ހަލުވިކަމާއެކު މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅުންހުރި ބައްޔެއް ދުނިޔޭގައި ފެތުރެން ފަށާފައިވާ ކަމަށް ސިއްޙީ ތަޖުރިބާކާރުން ބުނަން ފަށައިފިއެވެ.
މި ބަލި މިހާރު އިޓަލީ އާއި އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކަމަށް އެޤައުމުތަކުގެ ސިއްޙީ ތަޖުރިބާކާރުން ހާމަކޮށްފައި ވާއިރު، މިއީ ކޮވިޑް-19 އާއި ގުޅުންހުރި ބައްޔެއްކަން ހާމަވާ ހެކިތައް ފެންނަމުންދާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
ކޮވިޑް-19 އާއި ޚިލާފަށް ކުޑަކުދިންނަށް ނުރައްކާ ބޮޑު މި ވައިރަސް މިހާރުވެސް މި ދެޤައުމުގެ ގިނަ އަދަދެއްގެ ކުދިންނަށް ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެތެރޭގައި ގިނައީ އުމުރުން 9 އަހަރުން ދަށުގެ ކުދިންނެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި މި ވައިރަސް އަކީ ކުޑަކުދިންނަށް ޖެހޭ "ކަވަސާކީ" ބައްޔާއި އެއްގޮތް ބައްޔެކެވެ. އަވަހަށް ފަރުވާ ނުކުރެވިއްޖެނަމަ ފުރާނައަށްވެސް ނުރައްކާ ކުރާ މި ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ހަށިގަނޑުގައި ލޭދައުރުކޮށްދޭ ނާރުތަކާއި ހިތަށެވެ.
އިނގިރޭސިވިލާތާއި އިޓަލީގެ ޑޮކްޓަރުން ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، އެޤައުމުތަކުން މި ބަލި ޖެހިގެން މަރުވާ ކުދިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން މިއީ ކޮވިޑް-19 އާއި އެއްފަދަ ނުރައްކާ ބޮޑު ބައްޔަކަށް ވެދާނެތީ އެފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޑޮކްޓަރުން ބުނެފައިވާ ގޮތުގައި މި ބައްޔަކީ ސީދާ ކޮން ސަބަބަކާއި ގުޅިގެން ޖެހޭ ބައްޔެއްކަން އަދި ހޯދިފައިނުވާ ކަމަށެވެ. އަދި ބަލީގެ އަސްލަކީ ކޮވިޑް-19 ކަންވެސް އަދި ޔަޤީން ކުރެވިފައި ނުވާއިރު، ބަލި ޖެހުނު ކުދިންގެ ތެރޭގައި ކޮވިޑް-19 އިން އިންފެކްޓުވެފައި ތިބި ކުދިންނާއި އެ ބަލީގެ އަލާމާތް ނެތް ކުދިން ހިމެނޭ ކަމަށް ޑޮކްޓަރުން ބުނެއެވެ.
ނަމަވެސް މި ބަލި އިތުރުވާން ފަށާފައި މިވަނީ ދުނިޔޭގައި ކޮވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި ކަމުން، މިއީ ކޮވިޑް-19 އާއި ގުޅުންހުރި ބައްޔެއްކަމަށް ބެލެވޭ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ. މިހާތަނަށް އިޓަލީ އާއި އިނގިރޭސިވިލާތުން ގިނަ އަދަދެއްގެ ކުދިންނަށް މި ބަލި ޖެހިފައިވާކަން އޮފިޝަލުން ހާމަކޮށްފައި ވީނަމަވެސް، ބަލި ޖެހުނީ ކިތަށް ކުދިންނަށް ކަން އަދި ހާމައެއް ނުކުރެއެވެ.
ތިކޮންކަމެއް އަނެއްކާ!!?
އެއީ އެކުދީންގެ މައިންބަފައިން ދީނުގެ ކަންކަމަށް ހުރުމަތް ނުބަހަށްޓާތީ
ތި ބަލީގެ އަލާމާއްތައް ލިޔެލިނަމަ. އެދޯ އަހުން ބޭނުންވާނީ. އެއްޗަކަށް އެއްޗެއް. މި ކަޑަ
ޗައިނާއިން ނުފެންނަނަމަ ކޮވިޑް19 އާއި ގުޅުން ކިޑަކަމަށްބެލެވޭ...
އޯކޭ. އެކްސްޕާޓް ބުނީމަ ގަބޫލު ކުރީމި
ކާފަރު ގައުމުތަކުން އިސްލާނީ ގައުމުތަކުގެ ކޮންމެ ދުވަހަކު ކިތައްކުޑަކުދީން އެމަރަނީ. އަދި މަރު ނުވެ ނުކުޅެދޭ ކުދީނަށް ކިތައްކުދީން ވެއްޖެ.
سبحان الله!!
މީގަ އޮތީ ނަމާދު ކޮށްގެން ގިނަގިނައިން މާތްﷲއައް ދުޢާ ކުރުން.. މާތްﷲ މިފަދަ ހުރިހައި ނުރައްކާތެރި ބަލިތަކުން އަޅަމެން ސަލާމަތް ކުރައްވާށި.. އާމީން....
އެއްފަހަރު ކޮވިޑާ ގުޅުން ހުރި، އަނެއްފަހަރު ހެކިތަކެއްހުރި. ދެން ލަފާކުރެވޭ. މީ ކޮންކަހަލަ ޚަބަރެއް؟
?????
އޯކޭ. އެކްސްޕާޓް ބުނީމަ ގަބޫލު ކުރީމި
????ވަރަށް ދެރަވެއްޖެ...ވައް ކަން ކުރުމާ ފޭރުމާ އިންސާނުން ކުޜާ ކަންކަމުން ދެއްވާ އަޒާބު މީ