ސީރިޔާގެ ދާޙިލީ ހަނގުރާމައިގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ސަރަހައްދުކަމުގައިވާ އެގައުމުގެ އިރުމަތީ ގޯޓާ ސަރަހައްދަކީ ދުނިޔެ މަތީގައި އޮތް ނަރަކައެއްގެ ގޮތުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓިއެރޭޒް ސިފަކުރައްވައިފިއެވެ. މީގެ އިތުރުންވެސް ސެކްރެޓަރީ ޖެނެރަލް ގުޓިއެރޭޒް ވަނީ މި ސަރަހައްދުގައި ހިނގަމުންދާ ހަމަލާ ބަދަލުކުރުންތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައިފައެވެ.
މި ސަރަހައްދުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ކެތްކުރެވޭވަރަށްވުރެ ހާލަތު މާ ގޯސްވެފައިވާކަމަށް ސެކްރެޓަރީ ޖެނެރަލް ބުދަ ދުވަހު އޮތް އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވިއިރު އެ ސަރަހައްދުގައި ހިނގަމުންދާ ކަންތައްތަކަކީ އެއްވެސް ބަޔަކު އެކަމެއް ވާތަން ބަލަން ތިބެންވާވަރުގެ ކަމެއް ނޫންކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ އިރުމަތީ ގޯޓާއަށް ކުރިމަތިވެފައިވާ އަނިޔާވެރި ހާލަތަށް ނިމުމެއް އަންނާނީ އެ ސަރަހައްދު އެއްކޮށް ސުންނާފަތި ވުމުންތޯ ބުނެ މި ބައްދަލުވުމުގައި ސުވާލުއުފައްދައިފައެވެ. ސެކްރެޓަރީ ޖެނެރަލް ގުޓިއެރޭޒް ވިދާޅުވިގޮތުގައި މި ސަރަހައްދުގައި ހިނގަމުންދާ ހަމަލާބަދަލުކުރުންތައް ހުއްޓާލެވުމާއިއެކު އެ ސަރަހައްދުގައި ތާށިވެފައިތިބި އެތައް ހާސް މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
އިރުމަތީ ގޯޓާ ސަރަހައްދަކީ ސީރިޔާގެ ވެރިރަށް ދިމިޝްގު ކައިރީގައި އޮތް ސީރިޔާގެ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް ދަށުގައި އޮތް ހަމައެކަނި ސަރަހައްދެވެ. ސީރިޔާގެ ރައީސް ބައްޝާރުލް އައްސަދަށް ވަފާތެރި ސިފައިން މި ސަރަހައްދު ހިފުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާއިރު ރަޝިޔާގެ އަސްކަރިއްޔާގެ ވައިގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދަނީ މިކަމުގައި ސީރިޔާގެ ސަރުކާރުގެ ސިފައިންނަށް އެހީތެރިވަމުންނެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ވަނީ ސީރިޔާގެ ސަރުކާރުން ގަސްތުގައި އާންމުންނަށް އަމާޒުކޮށް ހަމަލާދެމުންދާކަމަށް ބުނެ ތުހުމަތުކޮށްފައެވެ.
?
ޥެރިކަމުގެދަހިވެތިކަމުގައި އަންނިބޭނުންވަނީ މިގައުމުވެސް މިފަދަސީރިޔާއަކަށް ބަދަލުކޮށްލަން
މިތަނަށްވެސް އަންނި މެދުވެރި ވެގެން އިންޑިޔާ ސިފައިން ފޮނުވީމަ ދުނިޔެމަތީ ސުވަރުގެޔަކަށްވާނެ. މި ކޮމެންޓް މި ނޫހުގަ ޖަހާނެ
ލޮލް
މީއަނިޔާ ވެރިކަން . މިހާލަތުގަމިރާއްޖެ އޮތްކމުގަ ދުނިޔެއަށް ދައްކަން މަސައްކަތް ކުރާބަޔަކު އެކަންކުރަން އުޅެނީ ކޮންއަނިޔާއެއްލިބިގެނބާއޭހިތައް އަރާ.. ޚުށްކުރުމުން އަދަބްލިބުމުން އެއީއަނިޔާ އޭބުނާނަމަ އެކުރެވެނީ އިންސާފެއްނޫން. ހަގީގަތަކީ މީގެކުރިން ވެރިކަން ކުރި އެއްވެސްރައީސް އަކައް މިދިވެހިގައުމު ތަރައްގީ ކުރެވިފައިނުވާމިންވަރައް މިއަދު ގައުމުގެ ތަރައްގީވެ އަދިވަމުންއެބަދޭ. މިހަގީގަތް ފަސްއަޅާފޮރުވާ އޮޅުވާލަން ކުރާ މަސައްކަތް ތަކެއް މިފެންނަނީ.
ދިވެހި މީހާއަށް މިގައުމުން އަނިޔާވެރިކަން ނުފެނުނީމަ ޙައިރާންވެއްޖެ ތާއީދުކުރިޔަސް ތީބޮޑުވަރު
4އަހަރު ތެރޭގައި މިޤައުމުގައި 18މަރު ހިނގައިފައި އޮތުމަކީތޯ ތިބުނާ ކުރިއެރުމަކީ ނުވަތަ ތަރައްޤީއަކީ؟؟؟؟؟