ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިސްތިއުފާ ދެއްވައިފިއެވެ.

މި ދެ ބޭފުޅުންނަކީ ވެސް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ޕާޓީއަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓޫން ވަނީ އިމްރާން ޚާންގެ އިތުބާރު ނެތް ކަމުގެ ވޯޓު މިއަދު ހެނދުނު 10:30 ގައި ކުރިއަށް ގެންދިއުމަށް އަމުރު ކޮށްފައެވެ. ނަމަވެސް މިވަގުތާ ހަމައަށް ވެސް އެ ވޯޓު ނެގުމަށް ގާނޫނު ހަދާ މަޖިލިސްގެ ރައީސް އައީ ދެކޮޅު ހައްދަވަމުންނެވެ.

އިމްރާން ޚާންގެ އިތުބާރު ނެތް ކަމުގެ ވޯޓު މިއަދު ނުނަގައިފިނަމަ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު