އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ވައްޓާލުމަށް އުފައްދާފައިވާ ކޯލިޝަނާއި ކުރީގެ ޑިފެންސް މިނިސްޓަރު ނަފްޓަލީ ބެނެޓް ގުޅިއްޖެއެވެ.
"އަހަރެން ބޭނުންވަނީ ޔައީރް ލަޕީޑާއި ގުޅިގެން އައު ސަރުކާރެއް އުފައްދަން. ލަޕީޑާއި ގުޅިގެން މަސައްކަތްކޮށް، ގައުމު މިހާރު މިއޮތް ހާލަތުން ސަލާމަތްކުރެވޭނެ" ބެނެޓް އޭނާގެ ޕާޓީގެ މެމްބަރުންނާއި ވާހަކަ ދައްކަމުން ބުންޏެވެ.
ލަޕީޑަށް އައު ސަރުކާރެއް ހެދުމަށް ފަހު އެކަން އިއުލާން ކުރަން ދިން މުއްދަތުގެ ސުންގަޑި އަކީ ބުދަ ދުވަހު ހަމަވާނެއެވެ.
ބެނެޓް އިއުލާން ކޮށްފައިވަނީ 12 އަހަރު ވަންދެން ނަތަންޔާހޫކުރި މަސައްކަތް ހުއްޓާލެވޭ ވަރުގެ ނިންމުމެކެވެ. ބެނެޓް ބުނީީ ދެ އަހަރު ދުވަސް ތެރޭގައި ފަސްވަނަ އިންތިހާބެއް ބާއްވަން ބޭނުން ނުވާ ކަމަށެވެ.
ބެނެޓް ކޯލިޝަނާއި ގުޅޭކަން އިއުލާންކޮށް މާގިނައިރެއް ނުވަނިސް ނަތަންޔާހޫ ބުނެފައިވަނީ އޭނާ އާއި އިދިކޮޅު ފަރާތްތަކުގެ ރޭވުމަކީ އިސްރާއިލުގެ ދިފާއީބާރަށް އޮތް ނުރައްކަލެއް ކަމަށެވެ.
ނަތަންޔާހޫ ބުނީ ބެނެޓްގެ ނިންމުމަކީ ގައުމަށް ވަފާތެރި ނިންމުމެއް ނޫން ކަމަށާއި، ކޯލިޝަނާއި ގުޅުނު އެހެން ސިޔާސީ މީހުން ކޯލިޝަނުން ގެންގުޅޭ ސިޔާސަތުތައް އިސްތިހާރު ކޮށްގެން ނުވާނެ ކަމަށެވެ
"މިފަދަ ސަރުކާރަކަށް ކާމިޔާބު ލިބޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން. އެމީހުންގެ ހުރިހާ ހުވަފެނެއް ހަގީގަތަކަށްވުން ލަސްކުރަން އެބަޖެހޭ. ވާން ނެތް ކަމަކަށް ހިފުމަށް ވުރެ، ކުރެވިދާނެ ކަމަކަށް އަހަރުމެން އަބަދުވެސް ބަލާނީ" ބެނެޓް ބުންޏެެވެ.
ކޯލިޝަަނަކީ ގައުމުގެ ކުރިމަގާއި ރައްކާތެރިކަމަށް ހުރި ނުރައްކަލެއް ކަމަށް ނަތަންޔާހޫ ބުނެއެވެ. "ދުޝްމަނުންނަށް ބަލާނީ ކިހިނެއް؟ އިރާނާއި ޣައްޒާއާއި މެދު ކޯލިޝަނުން ކަންތައް ކުރާނީ ކިހިނެއް؟ އެމެރިކާ ސަރުކާރަށް މި މީހުން ކޮން ޖަވާބެއް ދޭނީ؟" ނަތަންޔާހޫ ބުނެއެވެ.
ފަލަސްތީން ލިބެރޭޝަން އޯގަނައިޒޭޝަންގެ އޮފިޝަލަކު ބެނެޓްގެ ވާހަކަތައް އަޑުއެހުމަށް ފަހު ބުނީ، ކޯލިޝަން ސަރުކާރުގެ ސިޔާސަތުތައް ނަަތަންޔާހުގެ ސަރުކާރަށް ވުރެ ވަކި ތަފާތު ވާނެ ކަމަށް ނުފެންނަ ކަމަށެވެ.
ތިޔަ ގޮނޑިއަށް ވެޑުވޭ އެކަކުވެސް މުސްލިމު އެއްވެސްޤައުމަކަށް ޚާއްޞަކޮށް ފަލަސްޠީނުގެ
މުސްލިމުންގެ ލެއަށް ދަހިވެތިވެފަތިބިބައެއް. ކޮންމެބައަކުބެސް ރަނގަޅަށް ކަންތައްކޮއްފިއްޔާ
ކިތަންމެހާވެސް ރަނގަޅު. އެކަމަކު ޔަހޫދީ އިން
ނާއި، ނަޞާރާ އިން މުސްލިމުންނާއެއްގަލަކަށް
ނާރާނެކަން ކަށަވަރު.
ޔަހޫންދީވާނީހަމަޔަހޫދީންނައް
އިސް ރާއިލަށް ކޮންމެ ވެ ރި ކަމެއް އަޔަސް ފަލަސްތީނަށް ރަގަނޅެއް ނުވާނެ.. ބެނެތު އަކީ ޝެ ރޮންގެ ވެ ރިކަމުގައި ފަލަސްތީން ތަޅައި ސުންނާފަތި ކު ރި މީހާ.. ޢޭނާއަކީ އެސަ ރުކާ ރުގެ ޑިފެންސް މިނިސްޓަ ރ..