އެމެރިކާ އަށް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު ފްލައިޓްތަކެއް ހައިޖެކްކޮށްގެން ދިން ހަމަލާ ރޭވުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް އެމެރިކާ އިން ބުނާ ހާލިދު ޝައިހް މުހައްމަދުގެ ޝަރީޢަތް އަނެއްކާވެސް ފަށައިފިއެވެ.

ގުއަންޓަނާމޯބޭގައި ހައްޔަރު ކޮށްފައި ހުރި މުހައްމަދުގެ ޝަރީޢަތް މެދުކެނޑިފައި އޮންނަތާ 500 ދުވަސް ފަހުން އަލުން ޝަރީޢަތް ފެށިއިރު ވެސް އޭނާގެ މޫނުމަތިން އެއްވެސް ހާސްކަމެއް، ކަންބޮޑުވުމެއް ފެންނަން ނެތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މުހައްމަދުގެ ޝަރީއަތް މެދުކަނޑާލާފައި އޮތީ ކޮވިޑްގެ ހާލަތާއި ގުޅިގެން ކަމަށް ބުނެއެވެ.

މުހައްމަދަށް އެމެރިކާ އިން މުހާތަބު ކުރަނީ ކޭއެސްއެމްގެ ނަމުންނެވެ. އޭނާ އަކީ 11/9 ހަމަލާ ރޭވުމުގައި އެންމެ މުހިއްމު ކަންކަން ކުރި "އާކިޓެކްޓް" ކަމަށް 11/9 ހަމަލާ ތަހްގީގު ކުރި އެމެރިކާގެ ކޮމިޝަނުން ބުނެފައި ވެއެވެ.

މުހައްމަދަކީ އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިންގެ އެންމެ އަރިސް އެކަކު ކަމަށް ވެއެވެ. އޭނާގެ ކޮއްކޮ އައްމާރު ބަލޫޗީ އަކީ 11/9 ގައި ފްލައިޓްތައް ހައިޖެކް ކުރި ހައިޖެކަރުންނަށް ފައިސާ ފޮނުވި މީހާއެވެ.

މުހައްމަދު ހައްޔަރު ކޮށްފައި ވަނީ 2003 ވަނަ އަހަރު އެވެ. ނަމަވެސް އޭރު އޭނާ ހުރި ގޮތާއި މިހާރު އޭނާ ހުރި ގޮތް ވަރަށް ތަފާތެވެ. އޭރު އޭނާ ފެނުނީ ހަށިގަނޑުން ވަރަށް ބިޔަ މީހެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު އޭނާ ވަނީ ވަރަށް ބޮޑަށް ހިކިފައެވެ.

މުހައްމަދު ވަނީ 11/9 ހަމަލާ އާއި ގުޅޭ ހުރިހާ ކަމެއް އޭ އިން ފެށިގެން ޒެޑަށް އެނގޭ ކަމަށް ބުނެ 2007 ވަނަ އަހަރު އެމެރިކާ ސިފައިންނަށް ބަޔާނެއް ދީފައެވެ.

އިއްޔެ އޮތް މައްސަލައިގެ އަޑުއެހުމުގައި 9/11 ހަމަލާ އާއި ގުޅިގެން އެމެރިކާ އިން ދައުވާ ކުރާ ފަސް މީހަކު ޝަރީއަތައް ހާޒިރު ކުރިއެވެ. ނަމަވެސް އެމެރިކާގެ ފަރާތުން ވަކާލާތު ކުރަން ތިބި ވަކީލުން މާސްކް އަޅައިގެން ތިބުމުން ދިފާއީ ވަކީލުން ވަނީ ޝަރީއަތުގައި ވާހަކަ ދައްކަން ދެކޮޅު ހަދާފައެވެ. ދިފާއީ ވަކީލުން ބުނި ގޮތުގައި އެއީ ކޮންބައެއްކަން ނޭނގި ކޯޓުގައި ވާހަކައެއް ނުދެއްކާނެއެވެ.

އެހެންކަމުން އިއްޔެގެ އަޑުއެހުން ވަނީ އެކަމާއި ގުޅޭ ގޮތުން ބަހުސް ކުރުމަށް ފަހު ނިންމާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނީޢުމާ / ލަންކާ

    ޚަބަރު ތައް ލިބޭގޮތުން އެމެރިކާ އިން ހިންގާ ގިނަ ތަޙްޤީޤު ތަކުގައި ބޮޑެތި ޖިސްމާނީއަނިޔާ ކޮ ށް އިޢްތިރާފް ކުރުވައެވެ.އެކަމަކު އެއީ ވެސ ޑިމޮކްރަސީ ޔޯ

  2. ކިޔު

    ތުހުމަތުކުރެވޭ ހާދިސާ ހިނގަފައިވަނީ 2001 ގައި.
    ތުހުމަތުކުރެވުނު މި މީހާ ހައްޔަރުކުރެވުނީ 2003 ގައި.
    އަދިވެސް މައްސަލަ ނުނިމޭ!!!
    އެމެރިކާވީމަ އޯކޭ! ހައްޔަރުކޮށްގެން ގެންގުޅޭތާ 18 އަހަރު ވީއިރު އަދި މައްސަލަ ނުނިމޭ!!
    މިއީ މި ރާއްޖޭގައި ވާކަމެއްނަމަ،.... މި ގައުމުގެ ޝަރުއީ ދާއިރާގެ ކަމެއްނަމަ،... މި ރާއްޖޭގެ ފަނޑިޔާރަކާ ގުޅޭ ކަމެއް ނަމަ ކިހިނެތްބާ ވާނީ!؟ ކިތައް ސުލޫކުވާނެ ބާ؟!

  3. ހުސޭނުބޭ

    ތިއީ ހަދަހަދައިގެން ދައްކާ ވާހަކަ! އެދުވަހު ޕެންޓަގަންއަށް ބޯޓުވައްޓާލިކަމަށް ބުނާއިރު އެބުނާ ވެއްޓުނު ބޯޓުގެ އެއްވެސް އެއްޗެއް ކުނިޮކޮޅެއްވެސް އެތަނުން ފެންނާކަށް ނެތް!

    1
    2