ޔޫކްރެއިންއަށް ރަޝިޔާއިން އަރައިގަތުމުގެ ނުރައްކާ 'ވަރަށް ބޮޑު' ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑެން ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމުގެ ތުންފަތްމަތީގައި އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އިސްކަމެއް ދެއްވަނީ މަޝްވަރާ ކޮށްގެން މައްސަލަ ހައްލު ކުރެއްވުމަށް ކަމަށް ބައިޑެން ވިދާޅުވިއެވެ.

އަދި ޔޫކްރެއިންގެ އިރުމަތީ ލުހަންސްކީގައި ބޮން ގޮއްވުމަކީ، އިންގިލާބެއް ގެނައުމުގެ ފެށުމެއް ކަމަށް ވެދާނެ ކަމުގެ އިންޒާރު ވެސް ބައިޑެން ދެއްވިއެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވީ، މި ބޮން ގޮއްވާލައިފައިވަނީ އިރުމަތީ ޔޫކްރެއިންގެ ބައެއް ސަރަހައްދުތައް ކޮންޓްރޯލް ކުރާ ޔޫކްރެއިންގެ ސިފައިންނާ ވަކިވެގަތުމަށް މަސައްކަތްކުރާ ފަރާތްތަކުން ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިތުރަށް ބައިޑެން ވިދާޅުވީ، "އަޅުގަނޑުމެންނަށް ލިބިފައިވާ ކޮންމެ އިޝާރާތަކީ އެމީހުން ޔޫކްރެއިންއަށް ގޮސް ޔޫކްރެއިންއަށް ހަމަލާދިނުމަށް ތައްޔާރަށް ތިބިކަމުގެ އިޝާރާތެއް. އަޅުގަނޑަށް ގަބޫލުކުރެވެނީ ކުރިއަށް އޮތް ދުވަސްތަކުގެގެ ތެރޭގައި އެކަން ވާނެކަމަށް،" ކަމަށެވެ.

ރަޝިޔާއިން އަދިވެސް ދަނީ ޔޫކްރެއިންއަށް ހަމަލާ ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ބުނަމުންނެވެ.

ނަމަވެސް، ބްރަސަލްސްގައި ހުންނަ ނޭޓޯގެ މައި މަރުކަޒުގައި ވާހަކަފުޅު ދައްކަވަމުން، ރިޓަޔަރޑް ފޯރ ސްޓާރ ޖެނެރަލެއް ކަމަށްވާ އޮސްޓިން ވިދާޅުވީ، ރަޝިޔާއިން ހަމަލާއެއް ދޭން ތައްޔާރުވަމުންދާ ކަމަށް ދޭހަވާ ހުރިހާ ހެއްކެއް ލިބިފައިވާ ކަމަށެވެ.

"ވޭތުވެދިޔަ ދެ ދުވަހުވެސް އަޅުގަނޑުމެންނަށް ފެނުނީ ބޯޑަރު ސަރަހައްދުގައި ސަފުހަދާފައިތިބި ސިފައިންގެ އަދަދު އިތުރުކުރަމުންދިޔަ މަންޒަރު. މިހާރު އެ ސަރަހައްދުގައި 150،000 އަށް ވުރެ ގިނަ ސިފައިން އެބަތިބި،" އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރެފްރީ

    މުޅިދުނިޔެއަށްވެސް އެންމެނުރައްކާބޮޑީ އެމެރިކާގެ.. މިވީހާތަނުގަވެސް ދުނިޔެއަށްް އެންމެދުއްޕާންކުރީ އެމެރިކާ .. ދުނިޔެއިންއެންމެގިނަމީހުންމެރީވެސް އެމެރިކާ .. !!

    17
    2
  2. އަބުދުﷲ

    6000 މޭލުދުރުގަެިވާ އިރާގައް އެރީ ގައުމީ ސަލާމަތައް ނުރައްކާވާތީ . ޢަފުއާނިސްތާން ހަލާކުކުރީ އަމިއްލަޔައް ޓަވަރު ގޮއްވާފަ. ކޮބާ ތި އިންސާނިއްޔަތުކަން ބައިނަލް އަގުވާމީ ބޯޑަރު.

    12
    2
    • ރެފްރީ

      ތިބުނީތެދެއް. އެމެރިކާއަކީ ޔުކުރޭނާ 5075 މޭލު ދުރުގާތިބިބައެއް .. ރަޝިޔާއަކީ ޔުކްރޭނާ އެންމެކައިރީގާއޮތްގައުމު.. މަގުސަދަކީ ރަޝިޔާއަށް ދުއްތުރާކުރުން.. ބަލާބޮޑު އެމެރިކާއަށް ހަލާކުހުރި..

  3. ތުއްތުނާ

    ބައިޑެންއެއުޅެނީބޮނޑިއެއްބޯހިތުން.. ވިއެޓްނާމުންލިބުނު ނާކާމިޔާބާއި އަފްގާނިސްތާނުންލިބުނު ހިތްދަތިފިލާވަޅުން އިބުރަތްހާސިލުކުރަންޖެހުނީމާ އެއުޅެނީ ފެންވަރުއޮޅިގެން.. އަފްގާނިސްތާނުންފައިބާގެންދިޔަ ނިކަމެތިގޮތްފެނިގާ މަތިމަސްވަރުގަދަ ބަސްވަގަދަ އަޑުގަދަ ދިވެހިންވެސް ރޯންތިއްބާފެނުނު ؛