ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ކުޑަކުދިން ވެސް ހައްޔަރު ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓަތައް ބުނެފިއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ހުޅަނގު އައްސޭރީގެ ރާމުއްﷲ ސަަހަރުގެ އުތުރަށް އޮންނަ ޖަލަޒޯން ރެފިއުޖީ ކޭމްޕުން މިއަދު ވަނީ ތިން ކުޑަކުދިން ހައްޔަރުކޮށްފައި ކަމަށް ފަލަސްތީނުގެ ދަައުލަތުގެ މީޑިއާ ވަފާ ނިއުސް އިން ވަނީ ބުނެފައެވެ.

ޔަހޫދީ އަސްކަރިއްޔާ އިން ހައްޔަރު ކުރި ކުދިންނަކީ އެމުރުން 13 އަހަރުގެ ކުދިން ކަމަށާއި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން އެ ކުދިން ހައްޔަރުކޮށްފައި ވަނީ ޖަލަޒޯން ރެފިއުޖީ ކޭމްޕަށް ވަންނަ ދޮރުމަތިން ކަމަށް ވެސް ވަފާ ނިއުސް އިން ވަނީ ރިޕޯޓް ކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތައް ފެށުމާއި އެކީ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ހުޅަނގު އައްސޭރީގެ އެކި އަވަށް ތަކުގައި އަސްކަރީ ރެއިޑްތައް ކުރިއަށް ގެންދިޔުން ގިނަ ކޮށްފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މިހާތަނަށް ވަނީ ހުޅަނގު އައްސޭރިން އެތައް ހާސް ފަލަސްތީނުގެ ރައްޔިތުންނެއް ހައްޔަރުކޮށްފައެވެ. އަދި އެމީހުން ބައިތިއްބަނީ ސާފުތާހިރުކަން ވަރަށް ދަށް ޖަލުތަކުގައި ކަމަށް ފަލަސްތީނުގެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފައެވެ.