އިންޑިއާ ސިފައިންގެ އޮފިސަރަކު އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއްގެ އަނބިމީހާ ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި މިއަމަލު ހިންގާފައި ވަނީ ކާނަލް ރޭންކްގެ ސިފައިންގެ އޮފިސަރެކެވެ. ރޭޕް ކުރި އަންހެން މީހާ އަކީ ރަޝިއާ މީހެކެވެ. ނަމަވެސް އިންޑިއާ މީހަކާއި ކައިވެނި ކޮށްގެން އޭނާ އިންޑިއާގައި ދިރިއުޅެމުން އަންނަތާ މިހާރު ދިހަ އަހަރު ވެއްޖެއެވެ.
މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވާ ގޮތުގައި ސިފައިންގެ ކާނަލް އަންހެން މީހާ ރޭޕް ކޮށްލާފައި ވަނީ އަންހެން މީހާގެ ފިރިމީހާއަށް މަސްތުވާއެއްޗެއްދީ އޭނާ ހޭނައްތާލުމަށް ފަހުއެވެ. އަންހެން މީހާ ރޭޕް ކޮށްފައި ވަނީ ސިފައިންގެ މަރުކަޒެއްގައި ހުންނަ އޮފިސަރުންގެ މެސްރޫމްގައެވެ.
"ސިފައިންގެ އޮފިސަރު އޭނާގެ ރަހުމަތްތެރިޔާ އާއި ރަހުމަތްތެރިޔާގެ އަނބިމީހާ އަށް ދައުވަތު ދިނީ އޭނާ ކާނަލެއްގެ ރޭންކަށް ޕްރޮމޯޓް ވުމުން އެކަމުގެ އުފާފާޅުކުރަން ބާއްވާ ޕާޓީއަކަށް. ޕާޓީއަކަށް ގެންގޮސްފައި އޭނާ މިއަމަލު ހިންގި ކަމަށް ތަޙްޤީޤަށް މިހާތަނަށް ފާހަގަ ކުރެވިފައި ވަނީ." ފުލުހުންގެ ތަރުޖަމާނަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
ސިފައިންގެ ކާނަލްގެ މައްޗަށް ކުރެވޭ ތުހުމަތާއި ގުޅިގެން އޭނާ މިހާރު ވަނީ ރަސްމީ ޒިންމާތަކުން ދުރުކޮށް ސަސްޕެންޑް ކޮށްފައި ކަމަށް އިންޑިއާގެ އަސްކަރިއްޔާ އިން ބުނެއެވެ. އިންޑިއާގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި މިމައްސަލައިގައި ސިފައިންގެ އެތެރޭގެ ތަޙްޤީޤެއް ވެސް ކުރިއަށް އެބަދެއެވެ.
އަންހެން މީހާ ރޭޕް ކުރި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުން ގެންދިޔަ ނަމަވެސް ކާނަލް އަދި މިހާތަނަށް ހައްޔަރު ކޮށްފައެއް ނުވެއެވެ.
އިންޑިއާ އަކީ މުޅި ދުނިޔެ އަށް ބެލި ނަމަވެސް ރޭޕް ކުރުމާއި އަންހެނުންނަށް ޖިންސީ ގޯނާ ކުރުން އެންމެ ގިނަ އެއްގައުމެވެ. އިންޑިއާގައި ހިނގާ މިފަދަ ހާދިސާތަކުގައި އިންސާފު ލިބޭ މިންވަރު ވަރަށް މަދެވެ.
މާރިޔަތޫ ވިސްނައިގެން އުޅޭތި. ކަނބުލޮއަށް ނުވެސް އެނގޭނެ އެކަމެއް ކޮއްފަ އެވެރިން ދާއިރުވެސް
ރޭޕިސްތާނުގާ(ބުދުތަކުގެ ދުނިޔެ) މިފަދަ ކަންތައް ގިނަވަނީ އެމީހުން ޤަބޫލުކުރާ ނުބައި ޢަޤީދާތައް ޕްރޮމޯޓްކޮއް ބޮލީވުޑްގައި އުފައްދާ ފިލްމުތަކުން ހިތްވަރުލިބިގެނާއި ބިން ފަސާދަކުރަމުންދާ އެތަނުގެ ވެރިންގެ ވަޟައީ ޤާނޫނުތަކުގެ ސަބަބުން.. އެވަރުގެ ޖާހިލުތަނެއްގާ ދާދި ފަހުން އެއްޖިންސުން ކައިވެނިކުރުން ހުއްދަކޮއް ފިރިމީހާގެ ރުހުމުގާ އަންހެނުން އެހެން މީހުންގެ ކައިރިއަށް ދިއުން ހުއްދަކުރާ ޤާނޫނުފަދަ ކަންތަކަކީ ވެސް މިފަދަ ޢަމަލުތަށް ކުރަން މިފަދަ ހައިވާނީ މީހުންނަށް ކުރަން ލިބޭ އިތުރު ހިތްވަރެއްކަމަށް ލަފާކުރެވޭ....
އަހަރުމެން ދިފާއީ ވަޒީރު އިރު އިރު ކޮޅުން މި އިންޑިޔާ ސިފައިންނާ ބައްދަލުކުރާތީ ވަރަށް ބިރުގަނޭ ކަމަނާޔަށް ދެރަގޮތެއް ވުމަކީ ދިވެހި ދިފާއީބާރަށް ވެސް އެފަދަ ކަމެއްވުން ފަދަކަމެއް