23:16

ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީންގެ އަސްކަރިއްޔާގެ ނިރުބަވެރި ސިފައިންގެ މީހެއް ހަމާސްގެ ހިތްވަރުގަދަ މުޖާހިދުން މަރާލައިފި.

ޔަހޫދީންގެ އަސްކަރިއްޔާ އިން ދާދި ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގެ ޚާން ޔޫނުސްގައި ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި ޔަހޫދީންގެ އަސްކަރިއްޔާގެ ސިފައިންގެ މީހެއް މަރުވެފައިވާ ކަމަށް. ޚާން ޔޫނުސްގައި މަރުވެފައިވަނީ އުމުރުން 21 އަހަރުގެ ސުޓާފް ސާޖަންޓް ނިސިމް ކަޗްލޮން .

21:14

ޣައްޒާ އަށް ޔަހޫދީން ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ޔޫރަޕުގެ އެންމެ ބޮޑު ބާރު ޖަރުމަނުވިލާތުގެ ވެރި ރަށް ބާލިން ގައި މުޒާހަރާ ކުރަމުން އެބަދޭ

 

ފަލަސްތީނަށް ތާއީދުކޮށް ކުރަމުންދާ މި މުޒާހަރާގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފަ. މި ސުލްހަވެރި މުޒާހަރާގެ ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަ ހިފައިގެން އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފަ. އެ ގޮތުން "ފަލަސްތީން މިނިވަން ކުރޭ" އަދި " ޤަތުލް އާންމު ހުއްޓާލާ" ފަދަ ބަސްތައް ލިޔެފައިވާ ބެނާ ތައް ހިފައިގެން ވެސް އެމީހުން ވަނީ މުޒާހަރާ ކޮށްފަ.

21:04

އދ ގެ ސަލާމަތީ މަޖިލީހުން ހަނގުރާމަ ހުއްޓާލުމަށް ޤަރާރު ފާސްކުރި ފަހުން ވެސް ޔަހޫދީން ދަނީ ޣައްޒާ އަށް މެދުނުކެނޑި ހަމަލާތައް ދެމުން. ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ޔަހޫދީންފެ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް 76 މީހުން ވަނީ ޝަހީދުވެފަ.

17:43

ލުބުނާން ގައި ހަރަކާތްތެރިވަމުން އަންނަ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދީފި. މި ހަމަލާތަކުގެ ތެރެެއިން އެއް ހަމަލާ ވަނީ ޔަހޫދީ އިސްރާއީލުގެ ސިނާއީ މަސައްކަތް ކުރާ ތަނަކަށް އަރާފަ. މި ހަމަލާގައި ޔަހޫދީންގެ އެކަކު ވަނީ މަރުވެފަ. މި ހަމަލާ ހިޒްބުﷲ އިން ދީފައިވަނީ މިއަދު ހިޒްބުﷲ ގެ އަމާޒަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ލުބުނާނުން 7 މީހުން ޝަހީދުވުމާއި ގުޅިގެން އެކަމުގެ ބަދަލުހިފުމަށް .

17:39

ފަލަސްތީނުގެ ޣައްޒާގައި އެހީ ހޯދުމަށް ނިކުމެތިބި ދެ މީހުން ގަޔަށް ޔަހޫދީން ބަޑިޖަހައިފި. ޔަހޫދީން އެމީހުންގެ ގަޔަށް ބަޑިޖަހާފައިވަނީ ކެވެއިތް ރައުންޑަބައުޓް ގައި އެހީގެ އިންތިޒާރުގައި ތިއްބާ ސުނައިޕަރުން ބޭނުން ކޮށްގެން.

17:21

ޔަހޫދީންގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ އަލް ޝިފާ ހޮސްޕިޓަލުގައި ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަން އޭގެ ދެވަނަ ހަފްތާގައި ވެސް ކުރިއަށް ދާނެ ކަމަށް ޔަހޫދީން ބުނެފި.

16:55

ޔަހޫދީންގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ އަލް ޝިފާ ހޮސްޕިޓަލުގައި ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަން އޭގެ ދެވަނަ ހަފްތާގައި ވެސް ކުރިއަށް ދާނެ ކަމަށް ޔަހޫދީން ބުނެފި

ޣައްޒާ ސިޓީގައި ހުރި އަލް ޖަޒީރާ ނޫހުގެ ނޫސްވެރިޔާ މޯތް އަލް ކަހްލޫތް ބުނެފައިވަނީ ޔަހޫދީން އަދިވެސް ވަނީ އަލް ޝިފާ ހޮސްޕިޓަލް ހިޞޯރުކޮށްފައި ކަމަށް. އަލް ޝިޕާ ވަށައިގެންވާ ސަރަހައްދުތަކުގައި ވެސް ހަތިޔާރާއި އެކީ ޔަހޫދީ ސިފައިން ހަރަކާތްތެރި ވަމުންދާ ކަމަށާއި ބައެއް އިމާރާތްތަކާއި އުޅަނދުތައް ވެސް ބަލާ ފާސްކުރަމުންދާ ކަމަށް އޭނާ ވަނީ ބުނެފަ.

14:14

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ޝިފާ ހޮސްޕިޓަލް ތެރޭގައި އަދިވެސް އޮޕަރޭޝަން ކުރިއަށްދާ ކަމަށް. އަދި އެ ސަރަހައްދުގައި އުޅުނު މުޖާހިދުންތަކެއް ޝަހީދުކޮށްލާފައިވާނެ ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވޭ.

މީގެއިތުރުން ހާން ޔޫނުސްގެ އަލް-އަމާލްސް އަދި އަލް-ގަރާރާ ސަރަހައްދުން ވެސް މުޖާހިދުންތަކެއް ޝަހީދުކޮށްލައި ހަތިޔާރު ހޯދާފައިވާ ކަމަށް އިސްރާއީލުން ބުނޭ.

12:39

އިސްރާއީލަށް އަމާޒުކޮށް ލުބުނާނުން ފޮނުވާލި ހަމަލާ.

12:37

ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ މުޖާހިދުން ދިން ހަމަލާތަކެއްގައި އިސްރާއީލްގެ މީހަކު މަރާލައިފި.

11:53

އިސްރާއީލްގެ އުތުރުގެ ސަރަހައްދުގައި ސައިރެންޑްގެ އަޑު އެބަ އިވޭ. އިސްރާއީލްގެ ޗެނަލް 12 އިން ރިޕޯޓު ކުރާ ގޮތުގައި 30 އަށް ވުރެ ގިނަ ރޮކެޓް ވަނީ އެ ސަރަހައްދަށް ފޮނުވާލާފައި. އެ ރޮކެޓްތައް ފޮނުވާލީ ލުބުނާނުން. ބައެއް ރޮކެޓްތައް ނައްތާލީ އެއާ ޑިފެންސް ސިސްޓަމް ބޭނުންކޮށްގެން.

11:47

ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އުރުދުންގައި ކުރިއަށްދާ މުޒާހަރާ.

11:47

އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން އަށް ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ ނުވަ މީހުން ޝަހީދުކޮށްލައިފި. މި ހަމަލާގައި ނުވަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނޭ.

11:45

ލުބުނާންގެ އިމަޖެންސީ ސެންޓަރަށް ދިން ހަމަލާގެ ބަދަލު ހިފާނެ ކަމަށް ހިޒްބުﷲ އިން ބުނެފި.

11:07

އުރުދުންގައި ހުންނަ އިސްރާއީލްގެ އެމްބަސީ ކައިރީގައި މުޒާހަރާ ކުރާ މީހުން ފަހަތަށް ޖައްސައިފި.

11:02

އިސްރާއީލުން ހުޅަނގު އައްސޭރީގައި ރޭ ހިންގި ޖަރީމާއެއްގައި ފަލަސްތީނުގެ 19 އަހަރުގެ ޒުވާނަކު ޝަހީދުކޮށްލައިފި.

10:58

އިސްރާއީލުން ލުބުނާންގެ ދެކުނުގެ ސަރަހައްދަށް ބޮން އަޅައި ހަތް މީހަކު ޝަހީދުކޮށްލައިފި.

10:55

އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކުރާ ގޮތުގައި ހަމާސްގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑަރު މަރްވާން އިސާ ވަނީ ޝަހީދުކޮށްލާފައި. އޭނާ ޝަހީދުކޮށްލީ މި މަހުގެ ކުރީކޮޅުގައި ކަމަށް އިސްރާއީލް ސިފައިން ބުނެފައިވޭ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާގައި ޓެންޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް ވެސް ހަމަލާތައް ދޭން ފަށައިފިއެވެ. އެގޮތުން އިސްރާއީލް އަސްކަރިއްޔާ އިން ވަނީ ޣައްޒާގައި ހުންނަ އަލް-މަވާސީ ސަރަހައްދަށް ހަމަލާ ދީ 12 މީހަކު ޝަހީދުކޮށްލައިފައެވެ.

އެ ސަރަހައްދުގައި ތިބި މީހުންނަކީ ހިޔާވަހިކަން ހޯދައިގެން ޓެންޓުތަކެއްގެ ތެރޭގައި ތިބި ބައެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އޭގެ އިތުރުން، އިސްރާއީލްގެ ވެހިކަލްތައް މިހާރު ވަނީ ހާން ޔޫނުސްގައި ހުންނަ ނާސިރް ހޮސްޕިޓަލް ވަށާލައިފައެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނެފައި ވަނީ އިސްރާއީލުން އެ ސަރަހައްދުގައި ހަމަލާތައް ދިން ނަމަވެސް އެއްވެސް ރެއިޑެއް ނުކުރާ ކަމަށެވެ.

މި ލައިވް ބްލޮގްގައި ގެނެސްދޭނީ ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އާއި އެއާ ގުޅިގެން ހިނގާ ކަންތައްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒީމާން

    ފަލަސްޠީނުގެ ޣައްޒާގެ ބޮޑު ބައެއް ބިމާއި ހަމަ ކޮށް އެތައްހާސް ރައްޔިތުން ޤަތުލު ކުރުމަށްފަހު މިހާރު ފެށިގެން އެދަނީ ދެން އޮތް ރަށް ބިމާއި ހަމަކޮށް އެތައްހާސް ރައްޔިތުން ޤަތުލު ކުރުމުގެ މަސައްކަތް. ރަށަކަށްފަހު ރަށެއް. ބަލަހައްޓައިގެން ތިބުން ފިޔަވައި މުސްލިމް ޤައުމުތަކަށް ކުރެވޭ އެއްވެސް ކަމެއް ނެތް. މުސްލިމްޤައުމު ތަކުގެ އެންމެ މުއްސަނދި ޤައުމު ސަޢޫދީ ޢަރަބިއާ އޮތީ ޣައިރު މުސްލިމް ޤައުމުތަކުގެ އަތްދަށުލާ އަނގައިން ބުނަން ނުކެރޭވަރަށް ނިކަމެތި ކޮށްލާފައި. މިއީ މިއަދުގެ މުސްލިމުންގެ ޙާލަތަކީ.