އެމެރިކާގައި ނޮވެމްބަރ މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް ބަދަލެއް ގެނެވޭތޯ ފާއިތުވި މަހެއްހާ ދުވަހު ތަފާތު ގިނަ މައްސަލަތަކެއް ކޯޓުތަކަށް ހުށަހަޅައިގެން އެއްވެސް ކާމިޔާބެއް ނުލިބުނު ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް އިންތިޚާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދައިފިއެވެ.

ސެނެޓަށް މެންބަރުން އިންތިޚާބު ކުރަން ބޭއްވި އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް %50 ނުލިބުމުން ޖޯޖިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެނެޓްގެ ދެވަނަ ބުރުގެ ވޯޓަށް ކެމްޕޭން ކުރަން ޖޯޖިއާއަށް ގޮސް ސަޕޯޓަރުންނާއި ބައްދަލުކޮށް ޓްރަމްޕް ބުނީ އިންތިޚާބު އޭނާ އަށް ކާމިޔާބު ވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.

އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އަދިވެސް ޓްރަމްޕް އަށް އެބައޮތް ކަމަށް އޭނާ ބުނި ނަމަވެސް އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޓްރަމްޕް ދައްކަމުން ގެންދާ ވާހަކަތަކަށް ބާރުލިބޭ އެއްވެސް ހެއްކެއް އަދި މިހާތަނަށް ޓްރަމްޕްއަށް ދެއްކިފައެއް ނުވެއެވެ. އެހެންކަމުން އެއްވެސް ސްޓޭޓެއްގެ އިންތިޚާބުގެ ނަތީޖާ އަނބުރާލެވިދާނެ ފަދަ ނިންމުމެއް ކޯޓަކުން ނިންމަފާނެ ކަމަކަށް އެމެރިކާގެ ތަޖުރިބާކާރުން ލަފައެއް ނުކުރެއެވެ.

އަދި މިހާރު ރަސްމީ ނަތީޖާތައް އިއުލާންކޮށް ނިމިފައިވާ ދާއިރާތަކުގެ ނަތީޖާ ދައްކާ ގޮތުން ވެސް ބައިޑެން އަށް ވަނީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ ވަރަށް އިލެކްޓޯރަލް ވޯޓް ލިބިފައެވެ.

ޓްރަމްޕް ބުނީ އެމެރިކާގައި ކޮވިޑް-19 ހާލަތު ގޯސްވަމުންދާ ކަމަށާއި ނަމަވެސް ޖޯޖިއާގެ ސެނެޓް އިންތިޚާބު ކުރިއަށްދާއިރު ގޭގައި އާއްމު ރައްޔިތުން ތިބުން އެއީ "ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ވެސް އިންތިޚާބު ވަގަށް ނަގައިގެން ތިބެން ފަހިކޮށްދޭ ފުރުސަތެއް" ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ވައިޓް ހައުސް ދޫކޮށްލާކަން. އަދި 2024 ވަނަ އަހަރު އަންނަންދެން އަލުން ވައިޓް ހައުސްއަށް ވަނުން މަޑުކުރާކަށް ވެސް. އަޅުގަނޑު ބޭނުން ވަނީ ކުރިއަށް އޮތް ތިން ހަފްތާ ދުވަސްތެރޭގައި މިކަން ނިމެން." ޓްރަމްޕް ބުންޏެވެ.

ސެނެޓްގެ އިންތިޚާބުގައި ދެދާއިރާއެއްގެ މެންބަރުންނަށް %50 ވޯޓް ކާމިޔާބު ނުކުރެވި ދެވަނަ ބުރެއްގެ ވޯޓް ކުރިއަށް ގެންދަން ވަނީ ޖެހިފައެވެ. މިހާތަނަށް ރިޕަބްލިކަން ޕާޓީ އިން 50 ގޮނޑި ކާމިޔާބު ކޮށްފައި ވާއިރު ދެވަނަ ބުރުގެ ވޯޓު ނަގާ ދެދާއިރާގެ ތެރެއިން އެންމެ ދާއިރާއެއް ކާމިޔާބު ކުރިނަމަވެސް ސެނެޓްގެ އަޣުލަބިއްޔަތު ބައިޑެންގެ ވެރިކަމުގައި އިދިކޮޅު ޕާޓީއަކަށް ވާނެ ރިޕަބްލިކަން ޕާޓީ އަށް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަމަލު ފޮޑި

    ފައްކާ ޖުހާ...

    6
    1
    • ސާމިޔާ

      ބޮޑު މަ ރުމޯލެއް!! ތީނަޔަށްނޭގޭނެ ތެޔޮނާށި ކާޅުޖަހާގަތަސް ..

  2. ރިހާކުރުކުޑޭ

    ކުރެވިދާނެ!! ކުރެވޭނެ!! ދޫނުކުރާތި!! ހިފަހައްޓާލާތި!! ތި ޔައީވާ ވަރެއްގެރައީސެއް!! ޑިމޮކުރަސީގެ އުސްތާޒެއް!! ޑިމޮކުރަސީގެ މުދިމު!!

    5
    1
  3. އަޙްމަދް

    މިމީހާގެ މިސާލަކި ކަންފަތް މަތީ ޖަހާވައްޓާލީމަ ތެދުވެ ދެން ނިކަން ޖަހާބަލަށެވެ ބުނާމީހަގެ މިސާލެވެ.