އަފްޣާނިސްތާނުގެ އިރުމަތީ ނަންގަރްހާރް ޕްރޮވިންސްގެ ސްޕިން ޣަރް ސަރަހައްދުގައި ހުންނަ މިސްކިތެއްގައި ހުކުރު ނަމާދު ވަގުތު ބޮމެއް ގޮއްވާލައި ތިން މީހަކު ޝަހީދުކޮށްލައިފިއެވެ.

މި ހާދިސާގައި 12 މީހަކު ވަނީ ޒަހަމްވެފައެވެ.

ތާލިބާނުންގެ އޮފިޝަލަކު ވަނީ މި ހާދިސާގައި ބަޔަކު ޝަހީދުވެފައިވާކަން އޭއެފްޕީއަށް ކަށަވަރުކޮށްދެއްވާފައެވެ.

"ސްޕިން ޣަރް ޑިސްޓްރިކްޓްގެ މިސްކިތެއްގެ ތެރޭގައި ހުކުރު ނަމާދު ވަގުތުގައި އެއްޗެއް ގޮއްވާލިކަން އަޅުގަނޑަށް ކަށަވަރު ކޮށްދެވޭނެ،" އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.

ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުން، މި ހާދިސާގައި ތިން މީހަކު ވަނީ ޝަހީދުވެފައެވެ.

ނަންގަރްހާރް ޕްރޮވިންސްގެ ސަރުކާރުގެ ތަރުޖަމާނު ޤާރީ ހަނީފް އެސޯސިއޭޓެޑް ޕްރެސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބޮން ހަރުކޮށްފައި ވަނީ މިސްކިތުގެ އެތެރޭގައި ކަމަށް ބެލެވޭ ކަމަށެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި އުޅޭ މީހަކު ރޮައިޓާސް ނޫހަށް ބުނީ، މި ހާދިސާ ހިނގާފައި ވަނީ މެންދުރު 1:30 ހާއިރު ކަމަށެވެ.

އެ އަވަށުގެ ހޮސްޕިޓަލެއްގެ ޑޮކްޓަރަކު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނީ މަދުވެގެން ތިން މީހަކު އެ ހާދިސާގައި ޝަހީދުވެފައިވާ ކަމަށެވެ. ނަމަވެސް އަލްޖަޒީރާއަށް އެކަން ކަށަވަރު ނުވާ ކަމަށް އެ ނޫހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޝިޔައީންގެ ފައްޅިއެއް އެއީ

    1
    3
    • ނަން

      ސިއައީން ވެއްޖެޔާ ބޮން ގޮއްވާ މަރާކައް އަހަރެމެން ދީނަކު ނޯވޭ.ކަލޭ ތިހުރީ ހައްދުފަހަނު އަޅާގޮސްފަ.