އިންޑިއާގައި ކުޅޭ އެއްޗެހި ވިއްކައި ވިޔަފާރުކުރުުން ވަރުގަދަކޮށް، ކުޑަކުދިންގެ ކުޅޭ އެއްޗެހި އުފެއްދުމުގައި ސިއްހަތަަށް ފައިދާވާނެ ފަދަ ތަކެތި އުފައްދަން ފަށައިފިއެވެ.

ކުޅޭއެއްޗެއްސާއި ގޭމަކީ ކުޑަކުދިންނަށް މުހިންމު އެއްޗިއްސަށް ވެފައިވާއިރު، ދާދި ފަހަކާ ޖެހެންދެން ވެސް އޭޝިއާ ބައްރުގައި ކުޅޭ އެއްޗެހި ތައްޔާރުކޮށް ވިއްކައި ގައުމެއްގެ ގޮތުގައި މަޝްހޫރުވެފައިވަނީ ޗައިނާއެވެ. މި ފަހަކާ ޖެހެންދެން މި ދާއިރާގައި ދުނިޔޭގެ ބާޒާރުގައި އިންޑިއާގެ ހިއްސާ އޮންނަނީ މަދު މިންވަރަކަށެވެ.

ދުނިޔޭގެ ބާޒާރުގައި ގޭމާއި ކުޅޭ ސާމާނަށް އިންޑިއާގެ ހިއްސާ އޮންނަ މިންވަރަކީ 1.5އެެވެ. އެހެން ކަމުން އާބާދީ ބޮޑު އިންޑިއާގައި އެ ގައުމުގެ ކުޑަކުދިންގެ ޑިމާންޑުތައް ފުއްދައި ދިނުމަށް އެހެން ގައުމުތަކަށް ބަރޯސާވެ، ކުޅޭ ސާމާނު ވަނީ އިމްޕޯޓު ކުރަން ޖެހިފައެވެ. މި ހާލަތުގެ ސަބަބުން އިންޑިއާއަށް އަންނަނީ މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބެމުންނެވެ.

ނަމަވެސް، ވޭތުވެދިޔަ ދެ ތިން އަހަރުގެ ތެރޭގައި އިންޑިއާއިން ދުނިޔޭގެ ބާޒާރުގައި ކަން ހިނގަމުންދާ ގޮތާއި، ގޭމާއި ކުޅޭ ސާމާނު ފަދަ ކުޑަކުދިން މުނިފޫހިފިލުވުމުގެ ދާއިރާގެ ސަބަބުން އެ ގައުމަށް މާލީގޮތުން ލިބެމުން އަންނަ ގެއްލުންތައް ދެނެގަނެވުނެވެ. ފަގީރު ގައުމުތަކަށް އިންޑިއާ މެދުވެރިކޮށް ކުޅޭސާމާނު އެތެރެކުރަމުން ދާ ކަމަށާއި، އިންޑިއާއިން އެފަދަ ތަކެތި ތައްޔާރުކޮށް ބާޒާރަށް ނެރެފިނަމަ ލިބޭ ފައިދާ ބޮޑުވާނެކަން ރޭކާލިއެވެ.

ކޮރޯނާވައިރަހާއި ގުޅިގެން ގައުމު ފުރަބަންދު ކޮށްފައިވަނިކޮށް ގިނަ ބަޔަކު ކުޅޭ ސާމާނު އުފައްދައި ވިއްކުމުގެ ވިޔަފާރި އިންޑިއާގައި ފެށިއެވެ. އާ އޮންލައިން ގޭމިންގް ޑިވައިސްތަކާއި، ފިޓްނެސްއާއި ސިއްހަތައް އޭގެ ފައިދާވާނެ ފަދަ ގޭމްތަކާއި ކުޅޭސާމާނު ތައްޔާރުކޮށް ވިއްކަން ފެށުމުން ޑިމާންޑް އޮތްވަރާއި ބޮޑު ފައިދާއެއް ލިބިގެންދިޔަ މަންޒަރު ވިޔަފާރިވެރިންނަށް ފެނިގެންދިޔައެވެ.

މީގެ ސަބަބުން އިންޑިއާގެ މެނުފެކްޗަރިންގް ދާއިރާ ކުރިއަރައި، ގައުމުގެ ޕާކުތަކާއި ތަންތަން ތަރައްގީވާން ފަށައިފިކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު