމުންދާއިރު، ބަނޑުހައި ހޫނު ކަމުގައި އުޅެމުންދާ އެތައް ހާސް ބަޔަކު އެބަތިއްބެއެވެ. އަދި ބަނޑުހައި ހޫނު ކަމުގައި ދުނިޔެ ދޫކުރަމުންދާ މީހުންގެ އަދަދު މަދެއް ނޫނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތ

    ޣަޒާގެ ރަތްޔިތުންނަށް ނަސްރުދެއްވާންދޭވެ އާމީން އަދި އެ އާއިލާއަށް ޖަންނަތުލް ފިރްދައުސް މިންވަރު ކުރައްވާންދޭވެ

    67
    1
    • ބޮލުގައިރިއްސާ

      އާމީން

      37
  2. ޙިޔާލޮ

    މިހާރު މާ މައްޗަށް ކަންކަން އެދަނީ އިޒްރޭލްް ރައްޔިތުންނަށް ކޯފާ އެއް ފޮނުންވުން އެދި ދުޢާ ކުރަން

    23
  3. Anonymous

    ޔާﷲ ގަދަފަދަ ކޯފާއެއް މިޔަހޫދީ އަނިޔާވެރިންގެ މައްޗަށް ފޮނުއްވާ އެބައި މީހުން ނެތިކުރައްވާންދޭވެ.އާމީން
    ފަސްޠީންގެ ނިކަމެތި މުސްލިމުންނަށް ނަޞްރު ދެއްވާންދޭވެ އާމީން

    31
  4. މުސްލިމު ފަރުދެއް

    ވެރިން ނެތީމަ ހެޔޮލަފާ ދުނިޔެ ފަސާދަވެއްްޖެޔޭ!
    ވެރިން މިހާރު އުއްމަތާ ޚިލާފު ޢާއްމުކޮށްވެޔޭ!

    މިއަދު ދުނިޔޭގައި މުސްލިމުންގެ ހަރުދަނާ ހިތްވަރުގަދަ ވެރިން ނެތުމަކީ ހިތާމަ ކުރާ ކަމެއް.
    މުސްލިމުން އެމީޙުންގެ ޢަދުއްވުންނާ ހަނގުރާމަ ކުރަން ނިކުންނަންޖެހޭނީ ޔަޤީނުންވެސް މޮޅުވާނެކަން އެނުމުންނެއް ނޫނެވެ. ޙައްޤާއި ބާޠިލް އާ ދެމެދު ހަނގުރާމަ ވެވެން ޖެހޭނެއެވެ.
    ކާފަރުންގެ ފުލް ކޮންޓްރޯލް އޮތް ދުނިޔޭގެ ސަލާމަތީ ބާރުގެ ނަމުގައިވާ ދޯހަޅި ޤަވަޢިދު ވަނީ ހަމަ އެކަނި އަނިޔާވެރިން ހިމާޔަތްކުރާ އެއްޗަކަށްވެފައެވެ. މުސްލިމުން ޖިހާދަށް ނިކުމެގެން ނޫނީ އަނިޔާވެރިން މައިތިރި ނުކުރެވޭނެއެވެ.
    ހިތާމަޔަކީ މިއަދުގެ އިސްލާމީ ޤައުމުތަކުގެ ވެރިންގެ ފަރާތުން އެ ހިތްވަރާ ކެރުންތެރިކަން ފެނިގެންނުދާތީއެވެ..

    11