ގިނަ ދިވެހިންތަކެއް ދިރިއުޅޭ މެލޭޝިޔާގައި ފުރަތަމަ ފަހަރަށް ގައިން ގަޔަށް ކޮރޯނާވައިރަސް ފެތުރެން ފަށައިފިއެވެ.

މެލޭޝިޔާގައި ކޮރޯނާވައިރަސް މިގޮތަށް ފެތުރޭކަން ހާމަކުރައްވަމުން އެ ގައުމުގެ ހެލްތު މިނިސްޓަރު ޒުލްކެފްލީ އަހްމަދު ވިދާޅުވެފައި ވަނީ ވައިރަސް އަރާފައި ވަނީ އެ ގައުމުގެ 41 އަހަރުގެ ފިރިހެނެއްގެ ގައިން އޭނާގެ އެއްބަނޑު 40 އަހަރުގެ އަންހެން ކޮއްކޮގެ ގަޔަށް ކަމަށެވެ.

41 އަހަރުގެ މި ފިރިހެން މީހާ އަށް ކޮރޯނާވައިރަސް އަރާފައިވާކަން އެނގުނީ ސިންގަޕޫރުގައި އޮތް ވިޔަފާރި ބައްދަލުވުމަކަށް ގޮސް، އެނބުރި މެލޭޝިޔާ އައިތަނާ ޓެސްޓު ކުރުމުންނެވެ.

މެލޭޝިޔާގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި އެ ބައްދަލުވުމަށް ޗައިނާގެ މީހުންވެސް ދިޔައިރު، ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ވުހާން ސިޓީ އިންވެސް މީހަކު އެ ބައްދަލުވުމަށް ގޮސްފައިވެއެވެ.

އެ އާއިލާގެ އިތުރު މީހުން ވައިރަސް އަށް ޓެސްޓު ކުރުމުން ނެގަޓިވް ވެފައިވާއިރު އެމީހުންނާއި އެކު ގާތްކޮށް އުޅުނު 42 މީހަކުވެސް ވަނީ ޓެސްޓު ކޮށްފައެވެ. އޭގެ ތެރެއިން ވައިރަސް އަށް ޕޮސިޓިވް ވެފައިވަނީ އެންމެ މީހެކެވެ.

އިއްޔެ އާއި ހަމައަށް މެލޭޝިޔާ އިން ޖުމްލަ 10 މީހަކު ވަނީ ވައިރަސް އަށް ޕޮސިޓިވް ވެފައެވެ. އަދި ކޮންމެ ދުވަހެއްގައިވެސް ވައިރަސް އަށް ޕޮސިޓިވްވާ މީހުންނާއި މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ.

މެލޭޝިޔާގައި އުޅޭ ހުރިހާ ދިވެހިންވެސް މި ވައިރަސް އަށް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުން މުހިއްމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    "އެންމެ ފުރަތަމަ ވައިރަސްފެތުރުނު ވުހާން ސިޓީއިންވެސް މީހަކު ގޮސްފައިވެއެވެ" މި ބޮއްތަ އް ނުދާ ތަނެއްނެތީއޭ! މެލޭގަ ތިބި ދިވެހިން އަވަހަށް ރައްކާވެތިބިއްޔާދަތުރޭ ކިޔާފަ އާދޭ!

    9
    1
  2. މީނަ

    ސިންގަޕޯރ މެލޭޝިއާަ އަދި ބެންގްކޮކް އިން އަންނަމީހުންވެސް މިހާރު ބަލަންޖެހޭ، ޗައިނާ މީހުންނަށް ކަޅި އަޅައަޅާ ހުއްޓާ ވަލުދޮރާށިން ކޮރޯނާ ވަދެދާނެ

    14
    1
  3. މާމުއި

    ބަލިން ރައްކާތެރިވުމުގެ ފިޔަވަޅު ތަކަކީ އަރިދފުސް ރޯގާއިންވެސް ރައްކާތެރިވުމުގެ ފިޔަވަޅު! ޢެއާދަ މުޖުތަމައުގައި ހަރުލެވިއްޖެނަމަ ބަލިފެތުރުމުގެ ފުރުސަތު ކުޑަވާނެ! މަގުމަތިން ހިގާފައި ދާއިރު ޚާއްސަކޮށް ބަންގްލާ ދޭޝް މީހުން މަގުމައްޗަށް ޖަހާ ކުޅު މީހުންގެ ގަޔަށްވެސް އެބަޖެހޭ! ޢެކަހަލަ އަމަލުތަކަކީ އަލިފާނަށް ޕެޓްރޯލް ޖެހުން ފަދަ އަމަލު! ޢެޗް ޕީ އޭ އިން ތެޅި ގަންނަނީ ގައިގާ ހުޅުރޯވަން ފެށުމުން! ނޭވާލުމުގެ ނިޒާމަށްޖެހޭ ބަލިތަކުން ރަޢްކާތެރިވުމުގެ މަސައްކަތް މީގެ ބާރަ ވަރަކަށް އަހަރުކުރިން ވަރަށްކުރި!