ފިލިޕީންސްއަށް 6.0 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ އެވެ.

އެ ބިންހެލުމާއި ގުޅިގެން އެއްވެސް ތާކަށް ގެއްލުމެއް ވި ކަމަށް ނުވަތަ އެއްވެސް މީހަކަށް އަނިޔާވި ކަމެއް ރިޕޯޓް ކޮށްފައި ނުވާ ކަމަށް ވެއެވެ. އެހެން ނަމަވެސް އެ ގައުމޔގެ ސެއިސްމޮލޮޖީ ތަޖުރިބާކާރުން ބުނާގޮތުގައި، އެ ބިންހެލުމަށްފަހު އެ ގައުމަށް ލޮޅުންތަކެއް އަތުވުން ގާތެވެ. އަދި ގެއްލުންތައް ވެެދާނެ ކަމަށް ބެލެވެއެވެ.

އެ ބިންހެލުން އައިތާ ގަޑިއެއްހާ އިރު ފަހުން 6،3 މެގްނެޓިއުޑް ބާރުމިނުގައި ނިއު ޖީނިއާއަށް ބިންހެލުމެއް އައިސްފައި ވެއެވެ.

ފުރަަތަމަ ބިންހެލުން އައިސްފައި ވަނީ ޕިލިޕީންސްގެ ޑަވޯ ޑެލް ސުރް ޕްރޮވިންސްއަށެވެ. އެތަނުގައި އުޅޭ ސިވިލް ޑިފެންސް އޮފިޝަލުންނަށް ލޮޅުންތަކުގެ އަސަރު ކުރި ކަމަށް ރިޕޯޓް ކުރިއެވެ.

"އެއީ ވަރަށް ވުރަގަދަ ބިންހެލުމެއް ކަމަށް ބެލެވޭ، އެހެން ނަމަވެސް އެއްވެސް ތާކަށް ގެއްލުމެއް ނުވޭ، އަދި އެއްވެސް އެއްޗެއް ވެއްޓިފައެއް ނުވޭ". އިސް ފުލުހަކު އޭއެފްޕީއަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު