ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 508 މީހަކު މަރުވެއްޖެ އެވެ.

ރަޝިއާއަކީ ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެ ގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އުޅެނީ 20،000 އަށްވުރެ މަތީގައެވެ.

ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި،އެ ގައުމުގައި ކޮވިޑް-19 ޖެހިގެން ޖުމްލަ 42،684 މީހަކު ވަނީ މަރުވެފައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު، އެ ގައުމުން 28,782 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު އެއް ދުވަސް ތެރޭގައި މިހާ ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވެ އެ ގައުމުގައި ރެކޯޑް ވަނީ ހަދާފައެވެ.

އެ ގައުމުގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2,431,731 އަށް އަރާފައެވެ.

ރަޝިއާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައް ހިފެހެއްޓުމެއް ނެތި ދަނީ މައްޗަށެވެ. އެ ގައުމުން މިހާރު ދަނީ ކޮވިޑް-19 ވެކްސިން ދިނުމަށް ބޮޑު ޕްރޮގްރާމެއް ފަށައިފައެވެ. އަދި އެ ގައުމުގެ ގިނަ ބަޔަކަށް ވެކްސިން ދޭން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް ވަނީ އަމުރު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ....

    ޢެއީ ކޮންމެ 250000 މީހަކަށް އެކަކު...އެތަނުގެ އާބަދީގެ މިންވަރަށް ބަލާއިރު އެއީ ކަން ބޮޑު ާން ޖެހޭ މިންވަރެއްނޫން.......ކޮވިޑް19 އަކީ ނުރައްކާތެރި ބައްޔެއް ކަމަށް ދުނިޔޭގެ ގިނަމީހުން މިހާރަު ގަބޫލު ނުކުރާކަން އެއީ ފެންނަމުންދާ ހަގީގަތް...ގައުމުތަކުގެ ބޯޑުން ގުޅިގެން ކުޅެން އުޅުނު ގޭމް ފްލޮޕްވާތަން އެބަފެނޭ