އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެންއަށް މަރުހަބާ ވިދާޅުވެ، ޕަލާސްތީނާއި-އެމެރިކާ ގުޅުން ވަރުގަދަ ކުރުމަށް ފަލަސްތީންގެ ރައީސް މަހްމޫދް އައްބާސް ގޮވާލައްވައިފިއެވެ.
ފަލަސްތީންގެ ރައީސް މަހްމޫދް އައްބާސް ބެއިޑެންއަށް ފޮނުއްވި މެސެޖްގައި ވިދާޅުވެފައި ވަނީ، އިންތިހާބީ ރައީސް ބެއިޑެންއަށާއި، ނައިބް ރައީށް ކެމަލާ ހަރިސްއަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
އަދި ބެެއިޑެން އާއި އޭނާގެ އެޑްމިނިސްޓްރޭޝަންގެ ދަަށުން ފަލަސްތީނާއި، އެމެރިކާގެ ގުޅުން ވަރުގަދަކުރުމަށް އެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
"އަދި އެ ގުޅުމުގެ ދަށުން ދުނިޔެއާއި މެދު އިރުމަތީގެ ހަމަޖެހުމާއި، ސުލްހައާއި އަމާންކަން ގެނައުމަށް މަސައްކަތް ކޮށްދިއްްވުމަށް ގޮވާލަން". މަހްމޫދް މެސެޖުގައި ވިދާޅުވިއެވެ.
ފާއިތުވެދިޔަ ތިން އަހަރެއްހާ ދުވަސް ތެރޭގައި ފަލަސްތީނުން ތިބީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކިވެ، އަލުން އެމެރިކާއާ ދެމެދު ގުޅުން ގާއިމް ކުރުމަށް އުއްމީދުކޮށްގެންނެވެ.
ޓްރަމްޕް އެމެރިކަގެ ރައީސް ކަމަށް އައިފަހުން، ފަލަސްތީނާއި އޮތް ގުޅުން ވަަރަށް ބޮޑަށް ހީނަރުވިއެވެ. އަދި އެމެރިކާއިން ގެންދިޔައީ ފަލަސްތީނަށް ގެއްލުންދެމުންދާ މީހުންނާއި ގުޅުން ގާއިމް ކުރަމުންނެވެ.
އެގޮތުުން މީގެ ތިން އަހަރެއްހާ ދުވަސް ކުރިން އައްބާސް ވަނީ ޓްރަމްޕްގެ ވައިޓް ހައުސްއާ އޮތް ގުޅުން ކަނޑާލާފައެވެ. އެ ގުޅުން ކަނޑާލާފައި ވަނީ ގުދުސް އަކީ އިސްރާއީލްގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަތުމާއި ގުޅިގެންނެވެ.
ބައިޑެންގެ އެވަރުގެ ރަޙްމެއް ހުރިއްޔާ މުސލިމުންގެ މުގައްދަސް އެއްބިނާ ކަމުގައިވާ އަގްސާ މިސްކިތް ހުރި ބިމުން އެމްބަސީ ނަގާބަލަ ކެރޭނެތަ؟ޓްރަމްޕް ކަހަލަ މީހަކަށް ނުވެއްޖެއްޔާ ރަނގަޅު އެސިފައިގަ ފެންނަން ނޭދެން
އިޒްރޭލް ކައިރީ ޓްރަމްޕެއް ބައިޑަން އެއް ނޯންނާނެ. ޖެހޭނީ ބޯލަބައި އާބަސް ކިޔަން
އެމެރިކާގެ ރައީސްކަންކުރައްވާފަރާތަކީ އެއްވެސްއިރެއްގައި މުސްލިމުންނާ، މުސްލިމްގައުމުތަކަށް
ހެޔޮއެދޭފަރާތްތަކެއްކަމަށް ގަބޫލްކުރަން ވަރަށްދަތި ނަމަވެސް މިފަހުން އެމިރިކާގެ ރައީސްކަން
ކުރެއްވި ޓްރަންޕް މުސްލިމުންނާ، މުސްލިމްގައުމުތަކާ ވަރަށްތަފާތު އެއީ މުސްލިމުންގެ ވަރަށް
މުގައްދަސް ތަނެއްކަމުގައިވާ ގުދުސް އިސްރާއީލްގެ ވެރިރަށްކަމުގައި ބަލައިގަތުމާ، އެމެރިކާގެ
އެމްބަސީ އެބިމަށް ބަދަލުކުރުމާ އަދިވެސް ........ ބައިޑެން މުސްލިމުންގެކަންކަމަށްވިސްނަވާނެ
ކަމަށް އުއްމީދުކުރެވޭ ނަމަވެސް އިޒްރޭލުގެ ނުފޫޒްގަދަވާނެކަން ބައިޑެންވެސް ވިސްނަވާނެ
ނަމަވެސް ހުރިހާކަމެއްފުއްދަވަފަރާތަކީ ﷲ ޓްރަންޕްކިތަންމެބާރުގަދަވެގެން އުޅުއްވިއަސް އޭނާއަށްޖެހުނުހާލުން މިފަދަފަރާތްތައް އިބްރަތްހާސިލް
ސައުދީ އަރަބިއްޔާގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަންޖެހޭ މުސްލިމުންގެ ދިފާއުގަ ބަހެއްނުބުނެ ކާފަރުންނައް ބޯލަނބައިގެން ދުނިޔެއާހެދި އުޅެން ހަދައިގެން މުސްލިމުންގެ ބާރެއް ނެތިފަ ތިބެންމިޖެހެނީ ގުދުސް ސަލާމަތެއްނުވާނެ އެމެރިކާގެ އެއްވެސް ވެރިޔަކައް އަލް މަހުދީގެފާނު ޒަމާނުގަ ތިކަންވާނީ ތެލާފެނާ އެކެއްނުވާނެ އެފަދައިން ތިކަމެއްނުވާނެ