ކޮވިޑް-19 އާ ގުޅިގެން މުސްލިމުން ރޯދަ މަސް ހޭދަކުރާ ގޮތުގެ ސީރީޒްތަކެއް ފޭސްބުކް އާއި ސީއެންއެން އިންޓަނޭޝަނަލް ގުޅިގެން ތައްޔާރު ކުރަން ފަށައިފިއެވެ.

މި ސީރީޒް އަކީ 10 ބައެއްގެ މައްޗަށް އެކުލަވާލެވޭ ސީރީޒްއެކެވެ.

"ސްޓޯރީސް އޮފް ރަމަޟާން"ގެ ނަމުގައި ކުރިއަށް ގެންދާ މި ސީރީޒްގައި ހިމެނޭނީ ފަސް ވަރަކަށް މިނިޓްގެ ކުދި އެޕިސޯޑްތަކެކެވެ.

މި ސީރީޒްގައި މުސްލިމް މުޖުތަމައު އާއި އާއިލާތަކާއި މުސްލިމުންގެ އުންމީދާއި މެދު ވާހަކަ ދެކެވޭނެއެވެ. އަދި ކޮވިޑް-19 އަށް ފައްސިވާ ހާލަތުގައި މުސްލިމުން ރޯދަ މަހުގައި އަމަލުކުރާ ގޮތް ވެސް ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ސީރީޒް އާދިއްތަ ދުވަހު ފަށާފައިވާ އިރު، ރޯދަ މަހުގެ ނިޔަލަށް މި ސީރީޒް ކުރިއަށް ދާނެއެވެ.

މި ސީރީޒްގައި ގެންނަ ވާހަކަތަކުގައި މީހުންގެ ތަޖުރިބާ ގެންސްިނުމުގެ އިތުރުން މުސްލިމުންގެ އިހުސާސްތައް ވެސް ގެނެސްދޭނެއެވެ. މި ވީޑިއޯތައް ސީއެންއެންގެ ފޭސްބުކް ޕޭޖުގައި ވެސް ގެނެސްދޭނެއެވެ. އަދި ފޭސްބުކް ޑިސްކަވަރެބްލްގައި #RamadanTogether ގެ ދަށުން އެ ސީރީޒްތައް ފެންނަން ހުންނާނެއެވެ.

ސީއެންއެންއާ އެކު ފޭސްބުކުން ފެށި މި މަސައްކަތަކީ ރޯދަ މަހު ފޭސްބުކުން ކުރަމުންދާ ނުވަ ޕްރޮޖެކްޓުގެ ތެރެއިން އެއް ޕްރޮޖެކްޓެވެ.