ޠާލިބާނުން އަފްޣާނިސްތާންގެ އިލެކްޝަންސް ކޮމިޝަން އުވާލައިފިއެވެ.

އަފްޣާނިސްތާންގައި މިހާރު ވެރިކަން ކުރަމުން އަންނަ ޠާލިބާނުންގެ ސަރުކާރުގެ ތަރުޖަމާން ބިލާލް ކަރީމީ ވިދާޅުވީ ހުޅަނގުގެ ގައުމުތަކުން ބޭނުންވާ ގޮތައް އަފްޣާނިސްތާންގެ އިންތިހާބުތައް ބޭއްވި އިލެކްޝަންސް ކޮމިޝަން މިހާރު އުވާލާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން އުވާލީ އެކޮމިޝަން މިހާރު އޮތުމުގެ ބޭނުމެއް ނެތުމުން ކަމަށް ވެސް ބިލާލް ވިދާޅުވިއެވެ. "އިލެކްޝަންސް ކޮމިޝަނެއް އަފްޣާނިސްތާންގައި އޮންނަން ޖެހޭކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވިއްޖެނަމަ އެދުވަހަކުން އިލެކްޝަންސް ކޮމިޝަނެއް އަލުން އެކުލަވާލާނަން." ބިލާލް ވިދާޅުވިއެވެ.

އަފްޣާނިސްތާންގެ އިލެކްޝަންސް ކޮމިޝަނަކީ 2006 ވަނަ އަހަރު އެކުލަވާލި ކޮމިޝަނެކެވެ. އަފްޣާނިސްތާންގައި ބާއްވާ ހުރިހާ އިންތިހާބެއް ބޭއްވުމުގެ ހުރިހާ ޒިންމާއަކާއި ހަވާލުވެފައި އޮންނަނީ އެކޮމިޝަނެވެ.

ޠާލިބާނުންނާއި ދެކޮޅު ފަރާތްތަކުން އަންނަނީ އިލެކްޝަންސް ކޮމިޝަން އުވާލުމުން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މިއީ އަފްޣާނިސްތާންގެ ވެރިކަން ޠާލިބާނުން ކުރަމުން ދާނީ ރައްޔިތުންގެ ބަހެއް ހޯދުމެއް ނެތިކަމުގެ ހެއްކެކެވެ.

ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަމަށް އައީ އޮގަސްޓް މަހުއެވެ. ހުޅަނގުގެ ގައުމުތަކުން ތާއިދު ކުރަމުން ދިޔަ އަފްޣާނިސްތާންގެ ސަރުކާރު ވައްޓާލުމަށްފަހު ވެރިކަމަށް އައި ޠާލިބާނުން ދަނީ އެޖަމާއަތުން ބޭނުންވާ ގޮތައް ސަރުކާރު ހިންގުމުގެ ކަންކަން އަދިވެސް ތަރުތީބު ކުރަމުންނެވެ.

ޠާލިބާނުން ސަރުކާރަށް ގެންނަ ބަދަލުތަކަށް ބަލާއިރު ހުޅަނގުގެ ގައުމުތަކުން ނުރުހޭ ކަންކަން ހުރިނަމަވެސް ޠާލިބާނުން ކުރިން ގެންގުޅުނު ހަރުކަށި ސިޔާސަތުތައް މިހާރު އެމިންވަރަށް ނުގެންގުޅޭ ކަމަށް ހުޅަނގުގެ ގައުމުތަކުން ވެސް އެއްބަސްވެއެވެ. ނަމަވެސް އަންހެނުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި ޠާލިބާނުން ކަންކަން ކުރަމުން ގެންދަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ހުޅަނގުގެ ގައުމުތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކަރުނަ

    ރާއްޖޭގެވެސް އުވާލަން ޖެހޭ. އީސީ ޝަރީފްމެން ތިތަން ކުކުޅު ހާއްޔަށް ހަދައިފި

    13
    2
  2. Anonymous

    ސަޅި

    12
    3
  3. ނުރަބޯ

    ދެން ދިވެހި ތުބުޅިތައް ފޮނުވަންވީ ތިތަނަށް

    3
    12
    • އެލެކްސް އަހުމަދު

      ކޮއްކޯ . ތުނބުޅިދެކެ ހާދަ ރުޅިއެކޭ ތި އަންނަނީ. އެކަމަކު އެއީ ފިރިހެނުންގެ ފިޠުރަތުގައި ލައްވާފައިވާ ކަމެއް

      9
      1
    • ނަން

      ކަލޯ ކިތަންމެ ރުޅި އެރިޔަސް ތުބުޅިތައް ހަމަ ކާމިޔާބު ހޯދާނީ

    • ޖުލައި

      އެމެރިކާ އަށް ވެސް ތުނބުޅި ތައް ބައްޔެއް ނުކުރެވުނޭދޯ. ކަލޯ މެން ޑައި އިން ޔުއަރ ރޭޖް.

  4. ގުދުގުދާބެއްޔާ

    ފިތުރަތުގައި ފިރިހެނުންގެ ތުނބުޅިލެއްވީމާ ހުންނަންވީ މިނިކާވަގެއްގެ ސިފައިގައިތަ؟ ތިޔަ މީހުންގެ ތުނބުޅީގައި ކާއިރު އޮންނަނީ ކާތަކެތި އުގުޅިފަ! ދެން ކައިރިވެލިޔަސް އެދުވާ ނުބައިވަހަކުން ކޮޑުލެވޭ!