އިންޑިއާގެ ޓިއުޝަން ސެންޓަރެއްގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއްގައި ގިނަ އަދަދެއްގެ ދަރިވަރުން ހިމެނޭ ގޮތަށް ވިހި މީހަކު މަރުވެއްޖެއެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ، އިންޑިއާގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ސޫރަތުގެ ޓިއުޝަން ސެންޓަރެއްގައި ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ޓއުޝަން ކްލާސްތަކަށް ގޮސް ތިބި ދަރިވަރުން ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު ރޯވެފައިވާ އެ ސެންޓަރުގެ މަތީގެ ފަންގިފިލާތަކުން ބޯ ދުމުގެ ތެރެއިން ބައެއް ކުދިން ފުންމާމި މަންޒަރު، މަންޒަރުދުށް ފަރާތްތަކަށް ފެނިފައިވާއިރު، ބައެއް މީހުން މަރުވީ ފުންމާލުމުން ލިބުނު އަނިޔާގައި ކަމަށް ވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، އެ ޓިއުޝަން ސެންޓަރު ހިންގާ އިމާރާތުގެ އެއާކޮންޑިޝަން ޔުނިޓެއްއި ކަރަންޓު ޝޯޓެއްވެ ރޯވެގެންނެވެ. މި އަލިފާނުގެ ހާދިސާ ހިނގި ވަގުތު، އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ހުރި ޓިއުޝަން ކްލާސްތަކުގައި 50 އަށްވުރެ ގިނަ ދަރިވަރުން ތިއްބެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން ގިނަ ދަރިވަރުންނަށް ސަލާމަތް ނުވެވުނީ، އަލިފާން ރޯވި ވަގުތު އެ އަލިފާންގަނޑު އިމާރާތުގެ ސިޑި ހުންނަ ބައިގައި ވަރަށް ބޮޑަށް ފެތުރިފައި ވުމުން ކަމަށް އޮފިޝަލުން ބުނެއެވެ.

މި ހާދިސާގައި ގިނަ އަދަދެއްގެ ދަރިވަރުން މަރުވެފައިވާއިރު، އިތުރު ވިހި މީހަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ގުޖުރާތުގެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އޮފިޝަލުން ހާމައެއް ނުކުރެއެވެ.

މި ހާދިސާ އާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަ

    އަވަހަށް މޫނުބުރުގާ އާއި ދީނީ ތަޢުލީމު މަނާކުރަން ދުއްވައިގަނޭ...

    5
    1
  2. ތައުޒިޔާއިން ފުއްދާލާކަށް ނުވާނެ!

    މި ހާދިސާ އާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. ތިހާވަރުން ފުއްދާލާކަށް ނުވާނެ، ޓިއުޝަން ދިނުމާއި، ދަރިވަރުން މަގުމައްޗަށް ނިކުތުމާއި، އެއިމާރާތުގެ ކަރަންޓު ވައިރު ކުރި ކުންފުނީގެ އެންމެން، އަދ ވައިރުކުރަން ދަންނަ އެންމެން ހައްޔަރުކުރޭ!