23:05

މި ދިޔަ ހަފްތާ ބަންދުގައި އިރާނުން އިސްރާއީލަށް ދިން ކުއްލި ހަމަލާގެ ސަބަބުން އިރާނަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އިން ނިންމައިފި

23:04

ޣައްޒާ އާއި އިންވެގެން އޮންނަ ސަރަހައްދުތައް އާރާސްތު ކޮށް ތަރައްގީ ކުރަން އިސްރާއީލުން ބޮޑު ހަރަދެއް ކުރަން ނިންމައިފި

22:14

ޔަހުދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ދުނިޔޭގެ އެހެން ގައުމުތަކުގެ ފިއްތުންތަކަށް ނުބަލާނެ ކަމަށް ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި

21:27

މިދިޔަ ހަފްތާ ބަންދުގައި އިރާނުން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާ ހުއްޓުވަން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއް ހިނގި ކަމަށް ރިޕޯޓުތައް ބުނެފި

20:02

އިސްރާއީލުގެ އާމި ބޭސްއެއް ހުންނަ އަރަބި އަލް އަރަމްޝޭއަށް ލުބްނާނުން ދިން ހަމަލާގައި ޒަހަމްވި އިސްރާއީލް މީހުންގެ އަދަދު މިހާރު 18 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 6 މީހަކަަށް ސީރިއަސް ޒަހަމްތަކެއް ލިބުނު ކަމަށް ރިޕޯޓްތައް ބުނެފި.

19:22

އިރާނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އިސްރާއީލުން ގިނަ ގައުމުތަކެއްގައި އެދިއްޖެ

19:19

ޣައްޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރީގެ ތިން މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް މިއަހަރުގެ ނިޔަލަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދއިން 2.8 ބިލިއަން ޑޮލަރުގެ އެހީއަށް އެދިއްޖެ.

19:19

އީރާނުން ދިން ހަމަލާއަށް ފަހު އެންމެ ފަހުން އިސްރާއީލުން އަމިއްލައަށް ނިންމުންތައް ނިންމާނެ ކަމަށް ބޭރުގެ ސަފީރުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި ނަތަންޔާހޫ ބުނެފި.

18:39

އަރަބި އަލް އަރަމްޝޭއަށް ލުބްނާނުން ދިން ހަމަލާގައި ޒަހަމްވި އިސްރާއީލް މީހުންގެ އަދަދު މިހާރު 18 އަށް އަރައިފި.

18:38

އިސްރާއީލުގެ ލީޑަރު ބެންޖަމިން ނަތަންޔަހޫ ވަނީ ޣައްޒާގެ ސަރަހައްދުތަކަށް ހަ މަސް ދުވަހުގެ ހަނގުރާމައަށް ފަހު ކާރިސާއާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ކުށްވެރިކޮށްފައި.

ނަތަންޔާހޫގެ އޮފީހުން ބުނީ ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ވާހަކަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ދައްކަމުންދާ ވާހަކަތައް ނަތަންޔާހޫ ދޮގުކުރާ ކަމަށް.

އދ.ގެ އެހީތެރިކަމާއެކު މިދިޔަ މަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ މާޗް މަހުގެ މެދުތެރެއިން ފެށިގެން މެއި މަހާ ދެމެދު ކޮންމެ ވަގުތެއްގައި ވެސް ޣައްޒާގެ އުތުރުގައި ކާރިސާގެ އަސަރު ކުރާނެ ކަމަށާއި ޣައްޒާގެ 2.3 މިލިއަން އާބާދީގެ 70 ޕަސެންޓަށް ވުރެ ގިނަ މީހުންނަށް "ނުރައްކާތެރި ބަނޑުހައިހޫނުކަމާ" ކުރިމަތިލާން ޖެހިފައިވާ ކަމަށް.

18:36

ލުބުނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ އައިތާ އަލް ޝައްބަށް ހަމަލާދިނުމުގެ އިތުރުން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ދެކުނުގެ އަވަށްތައް ކަމަށްވާ ޔާރިން އާއި ނަކުއޯރާއަށް ވައިގެ ހަމަލާތަކެއް ދީފައި

އިސްރާއީލުގެ އަސްކަރިއްޔާއާއި ހިޒްބުاللهއާ ދެމެދު މިއަދު ހެނދުނު ބޯޑަރު ހުރަސްކޮށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން މި ހަމަލާތައް ދެމުން އަންނައިރު، އެއިން ކޮންމެ ހަމަލާއެއްގައި ބޯޑަރުގެ ދެފަރާތުގައި ހުރި އަސްކަރީ ތަންތަނަށް އަމާޒު ކުރާނެ ކަމަށް ބުނެފައިވޭ.

17:28

ލުބުނާނުން ފޮނުވާލި މިސައިލް އަދި ޑްރޯން ހަމަލާއެއް ލުބުނާނު ބޯޑަރު ކައިރީ އިސްރާއީލުން ވެރިވެގެން ދިރިއުޅެމުން އަންނަ ކުޑަ އަވަށެއް ކަމަށްވާ އަރަބި އަލް އަރަމްޝޭގެ އިމާރާތަކަށާއި އަދި އަސްކަރީ އުޅަނދަކަށް އަމާޒުވި ހަމަލާގައި ޒަހަމްވި ނިރުބަވެރިންގެ އަދަދު 13 އަށް އަރާއިރު، އޭގެ ތެރޭގައި 4 މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެފި.

17:19

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހަމަލާތައް ވަރުގަދަކޮށްފައިވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިން ބުނެފައި.

ހާއްސަކޮށް ނުސީރަތު ރެފިއުޖީ ކޭމްޕްގެ ގިނަ ސަރަހައްދުތަކުގައި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓްތައް ބުނޭ.

ދާދި ފަހުން ގާއިމުކުރި ކޮރިޑޯ [ކޭމްޕާ އިދިކޮޅަށް] ކައިރީގައި އަދިވެސް ހަމަލާތަކާއި ކުރިމަތިލުންތައް ދަނީ ހިނގަމުން.

މީހުން ދިރިއުޅޭ ގެތަކަށް ހަމަލާދީ ދަނޑުބިންތަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތައް ދެމުންދާތީ އަބަދުވެސް ބޮމުގެ ހަމަލާތައް އިވެމުން އަންނަ ކަމަށް ރައްޔިތުން ބުނާ ކަމަށްވެސް ރިޕޯޓްތައް ބުނޭ.

17:16

އިސްރާއީލުން ވެރިވެގެން ދިރިއުޅެމުން އަންނަ ކުޑަ އަވަށެއް ކަމަށްވާ އަރަބި އަލް އަރަމްޝޭއަށް ހިޒްބުﷲ އިން ހަމަލާ ދީފައި ވަނީ އީރާނުން އުފައްދާފައިވާ އަބާބިލް ދެ ޑްރޯން ބޭނުންކޮށްގެން. ހިޒްބުﷲ މިއަށް ދީފައިވާ ނަމަކީ މެރްސަދު 1.

17:13

ލުބުނާނުން ފޮނުވާލި މިސައިލް އަދި ޑްރޯން ހަމަލާއެއް ލުބުނާނު ބޯޑަރު ކައިރީ އިސްރާއީލުން ވެރިވެގެން ދިރިއުޅެމުން އަންނަ ކުޑަ އަވަށެއް ކަމަށްވާ އަރަބި އަލް އަރަމްޝޭގެ އިމާރާތަކަށާއި އަދި އަސްކަރީ އުޅަނދަކަށް އަމާޒުވި ހަމަލާގައި ޒަހަމްވި ނިރުބަވެރިންގެ އަދަދު 13 އަށް އަރައިފި.

17:10

ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ލީޑަރު އިސްމާއިލް ހަނިއްޔާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ މަޝްވަރާ ކުރެއްވުމަށް މި ހަފުތާ ބަންދުގައި ތުރުކީއަށް ވަޑައިގަންނަވާނެ ކަމަށް ބްރޯޑްކާސްޓަރު އެންޓީވީން ބުނެފި.

16:50

ލުބުނާނުން ފޮނުވާލި މިސައިލް އަދި ޑްރޯން ހަމަލާއެއް ލުބުނާނު ބޯޑަރު ކައިރީ އިސްރާއީލުން ވެރިވެގެން ދިރިއުޅެމުން އަންނަ ކުޑަ އަވަށެއް ކަމަށްވާ އަރަބި އަލް އަރަމްޝޭގެ އިމާރާތަކަށާއި އަދި އަސްކަރީ އުޅަނދަކަށް އަމާޒުވެ ނިރުބަވެރިންގެ 8 މީހަކު ޒަހަމްވެފައިވާކަމަށް އިސްރާއީލު މީޑިއާ ތަކުން ރިޕޯޓްކޮށްފި

16:44

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމާއި ގައިދީން ދޫކޮށްލުމާ ގުޅޭ މަޝްވަރާތައް މިހާރު އޮތީ ނާޒުކު މަރުހަލާއެއްގައި ކަމަށް ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ ވިދާޅުވެއްޖެ.

16:35

ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 33،899 އަށް އަރައިފި.

16:32

ލުބުނާނުން ފޮނުވާލި މިސައިލް އަދި ޑްރޯން ހަމަލާއެއް ލުބުނާނު ބޯޑަރު ކައިރީ އިސްރާއީލުން ވެރިވެގެން ދިރިއުޅެމުން އަންނަ ކުޑަ އަވަށެއް ކަމަށްވާ އަރަބި އަލް އަރަމްޝޭގެ ބިލްޑިންގް އަކަށް އަދި އަސްކަރީ އުޅަނދަކަށް އަމާޒުވެ ނިރުބަވެރިންގެ 8 މީހަކު ޒަހަމްވެފައިވާކަމަށް އިސްރާއީލު މީޑިއާ ތަކުން ރިޕޯޓްކޮށްފި.

އަލްމަޔަދީން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުރަތަމަ ހަމަލާ އަމާޒުވީ އެ ބިލްޑިންގް ކައިރީގައި އޮތް ނިރުބަވެރިންގެ އަސްކަރީ އުޅަނދަކަށް. އެ ހަމަލާދޭން ބޭނުންކޮށްފައި ވަނީ ޑްރޯން އެއް.

ދެވަނަ ހަމަލާ އަމާޒުވެފައިވަނީ ނިރުބަވެރިންގެ އަސްކަރީ ސިފައިން ސްޓޭޝަން ވެގެން ތިބި ބިލްޑިންގްއަށް. މި ހަމަލާ ދީފައިވަނީ ބަރު ކެލިބާރގެ ގައިޑެޑް މިސައިލް ބޭނުންކޮށްގެން.

ލުބުނާނުން ޖެހި ޖެހިގެން ފޮނުވާލި ދެ ހަމަލާ ހުއްޓުވަން އެހިސާބުގަ އިން އަޔަންޑޯމް އެކްޓިވޭޓް ނުވާކަމަށް ރިޕޯޓްތައް ލިބޭ، އަދީ ހަމަލާ އެރި ގަޑީގައި ނިރުބަވެރިންގެ މިސައިލް ސައިރެންވެސް ނާޅާކަން ދައުރުވަމުންދާ ވީޑިއޯ ފޫޓޭޖް އިން އިނގޭ.

 

15:08

އިޒްރޭލުން އިރާނަށް ހަމަލާދީ ބަދަލު ހިފާނެ ކަމުގެ ބިރު މުޅި ދުނިޔެއަށް ބޮޑުވެފައިވާއިރު، އީރާނުގެ ކަނޑުގެ އަސްކަރިއްޔާއިން އީރާނުގެ ވިޔަފާރީގެ އުޅަނދުތައް ރަތް ކަނޑުގެ ސަރަހައްދުން ރައްކާތެރިކަމާއި އެކީ ދަތުރުކުރުމަށް އެހީވަމުންދާ ކަމަށް އިރާނުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު ޝަހްރާމް އިރާނީ ވިދާޅުވެއްޖެ.

"އީރާނުގެ ވިޔަފާރީގެ އުޅަނދުތައް ރަތް ކަނޑުގެ ސަރަހައްދަށް ގެންދިއުމަށް ނޭވީން މިޝަނެއް ހިންގަމުން އަންނަ އިރު، މި ވިސްނުމުގައި އަޅުގަނޑުމެންގެ ޖަމަރަން ފްރިގޭޓް ގަލްފް އޮފް އެޑަންގައި އެބަހުރި،" އިރާނީ އާ ހަވާލާދީ ތަސްނީމް ނިއުސް އެޖެންސީން ބުނެފައިވޭ.

އަދި އެހެން ގައުމުތަކުގެ އުޅަނދުތައް ރަތް ކަނޑުގައި ދަތުރުކުރާ އިރު އެސްކޯޓް ކުރަން ތެހެރާން އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި.

އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އީރާނުން ދިން ހަމަލާއަށް އިޒްރޭލުން ބަދަލު ހިފުމަށް ތައްޔާރުވަމުން އަންނައިރު، އިޒްރޭލުގެ ހަނގުރާމައިގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް މިއަދު އަނެއްކާވެސް ވަނީ ބާއްވާފަ.

ޔަމަނުގައި ހަރަކާތްތެރިވާ އީރާނަށް ވަފާތެރި ހޫތީ ޖަމާއަތުން އިސްރާއީލާ ގުޅުން ހުރި މުދާ އުފުލާ އުޅަނދުތަކަށް ރަތް ކަނޑުގައި ދޭ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވޭ.

14:46

ގައިދީން މިނިވަން ކުރުމަކީ އެންމެ ބޮޑު އިސްކަމެއް ދޭ ކަން ކަމަށް ހަމާސް އިން ބުނެފި

މިއަދަކީ ފަލަސްޠީނުގެ ޤައިދީން މިނިވަންކޮށް އެމީހުންގެ ޙައްޤުތަކަށް ތާއީދުކުރާކަން ހާމަކުރުމަށް ޚާއްޞަކޮށްފައިވާ ޤައުމީ ދުވަހެއް.

މިދުވަސް ފާހަގަކުރުމުގެ ގޮތުން ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމާއަތުން އެންމެ އިސްކަމެއް މިހާރުދެނީ އިސްރާއީލުގެ ޖަލުތަކުން ފަލަސްތީނުގެ ގައިދީން މިނިވަން ކުރުމަށް ކަމަށް.

 

ހަމާސް އިން ބުނީ ޖަލުތަކާއި ޑިޓެންޝަން ސެންޓަރުތަކުގެ ތެރޭގައި ގައިދީންނާ ދެކޮޅަށް ހިންގާ އެންމެ ބޮޑު ޖަރީމާތަކުގެ ތެރޭގައި ބޭސްފަރުވާގެ އިހުމާލާއި އަނިޔާ ކުރުމާއި ސީދާ މީހުން މެރުން ފަދަ ޖަރީމާތައް ޔަހޫދީ އިސްރާއީލުން ކުރަމުން އަންނަ ކަމަށް.

އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުޅަނގު އައްސޭރީގައި ބަންދުކޮށްފައިވާ އެތައް ހާސް މީހުންގެ ފުރާނައާއި ސަލާމަތާއި ރައްކާތެރިކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ އިސްރާއީލުން ކަމަށް އެ ބަޔާނުގައި ބުނެފައިވޭ.

ޔަހޫދީން މިހާރު ވެސް ދަނީ ކޮންމެ ދުވަހަކު ވެސް ފަލަސްތީނުގެ އެތައް ރައްޔިތުން ހައްޔަރުކުރަމުން.

13:46

ޣައްޒާގައި މަރުވި މީހުންގެ އަދަދު 33،899 އަށް އަރައިފި!

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަ މަސް ވަންދެން ކުރި ހަނގުރާމައިގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 33،899 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 56 މީހަކު ޝަހީދުވެ، 89 މީހުން ޒަޚަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނޭ.

ޔަހޫދީން ކެނޑިނޭޅި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 76،664 މީހުން ވަނީ ޒަހަމްވެފަ.

މަރުވި މީހުންގެ ތެރޭގައި 14،520 އަށް ވުރެ ގިނަ ކުޑަކުދިންނާއި 10،000 އަންހެނުން ހިމެނޭ. އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓުނު އިމާރާތްތަކުގެ ތެރޭގައި އެތައް ހާސް ބައެއްގެ ހަށިގަނޑު ވަޅުލެވިފައި ވުމުން މަރުވި މީހުންގެ އަދަދު މިއަށްވުރެ މާ ބޮޑު ވާނެ ކަމަށް ބެލެވޭކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނޭ.

13:42

މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ އަނިޔާވެރި ހަމަލާތަކަށް 6 މަސް ފުރިފައިވާ އިރު ޣައްޒާގައި ހަމަލާތަކުގެ ސަބަބުން ޒަހަމްވެފައިވާ 76.465 މީހުން އެބަ ތިބި ކަމަށް ފަލަސްތީނުގެ ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފި.

އަދި ހަލާކުވެފައިވާ ޣައްޒާގެ ސިއްހީ ނިޒާމަށް މި ހުރިހާ ރައްޔިތުންނަށް އެންމެ ރަނގަޅު ފަރުވާ ދޭން ނުކުޅެދިފައިވާ ކަމަށް ވެސް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނޭ.

13:27

ޣައްޒާގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ޣައްޒާގެ ބޭރުން އެހެން ގައުމެއްގައި ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ފަލަސްތީނުގެ ޣައްޒާގެ ހެލްތް މިނިސްޓްރީން އެދެފި

13:09

ލުބުނާނުން ދިން ހަ ރޮކެޓް ހަމަލާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފި.

13:08

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ އިއްޔެ އެކަނި ވެސް ޣައްޒާގެ 40 ތަނަކަށް ހަމަލާ ދީފައިވާ ކަމަށް. އެ ހަމަލާތައް ދީފައި ވަނީ ވައިގެ މަގުން ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވޭ.

މި ހަމަލާތައް ދިނީ ބިމު އަޑީގައި ހަދާފައި ހުންނަ ލޯންޗިން ޕޯސްޓުތަކާއި ބޫބީ ޓްރެޕްޑް ސްޓްރަކްޗާތަކާއި އޮބްޒަވޭޝަން ޕޯސްޓުތަކާއި ރޮކެޓް ލޯންޗާސްތަކަށް ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވޭ.

މި ހަމަލާތަކާއި އިސްރާއީލްގެ ސްނައިޕަރުން ދިން ހަމަލާތަކުގައި ބައެއް މުޖާހިދުން ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެފައިވޭ.

13:05

އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ތަޖާނީ ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ އޮޕަރޭޝަން ހުއްޓާލުމަށް ގޮވާލައްވާފައި.

13:01

އިސްރާއީލުން ހިފައިގެން އުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ހަމާސްގެ މުޖާހިދުން އަދިވެސް ރޮކެޓް ހަމަލާތައް ދަނީ ދެމުން. އެގޮތުން އިސްރާއީލްގެ ދެކުނަށް ދެ މިސައިލެއް އިއްޔެ ފޮނުވާލާފައިވޭ. މި މިސައިލްތައް ވެއްޓިފައި ވަނީ ހުސް ބިންތަކަށް. އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާއިރު، އިމާރާތަކަށް ވެސް ގެއްލުމެއް ނުލިބޭ.

ޣައްޒާގެ މެދު ތެރޭގައި އަދިވެސް އިސްރާއީލް ސިފައިންނާއި ހަމާސްގެ މުޖާހިދުންނާ ދެމެދު ދަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުން. މޮނިޓަރިން ގްރޫޕްތަކުން ބުނާ ގޮތުގައި ޣައްޒާގެ ދެކުނާއި އުތުރުން މުޖާހިދުން ވަނީ ޣައްޒާގެ މެދުތެރެއަށް ވަދެގެންފައި.

12:57

ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކުން ހަ މިސައިލެއް މިއަދު ހެނދުނު އިސްރާއީލްގެ އުތުރަށް ފޮނުވާލާފައިވޭ. އެހެންވެ، އުތުރުގެ ސަރަހައްދުގައި ސައިރަންގެ އަޑު ވެސް އިވިފައިވޭ.

 

10:13

އިސްރާއީލު ވައިގެ އަސްކަރިއްޔާގެ ޙާއްސަ ބާރުގެ ޔުނިޓެއް ކަމުގައިވާ ޝަލްޑަގްގެ އެކަކު އުތުރު ޢައްޒާގައި މުޖާހިދުންނާ ދެކޮޅަށް ހަމަލާ ބަދަލު ކުރުން ތަކުގައި ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ނިރުބަވެރިން އިއުލާނުކޮށްފި.

08:58

އިސްރާއީލްގެ ސަލާމަތީ ބާރުތަކުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުރި ފަލަސްތީނުގެ ރައްޔިތުންތަކެއްގެ ގެތަކެއް ބިމާހަމަކޮށްލައިފި. ހެބްރުން ސިޓީގައި އިސްރާއީލް ސިފައިން މި އަމަލު ހިންގާ ވީޑިއޯ ފޫޓޭޖް މިހާރު ދަނީ މީސް މީޑިއާގައި ދައުރުވަމުން.

08:55

އިސްރާއީލުން ރޭގައި ރަފަހަށް ބޮން އަޅާފައި.

08:54

ޣައްޒާ ސިޓީ އަށް ބޮން އަޅައި ފަލަސްތީނުގެ ދެ ރައްޔިތަކު ޝަހީދުކޮށްލައިފި. ނުވަ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވޭ. ވަފާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޮން އަޅާފައި ވަނީ ޝުޖައްޔާ އަވަށަށް.

އިސްރާއީލް ސިފައިން ވަީ ވައިގެ މަގުން އަލް-ދީން މަގަށާއި ޒެއިތޫން އަވަށަށާއިއަބޫ ބަކްރް އަސް-ސިއްދީގް މިސްކިތަށް ވެސް މީގެކުރިން ހަމަލާ ދީފައި.

08:51

ޔަމަންގެ ހޫތީ ހަނގުރާމަވެރިންގެ ދެ ޑްރޯނެއް ހަލާކުކޮށްލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފި. އެ ދެ ޑްރޯން ހަލާކު ކުރީ ހޫތީ ހަނގުރާމަވެރިން ކޮންޓްރޯލް ކުރަމުން އަންނަ ޔަމަން ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައިވޭ.

 

************************

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހުރި ދެ ރެފިއުޖީ ކޭމްޕަކަށް ހަމަލާދީ ފަލަސްތީނުގެ ރައްޔިތުންތަކެއް ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުން އެންމެ ފަހުން ހަމަލާ ދިން އެއް ރެފިއުޖީ ކޭމްޕަކީ މަގާޒީ ރެފިއުޖީ ކޭމްޕެވެ. ވައިގެ މަގުން ދިން މި ހަމަލާގައި ފަލަސްތީނުގެ 11 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. ޣައްޒާގެ މެދު ތެރޭގައި ހުންނަ މަގާޒީ ރެފިއުޖީ ކޭމްޕަކީ އިސްރާއީލުން ތަކުރާރުކޮށް ހަމަލާދެމުން އަންނަ އެއް ކޭމްޕެވެ.

ޔަހޫދީ އިސްރާއީލުން ވަނީ ރަފަހުގައި ހުންނަ ޔަބްނާ ރެފިއުޖީ ކޭމްޕްގައި ހުރި ގެއަކަށް ވެސް ހަމަލާ ދީފައެވެ. އިސްރާއީލްގެ ޖެޓެއް ދިން ވައިގެ ހަމަލާގައި ފަލަސްތީނުގެ ހަތް ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެއެވެ.

މި ލައިވް ބްލޮގްގައި ގެނެސްދޭނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އާއި މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމެވެ.