2015ވަނަ އަހަރުގައި އިނގިރޭސި ވިލާތުން ފިލައިގެން ނިރުބަވެރި ޖަމާއަތެއް ކަމުގައިވާ އައިސިސް އާއި ގުޅުމަށް ސީރިޔާ އަށް ދިޔަ ޝަމީމާ ބޭގަމް އެނބުރި އިނގިރޭސި ވިލާތަށް ދިއުން ހަނދާންތައްލާން ވީ ކަމަށް އެ ގައުމުން އަންގައިފިއެވެ.
އެ ގައުމުގެ ހޯމް ސްކްރެޓަރީ ޕްރިޓީ ޕަޓޭލް ބުނެފައިވަނީ އެ މީހުންގެ ޒިންމާ އަކީ އެ ގައުމުގެ ސަލާމަތަށް ވިސްނުން ކަމަށާއި، ޝަމީމާ އަށް އެނބުރި އެ ގައުމަށް އައުމުގެ އެއްވެސް ފުރުސަތެއް މިހާރު ނެތް ކަމަށެވެ.
"އަހަރެމެން މަސައްކަތް ކުރާނީ ގައުމުގެ ދިފާޢުގައި. ގައުމު ދޫކޮށް މީހުން މަރާ ޖަމާއަތަކާއި ގުޅިފައި ހުރި މީހަކު އަނެއްކާ މިތަނަށް އައިސް އެފަދަ ވިސްނުންތައް މިތާ ފެތުރުމުގެ އެއްވެސް ފުރުސަތެއްވެސް ނުދޭނަން. ޝަމީމާ އަކަށް ދެން މި ގައުމަކަށް ނާދެވޭނެ" ޕްރިޓީ ޕަޓޭލް ބުނެފައިވެއެވެ.
އޭނާ މިހެން ބުނެފައި މިވަނީ ދާދި ފަހުން އެ ގައުމުގެ މީޑިއާ އަކުން ސީރިޔާ އަށް ގޮސް ޝަމީމާގެ އިންޓަވިއުއެއް ނަގާފައިވާ ދަނޑިވަޅެއްގައެވެ. އެ އިންޓަވިއުގައި ޝަމީމާ ބުނެފައި ވަނީ އޭނާ އަށް ސީރިޔާ އަށް އާދެވުމަކީ ހެދުނު ގޯހެއް ކަމަށާއި، އޭރު އެހެން ކަންތައް ކުރެވުނީ ނުވިސްނުމުން ކަމަށެވެ.
އުމުރުން އެންމެ 15 އަހަރުގައި ޝަމީމާ އޭނާ އާއި އެކު ކިޔަވަމުން ދިޔަ 2 އަންހެން ކުދިންނާއި އެކު ސީރިޔާ އަށް ފިލައިގެން ގޮސް މީހަކާއި ކައިވެނިކޮށްގެން ވަނީ 3 ދަރިންވެސް ލިބިފައެވެ. ނަމަވެސް، އޭނާ އާއި އެކު ދިޔަ 2 އަންހެން ކުދިންނާއި، އޭނާގެ ފިރިމީހާގެ އިތުރުން ލިބުނު 3 ކުދިންވެސް މިހާރު ވަނީ މަރުވެފައެވެ.
މިހާރު އުމުރުން 19 އަހަރުގެ ޝަމީމާގެ މައިންބަފައިންނަކީ ބަންގްލަދޭޝް މީހުން ކަމުގައި ވާއިރު އެ މީހުން އަތުގައި އިނގިރޭސި ވިލާތުގެ ރަށްވެހިކަން އޮވެއެވެ. ބަންގްލަދޭޝް އިން މީގެ ކުރިން ބުނެފައި ވަނީ ޝަމީމާ ބަންގާޅަށް ގޮސްފިނަމަ އޭނާ އަށް އޮތީ މަރުގެ އަދަބު ކަމަށެވެ.
ރާއްޖޭގެ މީހުންވެސް ގެންނާނެ ކަަމެއް ނެތް
އެހެންވިއްޔާ ރާއްޖޭގަ އުޅޭ ޑްރަގް އެޑިކްޓުންނަށް ރިހިބިލިޓޭޓް ކުރާށޭ ކިޔައިގެން އަހަރެމެންގެ ޓެކްސް ފައިސާއިން ކީއްކުރަން ކުރާ ބޮޑުޚަރަދެއް، އެމީހުން އަމިއްލަޔަށް ބުއި ބޮނޑިއެއްދޯ. އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެ ބޯމީހުންނާއި އެމީހުންގެ މައިންބަފައިން.
ރަނގަޅަށް ތިކަންތައް ތިވީ. މާބޮޑަށް ދީން އިނގޭ ކަމަށް ހެދިގެން ދިޔައީމާ ވާނޭ ގޮތްތިއީ. އިސްލާމްދީނުގައި ނޯވޭ އަންހެނުން ކާފިރުންނާ ދެކޮޅަށް ޖިހާދުކުރާކަށް. އައިއެސްއައި އެސް އިން އެކުރަނީ ޖިހާދެއް ނޫން. އެއީ ކަޑައެޅިގެން ފިތުނައެއް އިސްލާމްދީނުގައި މުސްލިމުންނާއި މުސްލިމުން ލޭއޮހުރުވައިގެން މަރުވާ/މަރާ ދެމީހުންނަށްވެސް ނަރަކައިގެ އަޒާބް ލިބޭކަމަށް ހަދީސްތަކުގައި އޮވޭ. ޝަމީމާ ފަދަ ޒުވާނުންނަކީ ދީނަށް ޖެހިފައިވާ އް
ވަބާއެއް! ބޮޑުވަބާއެއް
ސަލްމަާންrުރުޝްދީ އަށް އިގިރޭސި ވިލަަަާތުން ހިމަާޔަތް ދިން އިރު މި ކުއްޖާ އަށް ހިމާޔަތް ނުދިނިީ ކީއްވެ އިންސާނިއްޔަތަށް ޓަކައިވެސް މި ކުއްޖާއާ އެހީނުވީ ޔޫރަޕްގެ ޑިމޮކްރަސިީ އޮތިީ . އެކަމަކު އެމިިީހުން ބާރުލަަާފަ އިންސަާނީ ހަށްގޭ ކިޔައިގެން ފޮނި ކަނޑަނީ
ތިބުނާ ސަލްމާނާއި ޝަމީމާއަކީ ހަމަ އެއްކަހަލަ ދެމުނާފިގުން. އެކަމަކު ސަލްމާނަކީ ފާޅުގައި އިސްލާމް ދީނަށް މަލާމަތްކުރާ ޓެރޮރިސްޓެއް. ސަލްމާނަށް އިގިރޭސި ވިލާތުން ހިމާޔަތްދިނީ ހަމަ އިސްލާމްދީނާމެދު މީހުން ނަފްރަތު ކުރުވަން. މަނަމަ އެދެމީހުންވެސް މަގޭގައުމަށް ނުވައްދާނަން.
ތިއޮތީ ޑިމޮކްރަސީ ދޮންވެ ފައްކާވެފަ!
އިސްލާމް ދީނުގައި 15 އަހަރުގެ ބާލިޢުވެފައިވާ ކުއްޖަކު ކުރާ އަމަލަށް ޒިންމާ އަމިއްލަޔަށް ވާން ޖެހޭނެ. އެވަރުގައި ތަންދޮރު އޮޅުން ފިލާނެ. ސީރިޔާއަށް ޖިހާދަށް ދާނީ މަރުވާނެ ނުވަތަ ޝަހީދުވާނެ ކަމަށްވެސް ތައްޔާރުވެގެން. ވީއިރު މިފަދަ ކަމެއް ދިމާވެދާނެކަން ވެސް އެންގޭނެ އަދި ޝޮކް ވާކަށް ނުޖެހޭ. އައިސިސްގައި މީހުންނަށް ލުއި ދިނުމާ ހިޔާލު ތަފާތު މީހުން މެރުމުގަ ބައިވެރިވެފަ ޔޫކޭ ފްރީ ޑެމޮކްރެޓިކް ސޮސައިޓީ އެއްވީމަ ލުއި ދޭނެ ކަމަށް ބަލަންވީ ކީއްވެ؟ މފިދަ ކުދިންގެ ސިކުންޑިއަށް ސަވާރުވާ މީހުން ހިންގާ ވެބުސައިޓުތަކާ ފަތުވާ ދޭ ތަންތަން ހޯދާ އެންމެ ހަރުކަށި އަދަބު ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް.
މި ފިކުރުގައި މި ޖެހެނީ ކޮންގޮތަކަށް އުޅޭ ކޮން ފިކުރުތަކަކަށް ތަބާވާ ބައެއްތޯ ދެނެގަނެވި އެ ފަދަ މީހުންގެ މި ފިކުރުގެ ފައުުންޑޭޝަންތަށް މުލުން ލުހެލަން އެބޮޖެހޭ. ކޯންޗެއްސެއްތޯ މިމިހުން ކިޔަވަނީ ބަލަން އެބޮ ޖެހޭ. ކޮން ސިފަތަކަކާ ވެލިއު ތަކެއ ހުންނަ ގައުމުތަކެއް ނުވަތަ ކޮމިއުނިޓީއަކުންތޯ އާންމުކޮށް މިފަދަ ޖަމާއަތްތަކާ ބައިވަރިވަނީ ބަަލަން ކޮންމެހެން ޖެހޭ.މި އިއިޑޮލޮޖީއަށް ޓެކުލު ކުރަން ޖެހޭ، މިކަމަށް އޮތް ހައްލު ވަރަށް ސާފު . އެއީ
ޝަމީމާ އަިއެސްއާ ގުޅުނީ ޝަމީމާ ގަބޫލުކުރާ ގޮތް ނޫން އެހެން ގޮތަށް އުޅޭ މީހުން މަރަން ނޫނީ ގަދަކަމުން ގަބޫލުކުރުވަން . ހަލީފަތު ގާއިމުކުރަނިއްޔޯ ކިޔާފަ ޔޫކޭވެސް ހިފަން . ދެން ކީއްކުރަން ޔޫކޭން ހިމާޔަތް ދޭންވީ ؟
އޭނައަކީ ދީނަށްފުރައްސާރަކުރާ މީހަކަށްނުވާތީ ހުޅަނގުގެ ޑިމޮކުރަސީންހިމާޔަތްނުދެވެނީ މިހާރުވެސް މުރުތައްދުވެދީނަށްފުރައްސާރަކުރަންފަށާ އޭރުންޑިމޮކުރަސީގެ ހިޔާވަހިކަންލިބޭނެ
ހަމަ ރަގަޅައްތިވީ
18 އަހަރު ނުވަންޔާ އެއީ ކުޑަކުދިންނޭ ކިޔައިގެން އެންމެ ބާރަށް ހަޅޭލަވާމީހުން މީ. އޭނަ 15 އަހަރުގަ ކުރިކަމަކަށް އަދަބު ނުދެވޭނެނުން އޭރު އެއީ ކުޑަކުއްޖެއްދޯ؟
ތީނަ ގައުމަށް އެނބު ރި ވައްދާނެ މިހާ ރުވެސް މު ރުތައްދުވެ އިސްލާމް ދީނަށް ހަޖޫ ޖަހާބަލަ ވަގުތުން ގެންދާނެ. މިއީ ޔޫ ރަޕް އެމެ ރިކާގެ އަސްލު ޑިމޮކް ރަސީ!
އެހެންވީމަ ދޯ އަންނި ވެސް ޑިމޮކްރަސީއައް އެހާ ތާއީދުއެކުރަނީ؟؟؟
އިގިރޭސިންނަކީ، ކިތައް ގައުމުގެ ކިތައް މީހުން މަރާފައިވާ ބައެއްތަ؟ ސައުތު އެފްރިކާ، އިންޑިއާ، މިގައުމުތަކުގެ ތާރީޙް ކިޔަންވީއެއްނޫން.
މިގަ އުމަށް އާދެވޭނެ ޓެރަރިސްޓުންނަށް.. ލުތުފީ އާއި އަންނިވެސް މިތާ އެބައުޅޭ ވަރަށް މިނިވަންކަންމަތީ
ގެރިމަސް