އަނބިމީހާ އަންދާލި މައްސަލައެއްގައި ޖޯޑަންއަށް ނިސްބަތްވާ ފިރިހެނަކު ދަންޖައްސައި މަރާލައިފިއެވެ.
އިއްޔެގެ ވަގުތެއްގައި އެމީހާ ދަންޖައްސައި މަރާލިއިރު، އޭނާއަކީ އޭނާގެ އަނބިމީހާ ދިރިހުއްޓާ އަންދާލިކަން އަމިއްލައަށް އެއްބަސްވި މީހެކެވެ.
މި އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު އެ ގައުމުގެ މަތީ ކޯޓަކުން ވަނީ ގްރޭންޑް ކްރިމިނަލް ކޯޓުން އޭނާ ދަންޖައްސައި މަރަން ކުރި ހުކުމް ދަމަހައްޓާފައެވެ.
މި ފިރިހެން މީހާ ލުބްނާންއަށް ނިސްބަތްވާ އަނބިމީހާ މަރާލާފައި ވަނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަސް ތެރޭގައެވެ. އޭނާ އެކަން ކޮށްފައި ވަނީ ރަބަރު ޓައިރެއް އަންހެން މީހާގެ ބޮލަށް ފެއްތުމަށްފަހު އޭނާގެ ގަޔަށް ޑިސަލް އަޅައިގެންނެވެ. އޭނާ ވަނީ އަނބިމީހާ ގައިގައި އަލިފާން ރޯކޮށްލުމަށްފަހު އަނދަން ބަލަން އެތަނުގައި އިދެފައެވެ. އަަދި އޭނާ ވަނީ، އަނބިމީހާގެ ހަށިގަނޑު އެހެން ސަރަހައްދަކަށް އެއްލާފާއެވެ.
އަދި އޭނާ އެކަން ކޮށްފައި ވަނީ އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި ކަމަށް ބުނެ އެކަމަށް އެއްބަސްވެފައެވެ.
މިއާެއެކު ގްރޭންޑް ކްރިމިނަލް ކޯޓުގެ ވަކީލާއި ފޮރެންްސިކް މެޑިކަލް ޓީމުން ވަނީ، އޭނާ އެ މީހާގެ ހަަށިގަނޑު އަންދާލި ތަނާއި، އޭނާ އެ އަނބިމީހާގެ ހަށިގަނޑު އެއްލާލި ތަނަށް ގޮސް، ތަހުގީގާއި ގުޅުން ހުރި ހެކިތައް ހޯދާފައެވެ.