ޗައިނާގެ ހުޅަނގުއުތުރު ސިޓީއަކަށް ވެލީގެ ތޫފާނެއް އަރައިފިއެވެ.

އެގައުމުގެ މީޑިއާތަކުން ހާމަ ކޮށްފައިވާ ގޮތުގައި ޑަންހުއަންގއަށް އައި ވެލީގެ ތޫފާނުގެ ސަބަބުން މުޅި އެ ސިޓީ އެއްކޮށް ގޮތަކަށް ވަނީ ގެއްލިފައެވެ.

މި ތޫފާން އައިސްފައިވަނީ ބިމުން 100 މީޓަރު އުސްކޮށް ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

ޑަންހުއަންގ އަކީ ޗައިނާއަށް ދަތުރު ކުރާ ފަތުރުވެރިންގެ ތެރޭގައި މަގުބޫލު ކަމެއް ލިބިފައި އޮންނަ ސިޓީއެކެވެ.

މި މަންޒަރު ފެނުނު މީހަކު އެގައުމުގެ މީޑިއާއަކަށް މައުލޫމާތު ހިއްސާ ކުރަމުން ބުނެފައިވަނީ ތޫފާން އައި ވަގުތު އިރުވެސް ނުފެންނަ ކަމަށާއި ގާތްގަނޑަކަށް ހަވަރަކަށް މިނެޓު ވަންދެން ތޫފާނުގެ އަސަރު ކޮށްފައިވާ ކަމަށެވެ.

"އެވަގުތު އިރު ނުފެނޭ އެއްވެސް ވަރަކަށް. އެންމެ ފުރަތަމަ ރީނދޫ ކުލައިން ފެނުނީ. ދެން އިރުކޮޅެއް ފަހުން ރަތަށް ބަދަލުވެ ކަޅުވީ." ފާއިތުވި އަހަރުތަކުގައި އެފަދަ އެއްވެސް ކަހަލަ ތޫފާނެއް ނާރާކަން ފާހަގަކުރަމުން އޭނާ ބުންނެވެ.

ޗައިނާގެ ސިޓީއަކަށް ވެލީގެ ތޫފާނެއް އަރާފައިވާއިރު، މި ހާދިސާގައެއް އެއްވެސް މީހަކަށް ނުވަތަ ގެއަކަށް ގެއްލުންވި ކަމެއް އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ.

ވެލީގެ ތޫފާނަކީ އާއްމު ގޮތެއްގައި ވަކި މުސުމެއްގައި އަރާ ތޫފާނެކެވެ. އެހެން ނަމަވެސް މަދު ފަހަރެއްގައި އެހެން މޫސުންތަކުގައި ވެސް ވެލީގެ ތޫފާން އަރާ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު