ކޮވިޑް-19 އިން ސަލާމަތްވުމަށް އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް 2022 ވަނަ އަހަރު އައުމުގެ ކުރިން އެއްކޮށް އުވާލެވިދާނެ ކަމަށް ލަފާނުކުރެވޭ ކަމުގައި މައިކްރޯސޮފްޓްގެ ވެރިޔާ ބިލް ގޭޓްސް ވިދާޅުވެއްޖެއެވެ.

ބިލް ގޭޓްސް އަކީ ސިއްހީ ކަންކަމަށް ބޮޑު ހޭދައެއް ކުރައްވާ، ސިއްހީ ދާއިރާގެ ކަންކަން ކުރިއަށްދާގޮތް ދިރާސާ ކުރައްވާ ބޭފުޅެކެވެ. ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ކުންފުނިތަކަށް އެންމެ ބޮޑު ހިލޭ އެހީއެއް ވެދެއްވި ބިލިއަނަރުންގެ ތެރޭގައި ވެސް އޭނާ ހިމެނެއެވެ.

"ސީއެންއެން"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ބިލް ގޭޓްސް ވިދާޅުވީ ކޮވިޑް-19 ވެކްސިން އެމެރިކާގައި ދޭން ފެށި ނަމަވެސް އެމެރިކާގެ ހާލަތު އަދިވެސް ދާނީ އިތުރަށް ގޯސްވަމުން ކަމަށެވެ. "ވެކްސިން ފުޅާދާއިރާއެއްގައި އާއްމުންނަށް ދިނުމަށް އަދިވެސް ގިނަ ދުވަސްތަކެއް ނަގާނެ. އަހަރެންނަށް ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް ހަތަރެއް ނުވަތަ ހަމަސްދުވަހު ހާލަތު އަދިވެސް ދާނީ ގޯސްވަމުން. ވަރަށް ހިތާމަވެރިކަމެއް މިއީ." ބިލް ގޭޓްސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ބާތަކާއި ރެސްޓޯރެންޓްތަކުގެ އެތެރޭގައި ޚިދުމަތް ދިނުން މަނާކުރުން ފަދަ ފިޔަވަޅުތައް މިހާރެކޭ އެއްގޮތައް 2022 ވަނަ އަހަރު އަންނަންދެން ވެސް ދަމަހައްޓަން ޖެހިދާނެއެވެ. "ލޯބިވާ މީހުން މިބަލީގައި މަރުވެގެން ދިއުން ހުއްޓުވުމަށް އަހަރެމެންނަށް ކުރެވެން އޮތް ކަމަކީ މިއީ." ބިލް ގޭޓްސް ވިދާޅުވިއެވެ.

ބިލް ގޭޓްސް ވިދާޅުވީ ވެކްސިން ދިނުމުގެ ކަންކަން ވަރަށް ރަނގަޅަށް ދިޔަނަމަވެސް ބޮޑެތި ބައްދަލުވުންތައް ބޭއްވޭ ވަރަށް ހާލަތު ރަނގަޅުވާން އަދި 18 ވަރަކަށް މަސްދުވަހުގެ މުއްދަތެއް ބޭނުންވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ބިލް ގޭޓްސް ވެސް ވިދާޅުވެފައި ވަނީ ކޮވިޑް-19 އަށް ވެކްސިނެއް ލިބުމަކީ އަދި މިބަލިމަޑުކަމުން އައިގަނެވެން އޮތް ހަމައެކަނި ފަރުވާއެއް ނޫނެވެ.

ބިލް ގޭޓްސް އާއި އޭނާގެ އަނބިކަނބަލުން މެލިންޑާގެ ފައުންޑޭޝަނުން މިހާރު ކޮވިޑް-19 އިން ސަލާމަތްވުމަށް ވެދިން އެހީތައް އެއްބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ގެރިގޭޓު

    މިބީތާ ހީކުރާނެ ހުރިހާއިންސާނުން ފެލާލެވޭނޭ

    8
    6
  2. ނިއު ވޯލްޑް އޯޑަރ

    މިއިންސާނީ މުޞީބާތުގެ އަޑީގަ ހުރި އެއްޝައިތާނު ވިލިއަމް އެޗް ގޭޓްސް އަކީ.

    10
    7
    • ޏަމްްޏަމް

      ތެދެއް. މީ މިމީހުންގެ ބޮޑުރޭވުމެއް. މީ މީގެ އެތައް އަހަރެއް ކުރިން ހިންގަމުންދާ ބޮޑު ޖަރީމާއެއް. ކޮވިޑޭ ކިޔާފަ މިހަދާ ވެކުސިން މީ އަސްލު މިމީހުންގެ ޓާގެޓަކީ.

      5
      3
  3. ޢަޙްމަދު

    ހައްދަވާ ގެންގުޅުއްވަ އަޅުގެ ވެރި ރައްބް
    މި ނުބައި ނުލަފާ މުޑުދާރު އަނީޔާވެރި ބިލްގޭޓްސްގެ ވެކްސިން އަނީޔާ ވެރިކަމުގެ ނުބައިކަމުން ނާއި މީސްތަކުން ފުރަބަންދު ކޮށް މީނާގެ ކޮންޓްރޯލްގެ ދަށުގައި ހިސޯރުކޮށްގެން ގެންގުޅެން ކުރާ މަސައްކަތުގެ ނުބައިކަމުން އިބަ ﷲ އަޅަމެން ރައްކާތެރި ކޮއްދެއްވާންދޭވެ

    6
    2
  4. އަޙްމަދް

    ބިލް ގޭޓްސް އަކީ ސިއްހީ ކަންކަމަށް ބޮޑު ހޭދައެއް ކުރައްވާ، ސިއްހީ ދާއިރާގެ ކަންކަން ކުރިއަށްދާގޮތް ދިރާސާ ކުރައްވާ ބޭފުޅެކެވެ. ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ކުންފުނިތަކަށް އެންމެ ބޮޑު ހިލޭ އެހީއެއް ވެދެއްވި ބިލިއަނަރުންގެ ތެރޭގައި ވެސް އޭނާ ހިމެނެއެވެ.
    ————————————————————-
    ބަލަ ހިލޭ އެހީއޭ ތިބުނަނީ!!!
    މިކަހަލަ ނުލަފާ މީހަކު އެދުމެއްނެތި ވެދުމެއް ކުރާނޭތޯއެވެ؟

    5
    1
  5. ޢަޙްމަދު

    މުޅި ދުނިޔޭގެ އެންމެހާ ރައްޔިތުންނަށް ދޭން ކަމުދާ، އެއްވެސް ގެއްލުމަކާއި ކުރިމަތިލާން ނުޖެހޭނެ ފަދަ ރައްކައުތެރި، އެއް ކާއެތިކޮޅު އަހަރެމެން ނުހޯދޭ އެވެ. (މިހެން މިކަން އޮތް އިރު) ޤާނޫނީ ބާރުން އެންމެނަށް މެންޑޭޓް ކުރެވި މަޖުބޫރުން ދެވޭ ވެކްސިންތަކުން ވާނެ ގޮތާމެދު ތިބާ ވިސްނަނީ ކިހިނަކުންތޯ؟

    5
    1
  6. އަޙްމަދް

    ހީލަތްތެރި މަކަރުވެރި ޓެސްޓެއްކޮށް ޞިއްޙަތު ސަލާމަތުންހުރި ބަލި ނޫން އިންސާނެއް ބަލި މީހަކަށް ހަދައި، އެމީހާ ކުޑަގޮޅިއަށްލައި، އޭނާގެ ހަރަކާތްތައް ބަންދުކުރުމަކީ ރަހީނުކުރުމުގެ ދަށުދަރަޖައިގެ އަނިޔާވެރި ޑިކްޓޭޓަރު އަމަލެއް.

    #ކޮވިޑުރަހީނުކުރުން

    4
    2
  7. އަރީ

    ކިހާ ބޮޑުވެއްޖެ ކަމެއް. ބިލްގޭޓް އަކީ ސިއްހީ ދާއިރާއިން ތައުލީމު ޙަސިލްކޮއްގެން ހުރި ޕުރޮފެސަރެއް ތަ ނޫނީ ވިޔަފާރިވެރިއެއްތަ؟

    3
    2
  8. ނަހޫ

    ކަލޭ ބުނާހާ ގޮތައް ކަންތައް ވޭތަ؟ ހެއްދެވި ފަރާތް ﷲ ހުރިހާ ކަމެއް މޮޅައް ދެނެވޮޑިގެންވަނީ. އެކަލާންގެ ބަލި މައްޗައް އެއްކޮން އުފުއްލަވަންވެސް ކުޅަދުންވަންތަ. އެކަލާންގެ ކަމަކަށް އިރާދަ ކުރައްވައިފިނަމަ އެކަމެއް ވަގުތުން ވެދެއެ. 2021 ވަނަ އަހަރަކީ އަޅަމެން މިބަލިމަޑުކަމުން މިންޖު ކުރައްވާނެ އަހަރެއްކަމަގަ ލައްވާށި އާމީން

    7
    2
  9. ކިއްލިގޭޓްސް

    އޭ ގޭޓާބޭ ފޭކްވާހަކަދައްކައިގެން މީހުން ބިރުގަންނަވަންނޫޅޭ ކޮންމެހެން.. ކަލޭތީ ހަމައެކަނި ކޮންޕިއުޓަރައަށް ތަޖްރިބާކާރެއް އެކަން ދުނިޔެ ގަބޫލުކުރޭ، ކަލޭތީ ސިއްޙީ ތަޖްރިބާކާރެއްނޫން މީސްމީހުންގެ ކުރިމަތީ މާފޮނި އަނގަތަޅާކަށް ، މީނަ ހީކުރަނީ މީނަމީ ހުރިހާ ކަމަކަށް މާމޮޅު މީހެއްކަމަށް!

    4
    3