ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ނުރަައްކާތެރި ވައިރަސް ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މިހާރު ވަނީ ކާފިއު އިއުލާން ކޮށް ގައުމު ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. މިއާއިއެކު ގެއިން ބޭރަށް ނިކުތުމަށް ބައެއް މީހުން ދަނީ ތަފާތު ގޮތްތައް ބޭނުން ކުރަމުންނެވެ.

މިގޮތުން ދާދި ފަހުން އިނގިރޭސިވިލާތުގައި މީހަކު ގަހަކަށް ވެގެން ގެއިން ނިކުންނަ ވީޑިއޯ އެއް މީސް މީޑިއާ (ސޯޝަލް މީޑިއާ) ގައި އާއްމު ވުމާއި އެކު ގިނަ ބައެއްގެ މޫނުމައްޗައް ވަނީ ހިނިތުންވުމެއް ގެނުވާފައެވެ.

އިނގިރޭސިވިލާތުގައި އާއްމުން ބޭރަށް ނިކުމެ އުޅުން މަނާ ކޮށްފައިވާއިރު، ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުދިޔުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ. ނަމަވެސް އެ ގައުމުގެ ސްޓީވެންއޭޖަށް ނިސްބަތްވާ މީހަކު ފިހާރަ އަށް ދާން ގެއިން ނިކުންނަނީ ގަހަކަށް ވެގެންނެވެ.

އެ މީހާ ގަހަކަށް ވެގެން އެތައް ފަހަރަކު ބޭރަށް ނިކުންނަ ކަމަށް އޭނާގެ އަވަށްޓެރިން މައުލޫމާތު ދޭއިރު، އެ މަންޒަރު އެމީހުން ވަނީ ވީޑިއޯވެސް ކޮށްފައެވެ. ވީޑީއޯ އިން ފެންނަ ގޮތުގައި އެ މީހާ ދަނީ ވީހައިވެސް ބޮޑަށް އެހެން ގަސްތަކާއި ކައިރިންނެވެ. އަދި ގެއަށް ވަންނަން ދާ މަގުމަތީ އޭނާ ބިންމައްޗައް ވެއްޓޭ މަންޒަރުވެސް ވަނީ ވީޑިއޯ އަށް އަރާފައެވެ.

ބައެއް މީހުން މި ދުވަސްވަރުގައި ފިހާރަތަކަށް ދާއިރުގައިވެސް މުޅި ގައި ނިވާ ކުރުމުގެ ގޮތުން އެކިއެކި ކާޓުން ކެރެކްޓާތަކުގެ މެސްކޮޓުތަކާއި ސާރު (ޑައިނަސޯ) ތަކަށް ވެގެންދާކަން ފާހަގަކުރެވެއެއެވެ. ތިރީގައި އެވަނީ ގަހަކަށް ވެގެން ބޭރަށް ނިކުތް މީހާގެ ވީޑިއޯއެވެ.

https://youtu.be/glYAQRDzUxI

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކިޔާރާ

    ހަހަހަ...ނަސީނެއްނުން ބިރުވެރި އެއްޗަކަށް ވެގެން ނުދިޔަކަން.

    20
  2. Anonymous

    ބަޔަކު ތިގަސް ކޮށާ ނުލާފިއްޔާވެއްޖެ

    26
    1
  3. ދޮންކަނބުލޮ

    ޟިއިންވެސް ދޭހަވަނީ އިންސާނާ މިނިވަންކަމށް ބޭނުންވާ ވަރު.

    5
    1
    • ދދދދދ

      މިނިވަންކަމަށް ހައްދެއް އޮންނަކަންވެސް އެބައެނގޭތާ