އިންޑިއާގައި ޖާނުންފިދާވުމުގެ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އަލްގައިދާ ޖަމާއަށް ދިނުމާ ގުޅިގެން އެ ގައުމުގެ ހައިދަރުއާބާދުގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރަކު ރައްދު ދެއްވައިފިއެވެ.

އިސްލާމް ދީނަށާއި ކީރިތި ގުރުއާނަށާއި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕުރް ޝަރުމާ މިހާރުވަނީ އެ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައެވެ. އަދި ވެރިރަށް ނިއު ދިއްލީގައި ހުންނަ، އެ ޕާޓީގެ މީޑިއާ އިންޗާޖްގެ މަގާމުގައި ހުރި ނަވީން ކުމާރު ވަނީ ޕާޓީން ވަކިކޮށްފައެވެ.

މި ދެ މީހުން ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލަ ވަނީ ބޮޑުވެފައެވެ. އަދި ދުނިޔޭގެ އިސްލާމީ ގައުމުތަކުން އަންނަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރަމުންނެވެ. އެކަމާ ގުޅިގެން އަލްގައިދާ އިން ވަނީ އިންޑިއާއަށް ވަރުގަދަ އިންޒާރެއް ވެސް ދީފައެވެ.

ހައިދަރުއާބާދުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އަސަދުއްދީން އޮވޭސީ ވިދާޅުވީ، އިންޑިއާގެ މުސްލިމުން ނިރުބަވެރިކަމާ ދެކޮޅު ހަދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ރަސޫލާގެ ނަންފުޅު މަތިވެރިވެ، އެކަން ދިފާއުކުރަން އަލްގައިދާ ފަދަ ނިރުބަވެރިން ބޭނުމެއް ނުވާނެ. މާތް الله ސުބުހާނަވަތައާލާ އަޅުގަނޑުމެންގެ ގައުމު، އަނިޔާވެރިކަން ފަތުރައި، އިސްލާމްދީނުގެ ނަން ކިލަނބުކުރާ ޚަވާރިޖުންގެ ފުޅުން ސަލާމަތްކުރައްވާށި." އޮވޭސީ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ބީޖޭޕީގެ ބަޔަކު ދެއްކި ވާހަކައަކާ ގުޅިގެން ރައްދުގައި އިންޑިއާ ދެކޮޅަށް ހަމަލާދޭނެ ކަމުގެ އިންޒާރު އަލްގައިދާ އިން ދީފައި ވަނީ އިއްޔެއެވެ.

އަލްގާއިދާގެ އިންޑިއާ ގޮފިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކީރިތި ރަސޫލާގެ ކަރާމާތް ދެމެހެއްޓުމަށް ކުރާ ހަނގުރާމައިގެ ތެރެއިން އިންޑިއާގައި ޖާނުންފިދާވުމުގެ ހަމަލާތަކެއް ދޭނެ ކަމަށެވެ. އެ ހަމަލާތައް ދޭނީ ގުޖުރާތާއި އުއްތަރަ ޕްރަދޭޝް އާއި ބޮމްބޭ އާއި ދިއްލީގައި ކަމަށް، އެ ޖަމާއަތުގެ ބަޔާނުގައިވެއެވެ.

"އަހަރެމެންގެ ނަބިއްޔާއަށް އިހާނެތިކޮށް ހިތާ މީހުން މަރާލާނަން... އަދި އަހަރެމެންގެ ނަބިއްޔާއަށް ހުތުރު ނަން ދޭން އުޅޭ މީހުންގެ ސަފުތައް ފުނޑުފުނޑުކޮށްލުމަށް ޓަކައި އަހަރެމެންގެ ހަށިތަކާއި ދަރިންގެ ހަށިތަކާ ބޮން ގޮއްވާލާނަން،" ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ

    ތިއަލްގައިދާގެ ނުލަފާކަމުން އިސްލާމްދީން ބަދުނާމްވެ މުސްލިމުންނަށް ދުއްތުރާތަކާއި އުދަގޫތަށް ދިމާވަމުން މިދަނީ

    25
    6
  2. ހަވާސާ ހާދިސާ

    އަލްގައިދާ ޖަމާއަތަކީ އިސްލާންދީން ފުހެލްން ހިންދޫންނާއި ޔަހޫދިންނާއި ގުޅިގެން އަޑިއަޑިން މަސައްކަތްކުރާ ބައިގަންޑެއް!

    18
    8
  3. ޙަސަނު

    އިންޑިއަން މުސްލިމުންނަކީ “ ޕޭޕަރ މުސްލިމުން “ ފޭނުން އިތުރު ކުރަން ޝިރްކް ގެ ޢަމަލު ކުރާ ބައިގަނޑެއް

    9
    7
  4. ޢަމާނާ

    ކާކުތަ ބުނީ މިއީ ސައްތައިން ސައއތަ އިސްލާމީ ގައުމަކޭ މަޖިލިސް ނެންބަރުން ދެން ހޮވާނެ ކަމެން ނެއް يا الله މިގައުމައް ލައްވާފާނެ ކޯފާ އަކުން އަޅަމެން ސަލާމަތް ކުރައްވާ ފާދޭވެ. ޢާމީން

  5. ރިލޭ

    ޙަވާރިޖުން ނަކީ ކޮންބައެައްކަން ބުނެލަދީބަލަ ،