ކުރިން މިއަދު ހަވީރު 6 ޖަހާއިރު ހިންގަން ފަށާގޮތަށް އޮތް ކާފިއު، ދާދިދެންމެއަކު ހިންގަން ފަށައިފިއެވެ.

ލަންކާގެ ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، މިހާރުން ފެށިގެން މުޅި ލަންކާގައި ކާފިއު އިއުލާން ކުރާ ކަމަށާއި، ކާފިއު ދެމި އޮންނާނީ ކިހާ ވަގުތަކަށް ކަމަށް އަދި ހާމަކުރެވެން ނެތް ކަމަށެވެ.

ކާފިއުގެ އިތުރުން ލަންކާގައި މީސްމީޑިޔާ ބޭނުން ނުކުރެވޭ ގޮތްވަނީ ހަދާފައެވެ. ލަންކާގެ ދިފާޢީ ވަޒީރު ނޫސްވެރިންގެ ބައްދަލުވުމެއްގައި މީގެ ކުރިން ބުނެފައިވަނީ، ލަންކާގައި އަމާންކަން އަނބުރާ ގެނައުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށާއި ހައްދު ފަހަނައަޅާފައިވާ ޖަމާޢަތް ތަކުގެ މީހުންގެ ވަކި ތަކުން ޤައުމު ސަލާމަތް ކުރަން ކުރަން ޖެހުނު ހުރިހާކަމެއް ކުރާނެ ކަމަށެވެ. އަދި މިކަން ކޮށްފައިވަނީ އެޤައުމުގައި އުޅޭ ހަރުކަށި ޖަމާޢަތެއްގެ ބަޔަކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެފަރާތަކަށް ފިޔަވަޅު އަޅުއްވާނެ ކެމަށަވެސް ވިދާޅުވިއެވެ.

މިހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައިއެއް ނުވެއެވެ.