އިންޑިއާގެ ރާޖަސްތާނުގައި އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ރޭޕް ކޮށްލައިފިއެވެ.

މި މައްސަލާގައި އުމުރުން 22 އަހަރުގެ ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މި މީހާ ރާޖަސްތާނުގެ ފުލުހުން ހައްޔަރު ކުރީ މި ކުޑަ އަންހެން ކުއްޖާ އަމިއްލައަށް ފުލުހަށް މައްސަލަ ހުށައެޅުމުންނެވެ.

މި އަންހެން ކުއްޖާ ފުލުހަށް ހުށައެޅި މައްސަލާގައި ވަނީ އޭނާ އެކަނި ގޭގައި ހުރި ވަގުތެއްގައި މި ފިރިހެން މީހާ އޭނާގެ ގެޔަށް އައިސް ގަދަ ކަމުން ރޭޕް ކުރީ ކަމަށެވެ.

މިއީ ރާޖެސްތާނުގެ ޖަލަހަވާރުގައި މިދިޔަ ފަސް މަސް ތެރޭގައި ހިންގި މިފަދަ ތިންވަނަ ހާދިސާ އެވެ. މިދިޔަ ޖެނުއަރީ މަހުވެސް ވަނީ އުމުރުން ހަ އަހަރުގެ އަންހެން ކުއްޖެއް ޖަލަހަވާރުގައި ރޭޕް ކޮއް މަރާލާފައެވެ.

އޭގެ އިތުރަށް މިދިޔަ އަހަރު ވަނީ ރާޖަސްތާނުގައި ހަތް މަހުގެ ކުއްޖަކު ރޭޕު ކުރި މީހަކު މަރަން ހުކުމްކޮށްފައެވެ. އޭނާ މަރަން ހުކުމް ކުރީ މިދިޔަ އަހަރު މޭ މަހު ރާޖަސްތާންގެ އަލްވާރު ޑިސްޓްރިކްޓުގައި ހަތް މަހުގެ ކުއްޖަކު ރޭޕު ކުރި މައްސަލާގައި އެވެ.

މޭމަހު ހިންގި މި ހާދިސާގައި އުމުރުން 7 މަހުގެ އެތުއްތު ކުއްޖާ ވަނީ ރޭޕް ކުރުމަށް ފަހު ފުޓް ބޯޅަ ދަޑަކަަށް އެއްލާލާފައެވެ. މި ތުއްތު ކުއްޖާ ރޭޕް ކޮއްފައިވަނީ ގޭގައި އޮއްވާ އުރައިގެން ގެންގޮސް އެވެ.

އިންޑިޔާގައި ރޭޕުކުރުމަކީ އާއްމުކަމަކަށްވާއިރު، ކޮންމަ ހަފްތާއަކުވެސް އެފަދަ ހިތްދަތި ވާހަކަތަކެއް ދަނީ އިވެމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، އެޤައުމުގައި ކޮންމެ ދުވަހަކުވެސް މިފަދަ ޢަމަލެއް ހިނގާއިރު، މިފަދަ އެތައް ޢަމަލެއް، ރިޕޯޓު ނުކޮށްވެސް ހުރެއެވެ.

އިންޑިއާގައި ކުޑަކުދިން ރޭޕްކުރުމުގެ މައްސަލަތައް ވަނީ އިންތިހާ އަށް ބޮޑުވެގެން ގޮސްފައެވެ. މިކަމާ ގުޅިގެން އިންޑިއާގެ ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވެގެން ގޮސްފައެވެ. އެގޮތުން މިފަދަ ކަންތައްތައް ހުއްޓުވަން އެކަށީގެންވާ ވަރަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމުގެ ތުހުމަތު އިންޑިއާގެ ސަރުކާރަށް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕްރޮޓެކްޓިން މާރިޔާ ފްރޮމް ރޭޕް

    އިންޑިއާއެއްނު. އޯކޭވާނެ. ގެރި ރޭޕްކޮށްފިއްޔާ ދެން އުޑު އެ ވެއްޓުނީ. މަށަށް ހިތަށް އަރަނީ މާރިޔާ ހަމަ އޯކޭހޭ އެކަހަލަ މީހުން ކައިރިއަށް ދާއިރު. އަނެއްކާ މި ލަނީވެސް ސުޕަމޮޑެލްއިން ލާކަހަލަ ހެދުން ވިއްޔަ ދޯ. އެމީހުން ކިހާ ރޭޕްކުރާ ހިތްވާނެ މާރިޔާ

  2. ސައްތާރު

    މިހާރުތިކިޔަނީ އިންޑިޔާގެ އެކިތަންތާ ދުވާލަކު އެތައްބަޔަކު ރޭޕްކުރާވާހަކަ، ދުވަސްކޮޅަކުން ރާއްޖޭގެ އެކިތަންތާ ރޭޕްކުރާވަހަކަދައްކާނެ، މިއީ މިހާރު އިންޑިޔާގެ އަވަށެއް!

  3. ޙަސަން

    ޜާޖިސްތާނެއް ނޫން މާރިއަތުލް ރޭޕިސްތާން