ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުން ހައްދުފަހަނައަޅައި ގޮސްފައިވާ އިންޑިއާގައި އަނެއްކާ ވެސް އުމުރުން އެންމެ 12 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމަށް ފަހު އެކުއްޖާގެ ބޯ ބުރިކޮށްލައިފިއެވެ.
އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި އަންހެން ކުއްޖާ ރޭޕްކޮށް މަރާލާފައި ވަނީ އެކުއްޖާގެ އެއްބަނޑު އެއްބަފާ ތިން ބޭބެ އާއި އެކުއްޖާގެ ބޮޑުބޭބެ ބައިވެރިވެގެން ކަމަށް ފުލުހުން ބުނެއެވެ.
މަރުވި ކުއްޖާގެ ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ އެކުއްޖާ ގެއްލުނީ ސްކޫލް ނިންމުމަށް ފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައި ކަމަށެވެ. ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތުން ކުއްޖާގެ ހަށިގަނޑު ފެނުނީ މާޗް މަހުގެ 14 ވަނަ ދުވަހު އެވެ. އެއީ ކުއްޖާ ގެއްލުނުތާ އެއް ދުވަސް ފަހުންނެވެ.
ޕޯސްޓްމޯޓަމް ރިޕޯޓުން އެނގުނު ގޮތުގައި ކުއްޖާ މަރާލުމުގެ ކުރިން ވަނީ ޖިންސީ އަނިޔާ ދީފައެވެ. އެހެންކަމުން ފުލުހުން ފުރަތަމަ ވެސް މަސައްކަތް ކުރީ ކުއްޖާ އަށް އަނިޔާ ކުރި ބަޔަކު ހޯދާށެވެ.
ފުލުހުން ވަނީ އަންހެން ކުއްޖާ، ބޮޑުބޭބެ ކިޔާ މީހެއްގެ ގެ ފާސްކޮށްފައެވެ. އެގެއިން ފުލުހުންނަށް ވަނީ އަންހެން ކުއްޖާގެ އަންނައުނާއި ލޭ ވެސް ފެނިފައެވެ. އަދި ކުއްޖާ މަރާލަން ބޭނުން ކުރި ހަތިޔާރު ވެސް ފުލުހުން އެގެއިން ހޯދިއެވެ.
ފުލުހުންގެ ތަޙްޤީޤަށް ކަށަވަރު ވެފައިވާ ގޮތުގައި ބޮޑުބޭބެ އާއި އެކު އަންހެން ކުއްޖާ ބޭބެ ކިޔާ އިތުރު ތިން މީހަކު ވަނީ ކުއްޖާ މަރާލުމުގެ ކުރިން ކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައެވެ.
ހަތަރު ފިރިހެނުން މިމައްސަލައިގައި ހައްޔަރު ކޮށްފައި ވާއިރު އެމީހުންގެ މައްޗަށް މަރުގެ ޙުކުމް އަންނާނެ ކަމަށް ލަފާކުރެވެއެވެ.
ތީކީ މުސްލިމުންނެއްނޫން
ހާދަހާ ދެރައޭދޯ! ޔާﷲ މިއަޅާމެން މުސްލިމުތަކުން މިފަދަ ނުބައި ޢަމަލުތަކުން ރައްކާތެރިކުރައްވާށިއެވެ. ފުރިހަމަ ހިދާޔަތުގައި އިނބައިލާހަށް ބިރުވެތިވާ އަޅުންގެ ގިތުގައި އަބަދުވެސް ލައްވާށިއެވެ. އާމީން!
މުސްލިމަކު 12 އަހަރު ކުއްޖަކާ ނުބެހޭނެ
މުސްލިމެކޭ ލިޔެފައެއްނެތް. އަލުން ކިޔާލައްވާ