އިންޑިއާއަށް ވަރުގަދަ މެސެޖެއް ދިނުމަށް ޕާކިސްތާނުގެ މިނިވަންދުވަސް ފާހަގަކުރައްވަން އެޤައުމުގެ ބޮޑުވަޒީރު ޢިމްރާން ހާން ކަޝްމީރުގެ ޕާކިސްތާނު ފަޅިއަށް ވަޑައިގެންފިއެވެ.
ޢިމްރާނު ޚާން އަދި ފާކިސްތާނުގެ އެހެން ވެޒީރުންވެސް މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވިއިރު އިމްރާން ކަޝްމީރުގެ މުޒައްފަރުއާބާދަށް ވަޑައިގެންނެއްވީ ހެލިކޮޕްޓަރުގައި ގިނަ އަދަދެއްގެ ސެކުރިޓީ ފުލުހުންނާއެކުގައެވެ.
އިރާނުގެ މިދަތުރުފުޅުގައި މުޒައްފަރުއާބާދަށް ވަޑައިގެން ސިޔާސީ ލީޑަރުންނާއި ޕާޓީތަކުގެ މަދޫބުންނާ ބައްދަލުކުރައްވައި ވާހަކަފުޅުތައް ކުރިއަށް ގެންދަވާނެ ކަމުގައިވެސް މިބަޔާނުގައި ބުނެފައިވެއެވެ. އަދި ޕާކިސްތާނު އޮތީ ކަޝްމީރު ރައްޔިތުންނާ އެކީގައި ކަން މިދަތުރުގައި ހާމަކޮށްދޭނެއެވެ.
ޕާކިސްތާނުން ވަނީ އިންޑިޔާގެ މިނިވަން ދުވަސް ކަޅު ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް ނިންމާފައިވާކަންވެސް އިޢުލާނުކޮށްފައިވެއެވެ.
އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމި މައްސަލާގައި ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ހަގުރާމައެއްގެ ކޮޅުމަތި ފެންނަން ވަނީ ފަށައިފައެވެ.
ކަޝްމީރުގެ މިލްކުވެރިކަމަށް އިންޑިއާ އަދި ޕާކިސްތާނުންވެސް ދައުވާ ކުރެއެވެ. ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ގުޅިގެން ހަމަނުޖެހުން ހިނގަމުންދާތީ އިންޑިއާ ސިފައިން ކަޝްމީރުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ކަޝްމީރުގެ ބޮޑު ބައެއް މިހާރުވެސް ކޮންޓްރޯލް ކުރަނީ އިންޑިއާއިންއެވެ.
އަހަރަމެން މިތިބީ ޕާކިސްތާނާއެކު.. އިންޑިއާ ބަލިވާނެ އިންޝާ ﷲ
އަހަރަމެން މިތިބީ ޕާކިސްތާނާއެކު.. އިންޑިއާ ބަލިވާނެ އިންޝާ ﷲ
އަހަރަމެން މިތިބީ ޕާކިސްތާނާއެކު.. އިންޑިއާ ބަލިވާނެ އިންޝާ ﷲ
ކޮން އިރާނުގެ ދަތުރު ފުޅެއްތަ؟
ކޮން އިރާނުގެ ދަތުރުފުޅެއްތަ؟
އަހަރަމެން މިތިބީ ޕާކިސްތާނާއެކު.. އިންޑިއާ ބަލިވާނެ އިންޝާ ﷲ
އިރާނު އޭ ކިޔާފަ މި ކޮމެންޓް ކުރަނީ ކޮން ބޯގޯސްތަކެއްތަ..ހަބަރުގަ އޮތީ އިމްރާނު ޙާން ކަޝްމީރަށް ވަޑައިގެން ވާހަކަ.މޮޔަ ދިވެހިން..