ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ ޓޮންގާގައި އުފެދިފައިވާ ބިޔަ އަލިފާން ފަރުބަދަ ގޮވައި، އެގައުމަށް 48 ފޫޓުގެ ސުނާމީ އެރިކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ގޮވި ހަންގާ ޓޮންގާ-ހަންގާ ހާއަޕާއީ ފަރުބަދައިގެ ސަބަބުން އެ ގައުމަށް ސުނާމީ އަރާ ބޮޑެތި ގެއްލުންތައް ވިއެވެ. އަދި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނަކު ހިމެނޭ ގޮތަށް މަދުވެގެން ތިން މީހަކު މަރުވެފައިވާކަން ކަށަވަރުފައި ވެއެވެ.

އެ ހާދިސާގެ ފަހުން ބޮޑުވަޒީރުގެ އޮފީހުން ނެރުނު ފުރަތަމަ ބަޔާނުގައި ވަނީ މި ގޮވުމުގެ ސަބަބުން ހުރިހާ ޓޮންގާ ހުރިހާ ރަށަކަށް އޭގެ އަސަރު ކޮށްފައި ވެއެވެ.

"15 މީޓަރު (49 ފޫޓު) އަށް ސުނާމީގެ ރާޅުތައް ނަގާ، ޓޮންގަޓަޕޫ އައިލެންޑްސްގެ ހުޅަނގު އައްސޭރިފަށަށް އެރި، އަދި ޔޫއާ އެންޑް ހާއަޕާއީ އައިލެންޑްސްއަށްވެސް ވަނީ ރާޅު އަރާފައި". އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ލިބުނު ގެއްލުންތައް ބަލަމުންދާއިރު، ސަރުކާރުގެ ރެސްކިއު ޓީމްގެ އިތުރު ބައިވެރިން މެންގޯ، ފޮނޮއިފުއާ އަދި ނޫމުކާ އައިލެންޑްސް އަށް ފޮނުވާފައިވާ ކަމަށެވެ.

"މި ހިސާބުގެ ގެތަކަށް ބޮޑެތި ގެތަަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ. އެގޮތުން ފޮނޮއިފުއާގައި އެންމެ ދެ ގެ ކޮޅަށް ހުރި ކަމަށް ބުނާއިރު، ނޫމުކާއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ". އެ ބަޔާނުގައި ވެއެވެ.

މި ގެއްލުންތަކަށް އަރައިގަތުމަށް އެ ގައުމުން މަސައްކަތްތަކެއް ކުރަމުންދާއިރު، ކަނޑުގެ ސިފައިން އުޅަނދުތައް ވަނީ ގެއްލުންވެފައިވާ ރަށްތަކަށް އެންމެ ބޭނުންވާ ޒަރޫރީ ތަކެއްޗައެކު ފޮނުވާފައެވެ. އަދި ބައެއް ސަރަހައްދުތަކުން މީހުން ހުސް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

މިއީ 1991 ވަނަ އަހަރު ފިލިޕީންސްގެ ޕިނަޓޫބޯއަށް ފަހު އެންމެ ބޮޑު ގޮވުމެވެ.

އެ ގައުމަށް މިހާރު އެކި ގައުމުތަކުންވެސް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންކަން ފާހަަގަކޮށްލަން ޖެހެއެވެ.