ކޮވިޑް-19 ޖެހިގެން އޮސްޓްރޭލިއާ އިން އިތުރު މީހަކު މަރުވެއްޖެ.

މިއީ ވައިރަސްގެ ޝިކާރަ އަކަށްވެ އެ ގައުމުން މަރުވި ދެވަނަ މީހާއެވެ.

އެގައުމުން ވައިރަސް އަށް ޕޮސިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 50ށް އަރާފައެވެ. އޭގެ ތެެރެއިން އެކެއްގެ ހާލު ސީރިއަސްކަމަަށް އެގައުމުގެ އިދާރާތަކުން މައުލޫމާތުދެއެވެ.

މިއަދު މިހައިތަނަށް މުޅި ދުނިޔެއިން ވައިރަސްގެ ސަބަބުން 57 މީހަކު މަރުވެފައިވާއިރު 1،466 މީހަކު ވަނީ ވައިރަސް އަށް ޕޮސިޓިވްވެފައެވެ.