އަވަށްޓެރި އިންޑިޔާގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް އެސިޑް ހަމަލާއެއްދީ، މަގުމައްޗަށް އެއްލާލާފައި އޮއްވާ ފެނިއްޖެއެވެ.
އިންޑިޔާގެ ބަގްލާޕޫރުގައި އެ އަންހެން ކުއްޖާއަށް އެސިޑް ހަމަލާއެއް ދީ އެއްލާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އިންޑިޔާގެ ފުލުހުން އެ ގައުމުގެ ބައެއް މީޑިޔާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ އަންހެން ކުއްޖާއަކީ އޭނާގެ މަންމައާއި އެކު ވަކިން ގެއެއްގައި ދިރިއުޅެމުން އައި ކުއްޖެކެވެ. އަދި އެރޭ އެގެޔަށް 4 މީހަކު ވަދެ، އެ ކުއްޖާގެ މަންމަ އާއި ދިމާއަށް ބަޑި ދިއްކުރުމަށްފަހު، އެ އަންހެން ކުއްޖާ ރޭޕްކުރަން މަސައްކަތް ކޮށްފައިވާ ކަމަށް އިންޑިޔާގެ ފުލުހުން ވަނީ ބުނެފައެވެ.
އަދި އެ އަންހެން ކުއްޖާ އެކަމާއި ދެކޮޅު ހެދުމުން، އެމީހުން އެ ކުއްޖާގެ މޫނާއި ގައިގެ އެކި ހިސާބުތަކަށް އެސިޑް ޖެހުމަށްފަހު، އެކުއްޖާ ގެންގޮސް މަގުމައްޗަށް އެއްލާލާފައިވާ ކަމަށް، އިންޑިޔާގެ ފުލުހުން ވަނީ ބުނެފައެވެ.
އިންޑިޔާ ފުލުހުން ބުނީ މިހާރު އެ ކުއްޖާއަށް ގެންދަނީ ބަގްލާޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ކަމަށެވެ. އަދި އެކުއްޖާގެ ހާލު އަދިވެސް ސީރިޔަށް ކަމަށާއި، މި މައްސަލައާއި ގުޅިގެން މިހާތަނަށް 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް އިންޑިޔާގެ ފުލުހުން ވަނީ ބުނެފައެވެ.
މި ފަހަކަށް އައިސް އިންޑިޔާގައި ރޭޕްކުރުން މިވަނީ ގިނަވެފައެވެ. އެގޮތުން މިދިޔަ އެއް ހަފްތާ ތެރޭގައިވެސް އިންޑިޔާގައި 19 މީހަކު ވަނީ ރޭޕްކޮށްލާފައެވެ.
އަދިވެސް ރާއްޖެއަށް އެހީވާން ދުވޭ.. އަމިއްލަ ގައުމުގެ ހުރިހާ އަންހެނުންތައް ރޭޕްކޮށް މަރާ އެސިޑް ޖަހާއިރުވެސް.. އަމިއްލަ ގައުމުގެ މީހުން ގުއިރޭނެ ވަރުވެސް ނެތް ބައެއް އަހަރެމެންނަށް އެހީވަނީ..
އިންކްރެޑިބަލް އިންޑިޔާ. ލިޔުމުގަޔާއި ކިއުމުގައި ދުނިޔޭގައި އޮތް އެންމެ ޑިމޮކްރެޓިކް ގައުމު، އަސްލުގައި ޑިމޮކްރަސީގެ އެއްވެސް އަސާސަކަށް އަމަލްކުރާ ބައެއްނޫން.