އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުގެ ސައްހަކަން ކަށަވަރުކޮށްދެވޭނެ ކޯޓެއް އެމެެރިކާ އަކު ނެތް ކަމަށް އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕު ބުނެފިއެވެ.

ޓްރަމްޕު ކުރި ޓްވީޓެެއްގައި ބުނެފައި ވަނީ، އިންތިހާބުގެ ސައްހަކަމާއި މެދު ހިތް ހަމަ ނުޖެހި ޓްރަމްޕުގެ ފަރާތުން އެގައުމުގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނުބެލުމަކީ މުޅި ގައުމަށް ލިބުނު ލަދެއް ކަމަށެވެ. ޓްރަމްޕުގެ ފަރާތުން ވަނީ އެމެެރިކާގެ ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ ހަތަރު ސްޓޭޓެއްގެ ވޯޓު އަލުން ނެގުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެެ.

އަށާރަ ސްޓޭޓެއްގެ އެޓާނީންނާއި، ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ 106 ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ތާއިދުކޮށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުބަލާނެ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ވަނީ އަންގައިފައެވެ.

ޓްރަމްޕް ގެންދަނީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ ތަކުރާރުކޮށް ވާހަކަ ދައްކަމުންނެވެ. ނަމަވެސް ޓްރަމްޕް ކުރާ ތުހުމަތުތަކަށް ބާރުލިބޭ އެއްވެސް ހެއްކެއް އަދި މިހާތަނަށް ދެއްކިފައެއް ނުވެއެވެ. އެހެންކަމުން އިންތިޚާބާ ގުޅޭ ގޮތުން ޓްރަމްޕް މިހާތަނަށް ކޯޓަށް ހުށަހެޅި އެއްވެސް މައްސަލައެއް ވެސް އަދި ޓްރަމްޕް ކޮޅަށް ނިމިފައެއް ނުވެއެވެ.

މިހާތަނަށް ކޯޓަށް ހުށަހެޅި މައްސަލަތަކުން ޓްރަމްޕް އަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިފައި ވީނަމަވެސް ޓްރަމްޕްގެ ގާނޫނީ ޓީމުން ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު މައްސަލަތައް ކޯޓަށް ހުށަހެޅުމަށް ގާނޫނީ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޓްރަމްޕް އިންތިޚާބުން ބަލިވެއްޖެ ކަމަށް އެއްބަސްނުވި ނަމަވެސް ޓްރަމްޕް މިހާރު ވަނީ 2024 ވަނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ބައެއް އަރިސް މުވައްޒަފުން ކައިރީ ބުނެފައި ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. މިއީ އެމެރިކާގެ ރައީސެއް އެއް އިންތިހާބު ނާކާމިޔާބުވުމަށް ފަހު ދެވަނަ ފަހަރަށް އިންތިހާބަށް ވާދަކުރާނެކަމަށް އިއުލާންކުރި ފުރަތަމަ ފަހަރެވެ.

އިންތިޚާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހެދުމުގެ އިތުރުން ޓްރަމްޕް ވަނީ ވެރިކަމުގެ ބާރުތައް ބައިޑެން އާއި ހަވާލު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދަން ވެސް ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަދު

    ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓް،

  2. ޅިންކްސް

    އަބްދުއްﷲ ސަޢީދާ އަލީ ޙަމީދު އެމެރިކާގެ ސުޕްރީމް ކޯޓަށް ޢައްޔަންކުރޭ އެއިރުން އިލެކްޝަން ބާތިލުކަމުގެ އަމުރުނެރޭނެ
    ޢަދި ބައިޑަންގެ ބައެއް ވޯޓްކަރުދާސްކޮޅުތައް އަންދާލާފަ އިތުރަށް ވޯޓުގުނަން ޢަންގާ، މިކަން ކުރެވޭނީ ޝަރީފު އެކޮޅަށް ގެންގޮސްގެން

    3
    1
  3. ހަވާސާ އިބޫ

    ތިމައްސަލަ ދިވެހިރާއްޖޭގެ ސްްޕްރިމްކޯޓަށް ވައްދާ އެރެން ވިދާޅުވާގޮތަށް ނިންމަދޭނަން

  4. ލާހޫރޭ

    ކަލޯ ޓްރަމްޕޫ.. އަންނި ހެދިހެން ފަނޑިޔާރު ވަގަށް ނުނަގާތިި