ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެޗްއައިވީ ފެތުރުން މަދުވެއްޖެ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ކްލިނިކަކުން ބުނީ ކޮވިޑް-19 އާއި ގުޅިގެން އެގައުމު ފުރަބަންދު (ލޮކްޑައުން) ކުރުމާއި އެކު އެޗްއައިވީ ފެތުރެން ހުރި މަގުތައް ވަރަށް ބޮޑަށް ބަންދުވެފައިވާ ކަމަށެވެ. އެޗްއައިވީ އެއްމެ އާއްމުކޮށް ފެތުރެނީ އެޗްއައިވީ ޖެހިފައި ހުރި މީހަކާއި ޖިންސީ ގުޅުން ހިންގުމުގެ ތެރެއިންނެވެ.
ލަންޑަންގެ ކްލިނިކުން ބުނީ ރައްކާތެރިކަމެއް ނެތި ޖިންސީ ގުޅުން ހިންގުން މަދުވެ، އެޗްއައިވީ ފެތުރުމުން މިހާރު މަދުވެފައިވާ ކަމަށެވެ. މިބަދަލު އަންނާނީ ހަމައެކަނި އިނގިރޭސިވިލާތުގައި އެކަނި ނޫން ކަމަށާއި ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު އެޗްއައިވީ ފެތުރުން މަދުވެފައި ވާނެ ކަމަށް ވެސް އެ ކްލިނިކުން ބުނެއެވެ.
ލަންޑަންގެ ކްލިނިކުން ވަނީ މިދުވަސްވަރު ގޭގައި ތިބޭއިރު އަމިއްލައަށް އެޗްއައިވީ އަށް ޓެސްޓް ކުރުމަށް ވެސް އެދިފައެވެ. އަމިއްލައަށް އެޗްއައިވީއަށް ޓެސްޓް ކުރެވޭނެ ކިޓްތައް ދުނިޔޭގެ ގިނަ ގައުމުތަކުގައި ހުރެއެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ވެސް ދުނިޔޭގައި އެޗްއައިވީ ޖެހިފައި ތިބި 37.9 މިލިއަން މީހުން ތިބޭނެއެވެ. ހަމައެކަނި 2018 ވަނަ އަހަރު ވެސް 1.7 މިލިއަން މީހުންނަށް އެޗްއައިވީ ޖެހުނެވެ.
އަދި ބޭހެއް އުފެއްދިފައި ނުވާ އެޗްއައިވީ ފެތުރޭ މިންވަރު ފާއިތުވި އަހަރުތަކުގައި ވަނީ ކުރިއާއި އަޅައި ބަލާއިރު ވަރަށް ބޮޑަށް މަދުވެފައެވެ. އެއީ އެންމެ އާއްމުކޮށް އެޗްއައިވީ ފެތުރޭ ގޮތް ކަމަށްވާ ރައްކާތެރިކަމެއް ނެތި ޖިންސީ ގުޅުން ހިންގުން މަދުވަމުން ދިއުމާއި ގުޅިގެން ކަމަށް ދިރާސާތަކުން ދައްކައެވެ.
ފާހިޝް ކަންތަކާއި ޑްރަގުނެގުން މަދުވީމާ އެހެންވާނެ!
މީ އެނެއްމޮޔަމީހުން ލޮކުޑައުންކޮށްފަ އޮއްވަކަ ނުދެވޭނެދޯ ގުޅުންހިންގާކަށް.
ޒިނޭ އާއި ބަދު އަޙުލާޤީ މަސައްތަކަތް ނުކުރެވެންޏާ މަދުވާނެއެއްނު!! އެއީ ދިރާސާއެއް ކުރަންޖެހޭ ކަމެއް ނޫން