އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ޓީމުން ބުނެފިއެވެ.

ޓްރަމްޕްގެ ކެމްޕޭން މެނޭޖަރ ބިލް ސްޓެފިން ދެންމެ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ވިސްކޮންސަންގެ ނަތީޖާ ގަބޫލު ނުކުރެވޭނެ ކަމަށާއި ވިސްކޮންސަންގެ އަވަށްތަކުގައި ވޯޓު ގުނުމުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް ހިނގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ވިސްކޮންސަންގެ %99 ވޯޓް ގުނައި ނިމުނުއިރު %49.5 އިން ކުރީގައި އުޅެނީ ބައިޑަންއެވެ.

ޓްރަމްޕްގެ ކެމްޕޭން މެނޭޖަރު ބުނީ ވިސްކޮންސަންގެ ވޯޓް އެއްކޮށް ގުނައި ނިމުމާއިއެކު އެ ސްޓޭޓްގެ ވޯޓް އަލުން ގުނަން ޓްރަމްޕްގެ ފަރާތުން ރަސްމީކޮށް އިލެކްޝަންސް ކޮމިޝަންގައި އެދޭނެ ކަމަށެވެ.

ވިސްކޮންސަން ކާމިޔާބު ކުރާ ކެންޑިޑޭޓަކަށް 10 އިލެކްޓޯރަލް ވޯޓް ލިބޭނެއެވެ. މިހާރު ނަތީޖާތައް ލިބެމުންދާ ގޮތައް ބަލާއިރު ވިސްކޮންސަން ކާމިޔާބު ކުރާ ކެންޑިޑޭޓަކު އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ވިސްކޮންސަންގެ ވޯޓް އަލުން ގުނަން ޓްރަމްޕް ހުށަހަޅައިފިނަމަ ވިސްކޮންސަންގެ ނަތީޖާ އިއުލާން ކުރުން ހަފްތާއެއްހާ ދުވަހަށް ލަސްވެގެން ދިއުން އެކަށީގެންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ވިސްކޮންސަންގެ ނަތީޖާ އާއިމެދު ޓްރަމްޕްގެ ކެމްޕޭން ޓީމުން ސުވާލު އުފެއްދި ނަމަވެސް އެ ސްޓޭޓްގެ ވޯޓް ގުނުމުގައި ވެސް މައްސަލައެއް އުފެއްދިފައިވާ ކަމަކަށް އެއްވެސް މީޑިއާއަކުން ނުބުނެއެވެ.

އަދި ޓްރަމްޕްގެ ކެމްޕޭން ޓީމުން ވެސް މިހާތަނަށް ވިސްކޮންސަންގެ ވޯޓް ގުނުމުގައި ހިނގަމުން ދަނީ ޤާނޫނާއި ހިލާފު ކޮންކަމެއް ކަން ބުނެދީފައެއް ނުވެއެވެ.

ޓްރަމްޕް އިންތިޚާބުން ބަލިވެއްޖެނަމަ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ކުރިއްސުރެ އޮތީ ބެލެވިފައެވެ. ޓްރަމްޕް ވެސް ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރަން އޭނާ ދެކޮޅު ހަދާނެ ކަމަށް މީގެ ކުރިން އެތައް ފަހަރަކު އިޝާރާތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާއަލީ

    ލައިކް ޔާމީންދޯ

    8
    17
    • ހަޖަމް

      ލައިކް އާފްޓަރ 3 އިޔާސް ފަހުން ހުރޭވާގޮތް ބަލަން

  2. ނިޒާމް

    ކުރިންވެސް އެނގޭ ތިހެން ކަލޭ ހަދާނެކަން މިރާއްޖޭގައި ވެސް އެބަ އުޅޭ ތިކަހަލަ މީހެއް. 2023ގައި
    އޮންނަ ދިވެހި އިންތިޚާބު ނާކާމިޔާބު ވިއްޖިއްޔާ އެގޮލާ
    ވެސްހަދާނީތިހެން

    16
    2
  3. ޔާމީން

    އީސީ ސަރީފޫ.....

  4. ހަސަދު

    ހަމަ މިކަހަލަ ރައީސަކު އެއްއިރެއްގައި ދިވެހިރާއްޖޭގައި ވެސް އުޅުނު. އެބޭފުޅާގެ ތަފާތަކީ ކުނަފުނި ތަކުގެ އެތައްފައިސާ އެއް ނެންގެވިއޭ ބުނާތީ އަޑުއިވޭ.

  5. ކާކު

    އެމް،ޑީ؛ޕީ ސަރުކާރުން ތިޔަހެން ހަދާނެ.އެވެރިންނަކައް ހަޖަމެއް ނުވާނެ