އިރާނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އިސްރާއީލުން ގިނަ ގައުމުތަކެއްގައި އެދިއްޖެއެވެ.

އިރާނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އިސްރާއީލުން ވާނީ 32 ގައުމަކާއި ވާހަކަ ދައްކައި، އެދިފައި ކަމަށް އިސްރާއީލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނެފައިވެއެވެ. އިރާނާއި ދެކޮޅަށް ފިޔަވަޅު އަޅަން އިސްރާއީލުން ގައުމުތަކުގައި އެދިފައި މިވަނީ އިރާނުން އިސްރާއީލަށް ދިން ބަދަލު ހަމަލާ އާއި ގުޅިގެންނެވެ.

300 އަށް ވުރެ ގިނަ ޑްރޯނާއި، ކްރޫސް މިސައިލާއި، ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އިރާނުން މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލަށް ހަމަލާ ދީފައިވަނީ އިސްރާއީލުން ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް ހަމަލާދީ އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ގުދުސް ފޯސްގެ ދެ ކޮމާންޑަރުންނާއި ސިފައިންތަކެއް މަރާލުމާއި ގުޅިގެންނެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓަރު ކަޓްޒް ބުނެފައިވަނީ އަސްކަރީ ރައްދެއްގެ އިތުރުން އިރާނާއި ދެކޮޅަށް ޑިޕްލޮމެޓިކް ހަމަލާ އެއްވެސް ދެނީ ކަމުގައެވެ.

"އިސްރާއީލަށް މިސައިލްތަކާއި ޑްރޯން ހަމަލާތައް ދިނުމުގެ އަސްކަރީ ރައްދަކާއި އެކު އިރާނާއި ދެކޮޅަށް ޑިޕްލޮމެޓިކް ހަމަލާއެއް އަހަރެން މިގެންދަނީ ކުރިއަށް." ކަޓްޒް ބުނެފައި ވެއެވެ.

"މިއަދު ހެނދުނު އަހަރެން ވާނީ 32 ގައުމަކަށް ސިޓީ ފޮނުވައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފޮރިން މިނިސްޓަރުންނާއި އިސްވެރިންނާއި ވާހަކަ ދައްކާފައި އިރާނު ބަލިކަށި ކޮށްލުމުގެ ގޮތުން އިރާނުގެ މިސައިލް ޕްރޮޖެކްޓާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އަކީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް." ކަޓްޒް ބުނެފައި ވެއެވެ.

އިރާނާއި ދެކޮޅަށް ފިޔަވަޅު އަޅަން އެދިފައިވަނީ ކޮން ސަރުކާރުތަކެއްގައި ކަމެއް ކަޓްޒް ހާމަކޮށްފައެއް ނުވެއެވެ.

"މާ ލަސް ވުމުގެ ކުރިން އިރާން ހުއްޓުވަން ޖެހޭ." ކަޓްޒް އިތުރަށް ބުނެފައި ވެއެވެ.

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް އަސްކަރިއްޔާ އަކީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި އެމެރިކާއިން މިހާރުވެސް ބްލެކްލިސްޓު ކޮށްފައިވާ އިރު، އީޔޫ އިން އޮންނަނީ އެ ފަރާތާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

މެދު އިރުމަތީގެ މަސްރަހު އިތުރަށް ހޫނު ނުކުރަން ބައިނަލް އަގުވާމީ ޖަމާއަތްތަކުން ގޮވާލަމުން ދާއިރު، އިރާނުގެ ހަމަލާގެ ބަދަލު ހިފާނެ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސެން

    ޖޯކު

  2. ތޯހިރު

    ފުރަތަމަ ތި ގޮލާތަށް މައިތިރި ކުރަންވީ އޭރުން އެ ނިމުނީ ..

    10
  3. އަހަންމަދު ބޮޑޭ

    އެންމެ ލޮޓިއަކުން ތިޔަތެޅެނީ ނޭފަތު ކުރިއަށް ފެންއަރައިގެން.

    10
  4. Anonymous

    ޖާއްބާރު ނުލަފާ ޔަހޫދިން ފަލަސްތީން ރައްޔިތުން މަރަމުން ދާއިރު ތިނުނާ 30 ގައުމު އޮތީ ލޯކަނުވެފަތަ
    ޔަހުދީން ވޭންދެނިވި ގޮތަކަށް ނެތިކުރައްވާށި

    15
  5. ބޮޑުވަރު

    މިމީހުން ބޭނުން ވީމަ ބޭނުން މީހަކަށް ބޭނުން ތަނަކަށް ހަމަލާ ދެވޭ..އެޅޭ ފިޔަވަޅެއް އަމަލުކުރާ ގާނޫނެއް ގަވައިދެއް ނޯވޭ..އެހެން ބަޔަކު ކުރީމަ ބޮޑާހާކާފަ އުޅޭ ގޮތެއް ދޯ.. ކަންކަން ހަޖަމު ނުވާ ބައިގަނޑެއް މިނޫނީ ނޫޅޭނެ..އެހެން މީހުންގެ ފަރާތުން ހަމަ ކުޑަވެސް ގެއްލުމެއް ލިބޭއިރަށް އައްޕައާއި އަންމައާއި ބޮޑުބޭބެތައް ކައިރީގަ ދެފައި ތަޅާފަ ރޮއެ ހޭރެނީ..

    11
    • ސަންފަ

      ޢެމެރިކާ އިނގިރޭސި ފްރާންސް އިޒްރޭލަށް ވާގިވެރި ވެގެން ކުރުވާ ކަމެއް ފަލަސްތީނަށް ހަމަލާ ދިނުމަކީ
      ބައިލައްކައެއްހާ މީހުން މަރާލި އިރުވެސް އެތިބެނީ ހަމަ އަޅާވެސް ނުލާ

  6. ހުސޭނުބޭ

    ލަދުހަޔާތްކުޑް އިބިލީސްތަކެއް. ބަލަގަ އެންމެ ފުރަތަމަ ފިޔަވަޅުއަޅަންޖެހޭނީ އެމްބަސީތަކަށް ބޮންއަޅާ މީހުންނަށް.

    12
  7. ރެކިފުތާ

    ޓެރަރިސްޓް ޖަމާއަތަކުން އެހެންބަޔަކައް ފިޔަވަޅު އަޅަންގޮވާނީ ކުރިމަތިލާން ނުކެރޭތީ. އެހެން ނޫނަސް ރަސްގެފާނު އެމެރިކާއަކީ އެކަނި ބަޔަކާ ކުރިމަތިލާން ކެރޭވަރައްވުރެ ފިނޑިބައެއް.