އަފްޣާނިސްތާނުގެ ގިނަ ސަރަހައްދުތަކެއް ތާލިބާނުންގެ ކޮންޓްރޯލްގެ ދަށަށް ވަނީ ގެނެސްފައެވެ. އަދި އެ ސަރަހައްދުތަކުގައި ހެދުން އެޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނުވައި، އަފްޣާނިސްތާން ސަރުކާރުގެ ވެރިންނަށް ހަމަލާ ދިނުމާއި އޮފީސްތަކުގެ މުވައްޒަފުންނާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅުން ފަދަ ޖަރީމާތައް ތާލިބާނުން އަންނަނީ ހިންގަމުންނެވެ.

ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ނެރުނު ބަޔާނެއްގައި ބުނީ ތާލިބާނުން އަންނަނީ އަފްޣާނިސްތާނާ ދެކޮޅަށް އަނިޔާވެރި ޖަރީމާތަކެއް ހިންގަމުން ކަމަށެވެ. އެގޮތުން އަފްޣާނިސްތާނުގެ ސަރަހައްދެއް ކަމަށްވާ ކަންޑަހަރްގައި ތާލިބާނުން އެތަނުގެ މީހުންނަށް އަނިޔާވާނެ ފަދަ ޖަރީމާތައް ހިންގަމުންދާ ކަމަށް ބުނެފައިވެއެވެ. އަފްޣާނިސްތާނުގެ ސަރަހައްދުތަކަށް ތާލިބާނުން ވެރިވެގަނެ، ނުފޫޒު ފޯރުވައި އެތައް ސަތޭކަ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ.

މިފަދަ ޖަރީމާތައް ހިންގާކަން ތާލިބާނުން ދޮގުކުރި ކަމުގައި ވިޔަސް އަފްޣާނިސްތާނަށް ހަމަލާދޭ ކަމަށާއި، އެގައުމުގެ މީހުންނަށް އަނިޔާވާފަދަ އަމަލުތައް ހިންގާކަމަށް އަދި ގަވާއިދުތަކާއި ހިލާފަ ހަމަލާތައްދީ ނުހައްގުން މީހުން މަރާކަމުގެ ހެކި ތާލިބާނާ ދެކޮޅަށް އެބަހުރި ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

ތާލިބާނުން ގެދޮރުތައް ބަލައި ފާސްކޮށް މީގެ ކުރިން އެ ގައުމުގެ އަސްކަރިއްޔާގައި މަސައްކަތް ކޮށްފައިވާ މީހުން ވެސް ހައްޔަރު ކުރަމުންދާ ކަމަށް މީޑިއާތަކުން މައުލޫމާތުދެއެވެ. އެޗްއާރްޑަބްލިއުއިން ރިޕޯޓު ކޮށްފައިވާ ގޮތުން މިހާތަނަށް ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ 40 މީހަކު މަރާލައިފައެވެ.

އަފްގާނިސްތާނުގެ ގިނަ ހިސާބުތައް މިހާރު ތާލިބާން ޖަމާއަތުގެ ބާރުގެ ދަށުގައިވާ އިރު އެ ޖަމާއަތުން ދަނީ އެގައުމުގެ އެހެން މުހިންމު ސިޓީތަކާއި ސަރަހައްދުތައް ވެސް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ. ތާލިބާނުގެ ދަށުގައިވާ ސިޓީތަކުގެ ރައްޔިތުންނަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރިކަން ހޯދަން އެހެންތަންތަނަށް ބަދަލުވާން ޖެހިފައެވެ. މި ދަނޑިވަޅުގައި، އަފްގާނިސްތާނުގައި ހިނގަމުންދާ ހަނގުރާމަ މެދުކަނޑާލަން އެގައުމުގެ ސަރުކާރާއެކު އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށް ތާލިބާނުންގެ ހަނގުރާމަވެރި ޖަމާއަތްތަކުން އަންނަނީ ބުނަމުންނެވެ.

އަފްޣާނިސްތާނުގެ ސަރަހައްދުތައް ތާލިބާނުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާ މި ދަނޑިވަޅުގައި ޔޫރަޕިއަން ޔޫނިއަންއިން ބުނެފައިވަނީ ކުރިޔަށް ގެންދާ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ތަކުގައި އަފްޣާނިސްތާން ބައިވެރި ކުރުމަށް މަސައްކަތް ކުރަމުންދާ ކަަމަށެވެ. ތާލިބާނުންގެ ނުފޫޒު އަފްޣާނިސްތާނަށް ފޯރަމުންދާއިރު މިކަމާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހުންވެސް ފިޔަވަޅު އަޅާފައި ނުވާކަން ފާހަގަކުރެވެއެެވެ. މިކަމާ މެދު ފިޔަވަޅު ނާޅައި ދޫކޮށްލައިފި ނަމަ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. .....

    މީގެ03 މަސް ކުރިންވެސް އަފްޣާން ގެ %80 އޮތީ ތާލިބާނުންގެ އަތުގަ...އޭރު ނުނިކުތް ރައްޔިތުން މިހާރު ތަ ނިކުންނަނީ...ތާލިބާނުން އަފްޣާންގެ ކޮރަޕްޓް ވެރިން ހިފާ ހައްޔަރުކޮށް އެމީހުންވެ އައުވާނުން ހިފާ ހައްޔަރު ކޮށް މެރީމަ ކިޔާއެއްޗެއް ތީ....ދެން ކުރާނެ ކަމެއްނެތް...އެމެރިކާވެސް ސައިޒްވެގެން ފައިބައިގެންތާ އެދިޔައީ...ދެރަވިޔަސް އެއޮތީ ބަލިކޮށްފަ...

  2. Anonymous

    އަފްގާނިސްތާން ސަރުކާރު ކީއްކުރަން މުޅި ދުނިޔެ ބުންޏަސް ތާލިބާނުންނަކީ ގޮތްދޫކުރާނެ ބައެއްނޫން. ތާލިބާނުންނަކީ މަރުދެކެ ބިރުނުގަންނަ މަޝްހޫރު ޕަޓާނުން.

  3. ހަސަނު

    ގަބޫލެއް ނުކުރަން

    5
    1
  4. އަޙްމަދް

    ޠާލިބާނު ކާރިސާއަށްވުރެ ބޮޑު ކާރިސާއެއް އެއީ ވެކްސިން ކާރިސާއަކީ.
    ސިއްޙި ބިރުވެރިކަން އުފައްދައިގެން ޤައުމުތަމުން ހަމައެއް ލަމައެއް ބަލާލުމެއްނެތި ސިއްޙަތުސަލާމަތުން ހުރިމީހެއްތޯ ނުވަތަ ބަލި މީހެއްތޯ ވެސް ބަލާލުމެއްނެތި އަދި އިންސާނަކަށްވީތީ ލިބިދޭންޖެހޭ ޙައްގުތަކަށް ޙުރުމަތްތެރިކޮން ހިތުމެއްވެސް ނެތި އެފަދަ ޙައްގުތަކަށް ވެސް ހުރަސްއަޅައިގެން މަޖުބޫރުކުރުވައިގެން ވެކްސިންޖަހުވާ ކާރިސާ……….
    މިކަމާ އެއްޗެެއްބުނާކަށް ނުކެރޭ އދ އޔ ވެސް.
    ކޮބާތޯ ހިފިނުހިރިގެން އުޅޭ ހިޔުމަންރައިޓްސް ވެކްސިނާޖެހުނީމަ ޖަމުޢިއްޔާ ޖަމާ ޢަތްތައް ފިލާ ތިބެނީ!
    އިންސާނީ ޙައްގުތަށް ފެއްނަނީ ޠާލިބަނުންނާއި ޖެހުނީމަ…….