23:21

ތުލްކަރޭމްގައި ހުންނަ ނޫރު ޝާމްސް ރެފިއުޖީ ކޭމްޕަށް އިސްރާއީލްގެ ހަރުކަށި އަސްކަރިއްޔާ ހަމަލާދީފި

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ތުލްކަރޭމްގައި ހުންނަ ނޫރު ޝަމްސްގެ ރެފިއުޖީ ކޭމްޕަށް އިސްރާއީލު ސިފައިން ވަދެ، އެ ކޭމްޕަށް ވަންނަ ދޮރުތަކުގެ އިތުރުން އެތަނަށް ވަންނަ މައި މަގުތައް ވެސް ބަންދުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ނިއުސް އެޖެންސީ ވަފާ އިން ރިޕޯޓްކުރޭ.

އިޒްރޭލު ސިފައިން އެ ކޭމްޕުގައި "ކާފިއު" ހިންގައި، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ވެހިކަލްތައް އެ ސަރަހައްދަށް ނުކުތުން ނުވަތަ ވަނުން މަނާކޮށްފައިވާ ކަމަށް ވަފާ ނިއުސް އިން ރިޕޯޓްކުރޭ.

އިސްރޭލުގެ އަސްކަރިއްޔާގެ ބުލްޑޯޒަރުން ކޭމްޕުގެ އުމްރާނީ ވަސީލަތްތަކާއި މަގުތައް ހަލާކުކޮށްލާފައިވާ ކަމަށާއި އިސްރާއީލް ސިފައިންނާއި ކޭމްޕުގެ ރައްޔިތުންނާ ދެމެދު މިހާރު ކުރިމަތިލުންތައް ހިނގަމުންދާ ކަމަށް ވެސް ވަފާ ނިއުސް އިން ރިޕޯޓްކުރޭ.

މި ހަމަ ނުޖެހުންތަކުގައި ފަލަސްތީނުގެ އެކަކަށް ވަނީ އަނިޔާވެފަ.

23:17

ފަލަސްތީނުގެ ދައުލަތަކީ ސުލްހައަށް ގެއްލުމެއް ނުދޭނެ ދައުލަތެއް ކަމަށް ފަލަސްތީނުން އދ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ބުނެފި.

ފަލަސްތީނުން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޒިޔާދު އަބޫ އަމްރު ވިދާޅުވީ ފަލަސްތީނަށް ސިޔާދަތީ މިނިވަން ދައުލަތެއް ދިނުމަކީ އަދުލު އިންސާފުގެ މައްޗަށް ބިނާވެފައިވާ ހަގީގީ ސުލްހައަށް މަގު ފަހިވެގެންދާނެ ކަމެއް ކަމަށް.

ސުލްހައިގެ ސަބަބުން މުޅި ސަރަހައްދަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށާއި ފަލަސްތީނުގެ ލީޑަޝިޕުން އަބަދުވެސް ޑިޕްލޮމެޓިކް ހައްލަކަށް ތާއީދުކުރާ ކަމަށް ސަފީރު ވިދާޅުވި.

"މި ބަލައިގަތުމާއި މި މެންބަރުކަމުގެ ސަބަބުން ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް ގެއްލުމެއް ލިބޭނީ ކިހިނަކުންތޯ؟،" ޔޫއެންއެސްސީގެ މެމްބަރުންނާ އޭނާ ސުވާލު ކުރެއްވި.

21:38

ފަލަސްތީނަށް އދ ގެ ދާއިމީ މެންބަރުކަން ދިނުމާއި އިސްރާއީލުން ދެކޮޅު ކަމަށް އެ ގައުމުން އދ އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ގިލަޑް އެރްޑަން ބުނެފި.

އދ ގެ އާންމު މަޖިލީހުން މި އަންނަ ހުކުރު ދުވަހުގައި ވަނީ ފަލަސްތީނަށް އދ ގެ ދާއިމީ މެންބަރު ކަން ދިނުމަށް އދ ގެ އެހެން މެންބަރު ގައުމުތަކުން ދެކޭ ގޮތެއް ބެލުމަށް ވޯޓަށް އަހަން ނިންމާފަ..

އޭނާ އިތުރަށް ބުނެފައިވަނީ ފަލަސްތީނުގެ ވެރިން ބޭނުން ވަނީ މި ވޯޓުގެ ސަބަބުން ސިޔާސީ މަންފާތަކެއް ހޯދަން ކަމަށާއި އެއްވެސް ހާލެއްގައި ފަލަސްތީނަށް ރަނގަޅު ގޮތް ހޯދަށް ނޫން ކަމަށެވެ. ފަލަސްތީނުގެ ބޮޑު ސަރަހައްދެން ކަމަށްވާ ޣައްޒާ ކޮންޓްރޯލް ކުރަނީ ޕަލަސްތީނުގައި ވެރި ކަށް ކުރާ ޕަލަސްތީނިއަން އެތޯރިޓީން ނޫން ކަމަށާއި އަދި ހުޅަނގު އައްސޭރީން ވެސް އެ އޮތޯރިޓީ އަށް ބޮޑުބައެއް ގެއްލިފައިވާ ކަމަށް.

އެހެން ވުމުން ފަލަސްތީނުގެ މެންބަރުޝިޕް ބަލައިގަންނާނީ ކޮން ހަމައަކުންތޯ ވެސް އޭނާ ވަނީ ސުވާލުކޮށްފަ.

21:06

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެގައުމުގެ ގޯލާނީ ބްރިގޭޑްގެ ސިފައިން ލުބުނާނުގެ ދެކުނުގައި އޮންނަ ހިޒްބުالله ޖަމާއަތުގެ އަމާޒުތަކަށް ހަމަލާތަކެއް ދީފައިވާކަމަށް.

ހަނގުރާމަވެރިން ތިބި އަސްކަރީ މަރުކަޒު ހުރި ސަރަހައްދު ފާސްކުރުމަށް ފަހު އިސްރާއީލު ސިފައިން ބުނަނީ ހަނގުރާމަވެރިންނަށް ހަމަލާދިނީ އެގައުމުގެ ވައިގެ ސިފައިން ކަމަށް

އިޒްރޭލުގެ އުތުރުގައި ފާއިތުވި ގަޑިއިރުގެ ތެރޭގައި ދެ ވައިގެ ހަމަލާގެ އެލާޓް ނެރެފި. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެއް އެލާމަކީ ދޮގު އެލާމެއް ކަމަށާއި އަނެއް އެލާމަކީ ލުބްނާނުގެ ދެކުނުން މަތިންދާ ބޯޓެއް ނުވަތަ ޑުރޯނެއް އުދުއްސާލުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް.

ހިޒްބުالله އާއި އިސްރާއީލުގެ އަސްކަރިއްޔާއިން އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ބަޑީގެ ހަމަލާތައްދެމުން ދަނީ ހަމާސް ޖަމާއަތުން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާތަކާއި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށިތާ އެއް ދުވަސް ފަހުން. ފަހަކަށް އައިސް ހަމަލާތަކުގެ ފްރިކުއެންސީ އާއި ސީރިއަސްކަން އިތުރުވެ، ސަރަހައްދީ ހަމަނުޖެހުން ބޮޑުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ.

19:29

ޣައްޒާގެ ރަފާހްއަށް އެރުމާއި ގުޅޭ ގޮތުން އެމެރިކާއާއި މަޝްވަރާ ކުރުމަށް އެމެރިކާގެ އޮފިޝަލުންނާއި އިސްރާއީލުގެ އޮފިޝަލުން ރަފާހުގައި ވާޗުއަލް ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކާއި ހަވާލާދީ ރޮއެޓާސް އިން ރިޕޯޓް ކޮށްފި.

19:28

ޣައްޒާގެ ޝިފާ ހޮސްޕިޓަލް ކުރިމަތިން އަނެއްކާ ވެސް ގިނަ ބައެއްގެ ގަބުރުސްތާނެއް ފެނިފައިވާ ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާއިން ރިޕޯޓް ކޮށްފި. އެ ރިޕޯޓްގައި ބުނާ ގޮތުގައި މިހާތަނަށް 12 މީހެއްގެ ހަށިގަނޑު ވަނީ އެތަނުން ފެނިފަ. އޭގެ ތެރެގައި އަންހެނުން ހިމެނޭ.

18:42

ޣައްޒާގެ މެދު ތެރޭގައި އޮންނަ މުޣަރަޤާ ސަރަހައްދުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލައިފި. ރިޕޯޓްތަކުން ބުނާ ގޮތުގައި އެމީހުން ޝަހީދުކޮށްލާފައިވަނީ ނިރުބަވެރި އިސްރާއީލް ސިފައިން ވައިގެ މަގުން ދިން ހަމަލާއެއްގައި މިއަދު ހެނދުނުގެ ވަގުތެއްގައި.

15:14

ދުނިޔޭގެ އެންމެ ބޮޑު ޓެކް ކުންފުނި ގޫގަލް އިން އިސްރާއީލާއެކު ހަދާފައިވާ ޕްރޮޖެކްޓް ނިމްބަސް އެއްބަސްވުމާ ދެކޮޅަށް ގޫގުލްގެ މުވައްޒަފުން އިހުތިޖާޖު ކުރަމުން އެބަދޭ

އެމެރިކާގެ ޓެކް ކުންފުނި ގޫގަލްގައި ފަލަސްތީނަށް ތާއީދުކުރާ އެ ކުންފުނީގެ މުވައްޒަފުން ކެލިފޯނިއާ އާއި ނިއު ޔޯކްގައި މުޒާހަރާކުރަމުން އެބަދޭ.

ޕްރޮޖެކްޓް ނިމްބަސްގެ ނަމުން ނަންދީފައިވާ އިސްރާއީލުގެ ސަރުކާރާއެކު އެކުންފުނިން ހަދާފައިވާ 1.2 ބިލިއަން ޑޮލަރުގެ އެއްބަސްވުން ބާތިލްކުރުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުން

14:58

އިރާނުގެ އެންމެ އިސް ޑިޕްލޮމެޓް ކަމަށްވާ އެ ގައުމުގެ ހާރިޖީ ވަޒީރު އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރައްވަން ތައްޔާރުވެއްޖެ.

14:29

ޣައްޒާގެ އެންމެ ބޮޑު ދަރިމައިވާ (ފާޓިލިޓީ) ކްލިނިކަށް އިސްރާއީލުން އެޅި އެންމެ ބޮމަކުން އެ ކްލިނިކްގައި ހުރި 4000 އަށް ވުރެ ގިނަ އެމްބްރިޔޯ ހަލާކު ވެއްޖެ.

14:28

ޔަހޫދީންގެ ދީނީ ޕާސްއޯވާ ޗުއްޓީއަށް ފަހު ނޫނީ ޔަަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން އީރާނަށް ހަމަލާނުދޭނެ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފި.

14:08

އިރާނުން ޔަހޫދީ އިސްރާއީލަށް ހަމަލާދިނުމުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަން އިން އީރާނަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ޔަހޫދީ އިސްރާއީލްގެ ހަރުކަށި ޚާރިޖީ ވަޒީރު ކާޓްޒް އެސްރެއެލް އީޔޫގެ ގައުމުތަކަށް ޝުކުރު އަދާކޮށްފި.

13:56

އިސްރާއީލުން ރޭގައި ދިން ހަމަލާއެއްގައި ސަލާމަތްވި ކުޑަ ކުއްޖެއް. އެ ކުއްޖާ އުފަންވިތާ އަދިވީ 20 ދުވަސް.

13:40

އީރާނުގެ އެންމެ އިސް ޑިޕްލޮމެޓް ކަމަށްވާ އެ ގައުމުގެ ހާރިޖީ ވަޒީރު އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރައްވައް ތައްޔާރުވެއްޖެ.

އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރުއަބްދޯލަހައިން އދ ގެ ހެޑް އޮފީސް ހުންނަ ނިއުޔޯކް ސިޓީއަށް މިހާރު ވަނީ ގޮސްފަ. އެމަނިކުފާނު އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރައްވާނީ އިސްރާއީލަށް އިރާނުން ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގައި ފުޅާ ހަނގުރާމައެއް ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާތީ އެކަންކަމާ ބެހޭ ގޮތުން.

އެމަނިކުފާނު ވިދާޅުވީ އދ ގެ އާންމު ބައްދަލުވުމުގައި ފަލަސްތީނުގެ މައްސަލައަށް އަލިއަޅުވާލާނެ ކަމަށާއި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހޫނުވާ ހިސާބަށް ގޮސްފައިވާ ކަމަށް. އަދި އެ ހަނގުރާމަ ޔަހޫދީން ވަގުތުން ހުއްޓާލަށް ޖެހޭ ކަމަށް.

 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިރާނުން ދިން ހަމަލާތަކުގެ ސަބަބުން މެދުއިރުމައްޗަށް އައި ހެޔޮ ބަދަލު އެ ސަރަހައްދުން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށެވެ. އަދި މިއީ މި ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްހަ އާއި އަމާންކަން ގާއިމުކުރުމަށް އީރާނުގެ ވިސްނުން ބަޔާންކުރަން ލިބޭ ފުރުސަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި.

13:11

ޕާސްއޯވާ ޗުއްޓީއަށް ފަހު ނޫނީ އިޒްރޭލުން އީރާނަށް ހަމަލާދޭނެ ކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ މީޑިއާ ތަކުން ބުނެފި.

އެމެރިކާގެ ބްރޯޑްކާސްޓަރަކު ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަހޫދީންގެ ފަޞްރުގެ ޗުއްޓީ އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހަށް ހަމަވަންދެން އިޒްރޭލުން އީރާނަށް ހަމަލާނުދޭނެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އޭބީސީ ނިއުސް އިން ބުނެފައި ވަނީ އެކަން އެހެން އޮތަސް ހާލަތު އަބަދުވެސް ބަދަލުވުން އެކަށީގެންވާ ކަމަށް

އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން މިދިޔަ ހަފުތާގައި އީރާނުން 300 އަށް ވުރެ ގިނަ ޑްރޯން އާއި މިސައިލް ފޮނުވާލުމާ ގުޅިގެން އިޒްރޭލަށް އެކަން ހަޖަމްނުވެގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނޭ. ނަމަވެސް އެމެރިކާގެ ރުހުން ނުލިބި އިސްރާއީލުން އިރާނަށް ހަމަލާދީފާނެ ހެނެއް ހިއެއް ނުވޭ.

ޔަހޫދީ އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓްގެ އާ ބައްދަލުވުމެއް މިއަދު އަނެއްކާވެސް ބާއްވަން ވަނީ ނިންމާފަ

11:19

އަސްކަރީ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ލުބުނާނަށް ރޭގަނޑު ހަމަލާދީ ހިޒްބުالله ގެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ޔަހޫދީ އިސްރާއީލުން ބުނެފި.

އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ލުބުނާނުގެ ދެކުނުގެ ކިއާމް އަވަށުގެ ސަރަހައްދުގައި ހުރި ތަންތަނަށް ރޭގަނޑު ހަމަލާދީ، ކްފަރު ކިލާ ސަރަހައްދުގައި ހުރި ހިޒްބުاللهގެ ދެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާއިން ބުނޭ

އިޒްރޭލުގެ އަނިޔާވެރި އަސްކަރިއްޔާއިން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ހިޒްބުاللهގެ އަސްކަރީ އިންފްރާސްޓްރަކްޗާ ގެ ގިނަ ތަންތަނަށް ކިއާމް ކައިރީގައި ހަމަލާދީފައިވާ ކަމަށާއި އޭގެ ތެރޭގައި އަސްކަރީ ދެ އިމާރާތެއް ހިމެނޭ ކަމަށާއި ރޭގަނޑުގެ ވަގުތެއްގައި ގޮއްވާލި ބޮމުގެ ހަމަލާތަކުގެ ސަބަބުން އިމާރާތްތަކާއި ވެހިކަލްތައް ހަލާކުވަމުންދާ މަންޒަރުތައް ފެންނަ ކަމަށް.

ބުދަ ދުވަހުގެ ރޭ ހިޒްބުالله އިން ބުނީ އިސްރާއީލުގެ އުތުރުގެ މެޓޫލާ ސަރަހައްދުގައި މީގެ އެއް ދުވަސް ކުރިން ހިޒްބުالله އިން ހަމަލާދިން ކަމަށް ބުނާ އަސްކަރީ ވެހިކަލެއް ހުސްކުރަން އުޅުނު އިސްރާއީލު ސިފައިންނަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށް

11:08

އީރާނަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އިޒްރޭލުގެ ޚާރިޖީ ވަޒީރު ކާޓްޒް އީޔޫގެ ގައުމުތަކަށް ޝުކުރު އަދާކޮށްފި

އިސްރާއީލުގެ އިސް ޑިޕްލޮމެޓް ބުނީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަރުފަގެ ދަތްތައް ނެގުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އަދި އިރާނަކީ މެދުއިރުމަތީގެ ހަރުފަ ކަމަށް އޭނާ ބުނި.

އިސްރާއީލްގެ ހަރުކަށި ޚާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އީރާންނަށް ބާރުތަކެއް ލިބުމުގެ ކުރިން މިހާރު އެ ގައުމު ހުއްޓުވަން ޖެހޭ ކަމަށް.

ޔޫރަޕިއަން ކައުންސިލްގެ ޗީފް ޗާލްސް މިޝޭލް ވިދާޅުވީ އީރާނުގެ ޑްރޯން އަދި މިސައިލް އުފައްދާ ފަރާތްތަކަށް އަމާޒުކޮށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޔޫރަޕިއަން ޔޫނިއަންގެ ލީޑަރުން އެއްބަސްވެފައިވާ ކަމަށް

10:18

ފަލަސްތީނު އދ ގެ ދާއިމީ މެންބަރަކަށް ހެދުމަށް ޗައިނާ އިން ތާއީދުކޮށްފި.

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވިދާޅުވީ ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމަށް ޗައިނާ އިން ތާއީދުކުރާ ކަމަށް.

ޗައިނާގެ ދައުލަތުގެ އެހީގައި ހިންގާ ޑިޖިޓަލް ނިއުސް އައުޓްލެޓް ދަ ޕޭޕަރ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަލަސްތީނަށް އދ.ގެ މެމްބަރުކަމަށް ތާއީދު ކުރައްވާކަން ވަންގް އިއުލާން ކުރެއްވީ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ބޭއްވި ނިއުސް ކޮންފަރެންސްގަ

އަދި ޔަހޫދީ އަނިޔާވެރި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އިންސާނީ ކާރިސާއެއް އުފެދިފައިވާ ކަމަށާއި، ޝަރުތެއް ނެތި ހަނގުރާމަ ހުއްޓާލަން އދ ގެ ސަލާމަތީ މަޖިލީހުން އެންގި އެންގުން ވަގުތުން އަމަލުކުރަން ޖެހޭ ކަމަށް ވެސް ވަންގް ވިދާޅުވި.

އދ.ގެ ފުރިހަމަ މެންބަރުކަމަށް ފަލަސްތީނުން އެދުމުން އދ.ގެ ސަލާމަތީ މަޖިލީހުގައި މިކަމާއި ބެހޭގޮތުން ހުކުރު ދުވަހު ވޯޓަށް އަހާނެ ކަމަށް ބެލެވޭ ނަމަވެސް އިސްރާއީލްގެ އެންމެ އެކުވެރި އެމެރިކާ އިން މިކަން ވީޓޯ ކުރާނެ ކަމަށް ވަނީ ބެލެވިފަ.

09:36

އެމެރިކާގެ ނިއުޔޯކްގައި ހުންނަ ކޮލަމްބިއާ ޔުނިވަސިޓީ ކައިރީގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މުޒާހަރާ ކުރި މީހުންގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި.

09:32

އިސްރާއީލްގެ އަސްކަރިއްޔާ އިން ރޭގައި ވެސް ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ރެއިޑްތަކެއް ހިންގާފައި.

09:25

އިރާނުން އިސްރާއީލަށް ދިން ހަމަލާ 48 ގައުމަކުން ކުށްވެރިކޮށް ގުޅިގެން ބަޔާނެއް ނެރެފި. ބަޔާން ނެރެފައި ވަނީ އެމެރިކާ އާއި އިސްރާއީލްއާ އެކުގައި އިތުރު 46 ގައުމެއް. އެ ބަޔާނުގައި ވަނީ އެތައް ބެލިސްޓިކް މިސައިލަކާއި ކްރޫޒް މިސައިލްއަކާއި ޑްރޯންގެ ސަބަބުން ގެއްލުން ލިބި، ބައެއްގެ ފުރާނަ ދިޔައީސް ކަމަށް.

އިރާނުން ކުށެއް ނެތް އެތައް ބަޔަކު ނުރައްކަލުގެ ތެރެއަށް ވައްޓާލި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މި ބަޔާން ނެރުނު އިތުރު ގައުމުތަކުގެ ތެރޭގައި އާޖެންޓީނާ، އޮސްޓްރޭލިއާ، ކެނެޑާ، އިކުއެޑޯ، ޖަޕާން، ނިއުޒިލެންޑް، ދެކުނު ކޮރެއާ ހިމެނޭ.

09:21

އދ. ގެ ހާއްސަ ރެޕެޓުއާ ފްރަންސެސްކާ އަލްބަނޭސް ވިދާޅުވި ގޮތުގައި ޣައްޒާ އަށް ވަނީ 25،000 ޓަނުގެ ގޮވާތަކެތި ޣައްޒާ އަށް ވައްޓާލާފައި. އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފަލަސްތީނުގެ 250 މީހުން ވަނީ ޝަހީދުކޮށްލާފައި.

އިސްރާއީލުން އެ ދުވަސްކޮޅު ބޭނުންކޮށްފައި ވަނީ 2،000 ޕައުންޑް ބަންކާ ބަސްޓާ ބޮން ކަމަށް އޭނާ ވިދާޅުވި. އަދި ގިނަ ފަހަރު އެ ބޮންތައް ބޭނުންކޮށްފައި ވަނީ ޣައްޒާގައި ތޮއްޖެހިގެން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ކަމަށް އޭނާ ވިދާޅުވި.

************************

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 34،000 އާ ކައިރިކޮށްފައެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހަމަލާތަކުގައި މިހާތަނަށް އައިއިރު، 33،899 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 13،800 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ އިރު، 8،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ގެއްލިފައެވެ.

ގެއްލުނު މީހުންނަކީ އިމާރާތްތަކުގެ ދަށުގައި ތިބި މީހުން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، 76،664 މީހުންނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ.