ޕަޕުއާ ނިއު ގިނީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ބިންހެލުންތައް މޮނިޓަރ ކުރަމުން އަންނަ އިންޑިއާގެ އިދާރާއަކުން ބުނި ގޮތުގައި ބިންހެލުން އައިސްފައިވަނީ ޕަޕުއާ ނިއުގިނީގެ ބްރިޓެއިން ސަރަހައްދަށެވެ.

މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 6.5 ބާރުމިނުގައި ކަނޑުގެ 98 ކިލޯ މީޓަރު އަޑިން ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ބިންހެލުމާއި ގުޅިގެން އިތުރު މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު