އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ނިތްކުރީގައި ޖެހުނު ލައްގަނޑު ދުވަހަކުވެސް ފިލައިގެން ނުދާނޭ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޤާން ވިދާޅުވެއްޖެއެވެ.

އުރުދުޤާން އިސްތަންބޫލްގައި ލީގު އޮފް ޕާލަމެންޓޭރިއަންސް ފޯ އަލް ޤުދުސް އަށް ދެއްވި ތަގުރީރުގައި ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަނެ ފަލަސްތީނުގެ ބިމުގައި ހިންގަމުން ދަނީ ތާރީހުގައި ދެކެފައި ނުވާފަދަ އަނިޔާވެރި އަމަލުތަކެއް ކަމަށާއި އެ ހުރިހާ ކަމެއްގެ ޒިންމާ ނަތަންޔާހޫ ނަގަން ޖެހޭނެ ކަމަށެވެ. އެއީ އޭނަގެ ނިތްކުރީގައި ދާއިމަށް ޖެހިގެން ދިޔަ ލައްގަނޑެއް ކަމަށް ތައިބް ވަނީ ވިދާޅުވެފައެވެ.

ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާތައް އިހުސާސް ކުރެވޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ހާލުގައި ތިބި ރައްޔިތުންނަށް އޭނަގެ ހެޔޮ ދުއާ ވަނީ ފޮނުވާފައެވެ.

އޭނާ އިތުރަށް ވިދާޅުވީ މިޒަމާނުގެ ފިރުޢައުނުން ހޯދަން އުޅޭ ކޮންމެ މީހަކު ވެސް ދުރަށް ބަލަން ނުޖެހޭނެ ކަމަށާއި ފާއިތުވި 203 ދުވަހުގެ ތެރޭގައި ރަހުމެއް ނެތި ފަލަސްތީނުގެ 35،000 މީހުން މަރާލި މީހުންނަކީ މި ޒަމާނުގެ ފިރުއައުނުން ކަމަށެވެ. އޭނާ މިހެން ވިދާޅުވީ އިސްރާއީލުގެ ނިރުބަވެރި ސިފައިންނާއި ނަތަންޔާހޫއަށް ނިސްބްތަކޮށެވެ.

ނަތަންޔާހޫއަށް އުރުދުޤާން ވަނީ ވަރަށް ބޮޑަށް ފާޅުވިދާޅުވެފައެވެ. އެގޮތުން އޭނާއަކީ އަނިޔާވެރިކަމުގައި ތާރީހީ މީހެއްގެ ގޮތުގައި ނަން ލިޔެވިގެންދާ ނުލަފާ މީހެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އަދި އެފަދަ އަނިޔާވެރި ޤަތުލު އާންމާއި ދެކޮޅަށް އަޑު ނުއުފުލާނެ ކަމަށް އެއްވެސް ބަޔަކު ދެކިގެން ނުވާނެ ކަމަށާއި އަބަދުވެސް އެ އަނިޔާތަކާ ދެކޮޅަށް ތެދުވާނެ ކަމަށް ތުރުކީގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮހޮނު

    އެކަމަކު ތިބޭފުޅުން ތި ތިއްބަވަނީ ހަމަ އެއްވެސް ކަމެއް ކުރަން ނުކެރިފަ... ފަހަތު ފަޔައް ބަރުވެފަ... ހަތިޔާރާއި ވަސީލަތްތަކާ މީހުންތިބެމެ އެއްވެސް ކަމެއް ނުކުރެވިފަ... އިރާނަށް ވީވަރުވެސް ނުވި... މުޅިން އަނގައިން ތި ހިފައްޓަނީ

  2. Anonymous

    އެތައްހާސް މީހުންނެއް މަރާލިކަމުގެ ތުހުމަތުގައި ބައިނަލްއަގުވާމީ ކޯޓަކަށް ނަތައްޔާހޫއާއި އޭނަކައިރީގައިވާ މީހުން ހައްޔަރުކޮށްގެން ގެންނަށް ދުނިޔެ ގޮވާލަންޖެހޭ

  3. ކަދުރޭ

    އެހެންވީމަ ކަލޭ ދިއްލިފަ ހުރޭ.ލަދެއްނެތި އަގަހުޅުވަން ކެރުނީތީ އަހަރެން އަޖާއިބު ވަން