އެމެރިކާއާއި އުތުރު ކޮރެއާއާއި ދެމެދުގައި ކުރިއަށްގެންދިޔުމަށް ނިންމައިފައިވާ ވާހަކަތައް ބާއްވާނޭ ވަކި ތަނެއް ނުނިންމިފައިވާއިރު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ޕްރައިވެޓް ޖެޓްގެ ހާލަތުގެ ސަބަބުންވެސް އެކަމަށް ދަތިތަކެއް ކުރިމަތިވެއްޖެއެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމްގެ މަތިންދާބޯޓަކީ ސޯވިއެޓް ޒަމާނުގައި އުފައްދާފައި ދުވަސްވީ މަތިންދާބޯޓެކެވެ. އެ މަތިންދާބޯޓަކީ ތެޔޮ އެޅުމަށްފަހު 2000 މޭލުގެ ދުރުމިނަކަށް ދަތުރުކުރެވޭ ބޯޓެކެވެ. އެ ދުރުމިނަކީ އެމެރިކާއިން ވާހަކަތައް ބޭއްވުމަށް ބޮޑަށް އެދޭ ސަރަހައްދުތަކަށް ފޯރާވަރުގެ ދުރުމިނެއް ނޫނެވެ.
ދެން އެމެރިކާ އަދި އުތުރު ކޮރެއާއިންވެސް އެއްބަސްވާ ސަރަހައްދުތަކުގެ ގޮތުގައި ބެލެވިފައިވަނީ އުތުރު ކޮރެއާއާއި ދެކުނު ކޮރެއާގެ މެދުގައި އޮންނަ ޑީމިލިޓަރައިޒްޑް ޒޯނެވެ. އެމެރިކާއިން ޗައިނާއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ބައްދަލުވުންތައް ޗައިނާގައި ބޭއްވުމަށްވެސް ވަނީ ދަތިވެފައެވެ.
ދެން އެމެރިކާއިން ވާހަކަތައް ބޭއްވުމަށް އެދޭ ގައުމުތަކަކީ ސްވިޓްޒަލޭންޑް، ސްވިޑެން، ނޯވޭ އަދި ފިންލޭންޑްއެވެ. އެހެންނަމަވެސް މިއީ އުތުރު ކޮރެއާގެ ލީޑަރު ދަތުރުކުރުމަށް އެދޭ މަތިންދާބޯޓަށް ފޯރާ ހިސާބުތަކަށްވުރެ މާ ދުރު ސަރަހައްދުތަކެކެވެ. އުތުރު ކޮރެއާގެ ލީޑަރު އެގައުމުގެ ވެރިކަމަށް 2011 ވަނަ އަހަރު ވަޑައިގަތްފަހުން ގައުމުން ބޭރަށް ކުރި ހަމައެކަނި ދަތުރަކީ މިދިޔަ މާޗް މަސްތެރޭގައި ޗައިނާއަށް ކުރެއްވި ދަތުރެކެވެ.
ހާލަތު ހުރި ގޮތުން ތަޖުރިބާކާރުން މިހާރު ވަނީ އެމެރިކާއިން އޭޝިޔާގެ ގައުމެއްކަމުގައިވާ މޮންގޯލިއާގައި ވާހަކަތައް ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށް ލަފާކޮށްފައެވެ. އެ ގައުމަކީ ވަކި ފަރާތަކަށް ނުޖެހޭ އަދި އުތުރު ކޮރެއާގެ ލީޑަރަށް ފަސޭހައިން ދަތުރުކުރެވޭ މިންވަރުގެ ދުރުމިނެއްގައި އޮންނަ ގައުމެކެވެ. އެމެރިކާއިން ވަނީ ވާހަކަތައް ބޭއްވުމަށް މުޅިއަކު ފަސް މަންޒިލެއް ކަނޑައެޅިފައިވާކަމަށާއި އަދި އެތަނުން އެއްވެސް ތަނެއް އެއީ އެމެރިކާގެ ސަރަހައްދެއް ނޫންކަމަށް ހާމަކޮށްފައެވެ.
މޯލްޑިވްސް ކިހިނެތްވާނެބާ! އުތުރު ކޮރެޔާއިން ޗައިނާޔަށްއައިސް ތެޔޮއަޅައިގެން ރާއްޖެއަށް އާދެވޭނެ! އެކަމަށް އިންޑިޔާމަތިން އުދުހުމަށް ހުއްދަވެސްދޭނެ!
ރާއްޖެ އާދެވޭނެނުން.
މިތަނަށް އާދޭ