ޕާކިސްތާންގެ ހުރިހާ އެއާޕޯޓެއް އެލާޓަށް ގެނެސްފިކަމަށް ޕާކިސްތާންގެ މީޑިއާތަކުން ބުނެފިއެވެ.

އެެއާޕޯޓްތައް އެލާޓަށް ގެނެއީ ސަރުކާރުގެ އެއްވެސް ވެރިއަކު ގައުމު ދޫކޮށް ދިއުމުގެ ފުރުސަތު ނުދިނުމުގެ ގޮތުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބޮޑުވަޒީރު އިމްރާން ޚާން ސަރުކާރުގެ އެއްވެސް މެމްބަރަކަށް ހުއްދަ ނެތި ގައުމުން ބޭރަށް ވަޑައިނުގަނެވޭނެއެވެ.

އިމްރާން ޚާންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުން މިހާރު ދަނީ ކުރިއަށެވެ.

ސުޕްރީމް ކޯޓުން ވަނީ މިއަދު ވޯޓު ނެގުން ކުރިއަށް ގެންދަން އަމުރު ނެރެފައެވެ. ނަމަވެސް ޕާކިސްތާންގެ ގާނޫނު ހަދާ މަޖިލީސްގެ ރައީސް ގެންދެވީ ކޯޓު އަމުރަށް ތަބާވުމަށް އިންކާރު ކުރަމުންނެވެ.

އަދި ކޯޓުން ދިން މުހުލަތު ހަމަވުމުގެ މިނުޓް ކޮޅެއް ކުރިން އޭނާއާ މަޖިލީސްގެ ނައިބް ރައީސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ޕާކިސްތާންގެ މީޑިއާތަކުން ބުނީ އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވިއިރު ވޯޓު ނުނަގާ ސުޕްރީމް ކޯޓުން ދިން މުހުލަތު ހަމަވެއްޖެ ނަމަ ވަގުތުން ހައްޔަރު ކުރަން ޖަލު ވެހިކަލްވެސް އޮތީ މަޖިލީސް ކުރާ ގެ ކައިރީގައި ތައްޔާރަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަބަރޭ

    ގޮއްމުށުގެ ބާރު އޮންނަ ތަނެއްތީ ތިޔައީ ދެވަނަ އަފުއާނިސްތާނު

    12
    2