އެހެން ގައުމުތަކުންނާއި އެ ގައުމުތަކުގެ ވެރިން ދެއްވާ ހަދިޔާތައް ބޮޑު އަގުގައި ވިއްކާ ކަމުގެ ތުހުމަތު ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ކުރައްވައިފިއެވެ.

ޕާކިސްތާންގެ އިދިކޮޅު ޕާޓީގެ ނައިބު ރައީސް މަރިޔަމް ނަވާޒު ކުރައްވާ ޓުވީޓެއްގައި އެހެން ގައުމުތަކުން ލިބުނު ހުރިހާ ހަދިޔާއެއް ވެސް ވިއްކާލާފައިވާ ކަމަށްެވެ.

ޕާކިސްތާނުގެ ގާނޫނުގައިވާ ގޮތުން އެހެން ގައުމުތަކުން ލިބޭ ހަދިޔާއަކީ ގައުމުގެ މުދަލެވެ. ނޫން ނަމަ އެ ޖެހޭނީ ހާމަކަން ބޮޑު ނީލަމެއްގައި ވިއްކާލާ އޭގެ ފައިސާ ގައުމަށް ބޭނުން ކުރާށެވެ.

ވެރިންގެ އަމިއްލަ ބޭނުމަށް ބޭނުން ކުރެވޭނީ ހަމައެކަނި 133.34 ޑޮލަރުން ދަށުގެ ހަދިޔާ ކަމަށް ވެސް ޕާކިސްތާނުގެ ގާނޫނުގައި ބުނެފައިވެއެވެ.

ނަމަވެސް އިމްރާން ހާންއަށް ހަދިޔާއަކަށް ދެއްވާފައިވާ އެއް މިލިއަން ޑޮލަރުގެ އަގުބޮޑު ގަޑިއެއް ވިއްކާލާ އޭގެ ފައިސާ އަމިއްލަ ގޮތުގައި ބޭނުން ކޮށްފައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ޕާކިސްތާނު ޑިމޮކްރެޓިކް މޫވްމަންޓު ޕާޓީގެ ރައީސް މައުލާނާ ފަޒުލަރު ރެހެމާން ވަނީ މިކަމާއި ގުޅިގެން އިމްރާން ޚާނަށް ފާޑު ވިދާޅުވެފައެވެ.

ބޮޑުވަޒީރު އިމްރާން ޚާން ވިއްކާލައިފައިވާ ގަޑިއަކީ ގަލްފްގެ ޕްރިންސް ދީފައިވާ ގަޑިއެކެވެ. މި ގަޑި ވިއްކާލާފައި ވަނީ ދުބާއީގެ އިމްރާން ޚާންގެ ގާތް ބޭފުޅަކަށް ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

މި ގަޑި ވިއްކާލާފައިވާކަން ގަލްފްގެ ޕްރިންސަށް އެނގިލައްވާ ކަމަށް ވެސް ރިޕޯޓް ތަކުގައިވެއެވެ.

މިކަމުގެ ސަބަބުން ޕާކިސްތާނުގެ ނަން ކިލަނބުވަމުންދާ ކަމަށް ޕާކިސްތާނުގެ ބައެއް އިސް ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ނިހާނު އެ ގެންގުޅެނީ ތިބުނާ ގަޑިތަ؟

    7
    1
  2. ޕާކް ބޯއީ

    ޖިއޯ ނިއުސް އިން ޚަބަރު ކޮޕީކޮށްގެން ، ޞައްޙަ މައުލޫމާތެއް ނުލިބޭނެ.
    ޚާން އާ އިދިކޮޅޮޅު ޓްވީޓްތަކުން ކަމުގެ ޙަޤީޤަތް އެނގޭނެބާ!

  3. އަލްޖިބްރާ

    އެހެންޤައުމެއްގެ ވެރިއަކު ތިޤައުމުގެ ވެރިއަކަށްހުރި މީހަކަށް ދޭ ހަދިޔާއަކީ ތި ޤައުމުގެ ތަރިކަ މުދަލަށް ޤާނޫނުގައި ހަމަޖައްސާފަ އޮތުމަކީ ވަރަށް ދެކޮޅުނުޖެހޭ ޤާނޫނެއް !